މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދުބާއީގެ ބިލިގާއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އިންޑިއާގެ ފިލްމީ ބަތަލާ ސްރީދޭވީގެ ހަނދާންތައް އަދިވެސް އޭނާގެ ފިރިމީހާ އާއި ދަރިންތައް ދަނީ ކުރަމުންނެވެ.

އެ މަރަށް މިހާރު ދެ މަސް ވެއްޖެއެވެ. އޭނާދެކެ ލޯބިވާ ދެ ދަރިން އަދިވެސް މަންމަގެ ހަނދާންތައް ދަނީ ކުރަމުންނެވެ.

އޭގެ އެއް ހެއްކަކީ ޚުޝީ މަންމައާއެކު ނަގާފައިވާ ފޮޓޯތައް ދޭތެރެ ދޭތެރެއިން މީސް މީޑިޔާގައި ހިއްސާ ކުރުމެވެ. އަދި މީގެ އިތުރުން، ޚުޝި ރަހުމަތްތެރިންނާއެކު ބޭރުގައި އުޅުނު ދުވަހެއްގައި އޭނާގެ ފޯނުގައި ވޯލްޕޭޕާއަށްވެސް ލާފައި ވަނީ މަންމައާއެކު އިން ފޮޓޯއެކެވެ.

އެކަމުން ވެސް އެނގެނީ އަދިވެސް މަންމަގެ ހަނދާންތައް އެ ދަރިން ކުރަމުން އަންނަ ކަމެވެ.

ޙުޝީ ކުރިއަށްދިޔުމަށް ނިންމާފައި ވަނީ މޮޑެލިންގ ދާއިރާއިންނެވެ. އެކަން ސްރީ ދޭވީ މަރުވުމުގެ ކުރިން އޭނާ ވަނީ މީޑިޔާތަކާއި ހިއްސާކޮށްފައެވެ. ނަމަވެސް މިހާރު އޭނާގެ ޕްލޭންތައް އޮތް ގޮތެއް އަދި ނޭނގެއެވެ. މޮޑެލް ކުރުމަށް ނިންމުމުގެ ކުރިން އޭނާ ޑޮކްޓަރަކަށް ވާން ބޭނުން ކަމަށް ބުނިކަމަށް ވެއެވެ. އަދި ލޯޔަރަކަށްވާން ބޭނުންކަމަށްވެސް ވެއެވެ.

ޚޫޝިއަކީ ބޯނޭ ކަޕޫރާއި، ސްރީ ދޭވީގެ އެންމެ ހަނގު ދަރިފުޅެވެ.

ސްރީ ދޭވީ މަރުވުއިރު، އުމުރަކީ 55 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަފާ

    ހަގު ކިޔާނީ ހަނގު ނުކިޔާނެ..ހުސް ނޫނު ޖެހުމުގަ ވަގުތުގެ ނޫސް ވެރިންގެ ވަރަށް މައްސަލަ އުޅޭކަން ފާހަކަކުރެވޭ..

  2. މަރީ

    ޚޫޝީ އެއް ނޫނޭ، ޚުޝީ ކިޔަނީ