ފުރަތަމަ ދަރިއަކަށް ނަން ދީފައި ވަނީ ކޮރޯނާ ކުމާރްގެ ނަމުންނެވެ. އެއަށް ފަހު ދެން ދަރިއަކަށް ކޮވިޑް-19 އާ ގުޅިގެން ނަން ދީފައި ވަނީ ކޮވިޑް މޭރީގެ ނަމުންނެވެ. ދުނިޔޭގެ އެތަން މިތަނަށް ފެތުރެމުންދާ މި ވައިރަސްއާ ގުޅިގެން ދަރިންނަށް ކިޔާ ނަންތައްވެސް މި ވަނީ މި ވައިރަސް އާއި ގުޅުވާލާފައެވެ.

އެގޮތުން ފިލިޕީންސްއަށް ނިސްބަތްވާ ކޮލިން ޓެބެސާ އޭޕްރިލް 13 ވަނަ ސިއްހަތު ރަނގަޅު ކުއްޖެއް ވިހޭއިރު، އޭނާ އާއި ފިރިމީހާ ޖޯން ޓުޕަސްވެސް ބޭނުންވަނީ އެ ދަރިފުޅަށް ނަން ދޭއިރު ކޮވިޑް-19 އާ ގުޅުވާށެވެ.

"ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް އެދަނީ ގެއްލުންތަކެއް ވަމުން". އުމުރުން 23 އަހަރުގެ ޓުޕަސް ބުންޏެވެ.

އޭނާ ބުނީ، ބޭނުންވަނީ ދަރިފުޅަށް ދޭ އެ ނަމުގެ ސަބަބުން ކޮވިޑް ގެނައީ ހަމައެކަނި ގެއްލުން ނޫންކަން ހަނދާންކޮށްދިނުމަށް ބޭނުންވާ ކަމަށެވެ. އެ އުނދަގޫތަކާއެކުވެސް އުފާވެރިކަން އެ އާއިލާއަށް ގެނެސްދިން ކަމަށް ޓުޕަސް ބުންޏެވެ.

އެހެންވެ އެދެމަފިރިން ވަނީ އެ މީހުންގެ ދަރިފުޅަށް ކޮވިޑް މޭރީގެ ނަމުން ނަން ދީފައެވެ.

ޓުޕަސް ބުނީ، އެ ނަމާއި ގުޅިގެން ދަރިފުޅަށް ބުލީ ކުރާނެ ކަމަށާއި، ނަމަވެސް ދަރިފުޅު ކައިރީގައި ބަސް އަހައިގެން ރަނގަޅު ކުއްޖެއްގެ ގޮތުގައި ހުރުމަށް ނަސޭހަތްތެރިވާނެ ކަމަށެވެ.

މީގެ ހަފްތާ ތަކެއް ކުރިން ދެ މަންމައަކު ވަނީ އެ މީހުންގެ ދަރިންނަށް ކޮރޯނާ ކުމާރް އާއި ކޮރޯނާ ކުމާރީގެ ނަމުން ނަން ދީފައެވެ. މިގޮތަށް ނަން ދީފައި ވަނީ ޑޮކްޓަރެއްގެ އެދުމުގެ މަތިން ކަމަށް ވެއެވެ.

އަދި މީގެ ތިރުުން. ރަޖަސްތާނަށް ނިސްބަތްވާ ދެމަފިރިއަކު ވަނީ އެ މީހުންގެ ދަރިއަކަށް ލޮކްޑައުންގެ ނަމުން ނަން ދީފައެވެ. އެ މީހުން މިގޮތަށް ނަން ދީފައި ވަނީ ލޮކްޑައުންގެ ސަބަބުން އެ މީހުންނަށް ވީ އުނދަގޫތައް ހަނދާން ކުރުމަށް ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު