އިންޑިއާގެ ހަރްޔަނާގެ ޕަންޗްކުލާގައި އެކަނި ދިރިއުޅެމުން އަންނަ އުމުރުން ދުވަސްވީ މީހެއްގެ އުފަން ދުވަހު އޭނާއަށް ބޮޑު ސަޕްރައިޒެއް ދީފައި މި ވަނީ ފުލުހުންނެވެ. ފުލުހުން އޭނާ އުފަލުން ރޮއްވާލިއިރު، އެ މަންޒަރު ފެންނަ ވީީޑިއޯ މިހާރު މީސް މީޑިއާގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި ކަރަން ޕޫރީ ނަމަކަށް ކިޔާ އެ މީހާ ސަޕްރައިޒް ދީފައި ވަނީ ޕަންޗްކުލާގައި މަސައްކަތް ކުރާ ފުލުހުންނެވެ.

މީސް މީޑިއާގެ ސަމާލުކަން ލިބިފައިވާ އެ ވީޑިއޯއިން ފެންނަނީ، އޭނާ ގެއިން ބޭރަށް ނުކުންނަން ދަނިކޮށް އަންހެން ފުލުހަކު އޭނާގެ ނަން އަހާ ތަނެވެ. ޕޫރީއަށް އެއިރު އޭނާއަށް ސަޕްރައިޒެެއް ލިބެން އުޅޭ ކަމެއް ނޭނގެއެވެ.

"އަހަރެންގެ ނަމަކީ ކަރަން ޕޫރީ، އަހަރެން އުޅެނީ އެކަނި، އަހަރެންނަކީ މި ތަނުގައި ދުވަސްވެފައި ހުރި މީހެއް" މިގޮތަށް ކިޔަމުން އޭނާ ގޭގެ ބޮޑު ގޭޓާއި ހަމައަށް ދެއެވެ.

އެއިރު އެގޭގެ ބޭރުގައި ފުލުހުން ތިބީ މަޑުކޮށްގެންނެވެ. ކުއްލިއަކަށް ފުލުހުން ވަނީ އޭނާއަށް އުފާވެރި އުފަން ދުވަހަކަށް އެދޭ ލަވަ ކިޔާފައެވެ. މިއާއެކު ޕޫރީ ދިޔައީ ލިބިފައި ހުރި ސަޕްރައިޒެއްގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާއަށް ހުރީ ރޮވިފައެވެ.

ދެން ޕޫރީ ފެންނަނީ ރަތް ކުލައިގެ ޕާޓީ ތޮތްޕެއް އަޅައިގެން ހުންނަ މަންޒަރެވެ.އެ ތޮފި އޭނާއާ ހަވާލު ކުރަނީ ފުލުހެކެވެ، އަދި އޭނާ ކޭކެ ފެޅުުމުގެ ކަންކަން ކުރިއަށްދާއިރު، ފުލުހުން ދިޔައީ އުފަން ދުވަހުގެ ތަހުނިޔާ ލަވަ ކިޔަމުންނެވެ.

އެ މަންޒަރު ބަލާފައި އެތައް ބަޔަކު އުފާވެރިކަމުގެ ކަރުނުން ތެންމާލިއެވެ.

ކިޔުންތެރިންގެ ހިޔާލު