ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރ އިފްރާން ޚާންގެ ހާލު ގޯސްވެގެން މުމްބާއީގެ ކޮކިލަބެން ދިރުބާއި އަމްބާނީ ހޮސްޕިޓާލްގައި ފަރުވާދޭން ފަށައިފިއެވެ.

ނިއުރޯއެންޑޯކްރީން ޓިއުމަރެއް އިރްފާންގެ ހަށިގަނޑުގައި ހުރެގެން ފަރުވާ ހޯދަމުން އަންނަތާ މިހާރު ދެ އަހަރު ވަރު ވެދާނެ އެވެ.

އޭނާ އަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަަމަށް އޭނާގެ ސްޕޯކްސް ޕާސަން ވަނީ ބުނެފައެެވެ.

"އާ އެއީ ތެދެއް އިރްފާން ޚާން އަށް ދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން، އެއީ ކޮލޮން އިންފެކްޝަންެ ސަބަބުން. އެކަމާއި ގުޅޭގޮތުން މައުލޫމާތު ދޭނަން. އޭނާގެ ކަންކަްން ދަނީ އޮބްޒާވް ކުރަމުން". އޭނާގެ ސްޕޯކްސް ޕާސަން ބުނެފައި ވެއެވެ.

އަދި މިހާތަނަށްވެސް އޭނާގެ ހިތްވަރުން މި ބައްޔާއި ހަނގުރާމަ ކުރެވިއްޖެ ކަމަށާއި، އަދި އެންމެންގެ ދުއާ އާއެކު އޭނާ ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އުމުރުން 53 އަހަރުގެ އިފްރާންގެ ސިއްހަތު ކުއްލިއަކަށް ދަށް ދިޔައިރު، އޭނާ އުޅެމުންދިޔައީ އަނބިޟިހާ ސުޓަޕާ އާއި އޭނާގެ ދަރިންނާއި އެކުގައި ކަަމަށް ވެއެވެ.

އަދި ދާދި ފަހުން އޭނާގެ މަންމަ ސައިދާ ބޭގަމް ވަނީ މަރުވެފައެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުަބަންދު ކޮށްފައި އޮތުމުން އޭނާއަށް ވަނީ މަންމަގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރި ނުވެވިފައެވެ.

އިރްފާން ވަނީ އޭނާއަށް ކެންސަރު ބަލި ޖެހުމުން، ގައުމުން ބޭރަށް ފަރުވާ ހޯދުމަށް އެތަައް ފަހަރަކު ގޮސްފައެވެ.

އިރްފާންގެ ބައެއް ފިލްމްތަކަށް ބަލާއިރު، ދަ ލައިފް އޮފް އަ ޕައި އަންގްރޭޒީ މީޑިއަމް، ކަރްވާންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    ސީރިއަސްވިލެއް ބޮޑުކަމުން ނަންވެސް ބަދަލުކުރީތަ އިފްރާނައް

  2. އީސާ

    ދުނިޔެ މިހާރު ފެނިފަ ހުންނާނީ.. އަދިވެސް ދީނަށް ރުޖޫއަވާކަށް ނޫޅެންތަ

    1
    1