ރެސްޓޯރެންޓްތަކަށް ކާން ދިއުމަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލުކަމެކެވެ. ދިވެހި މުޖުތަމައުގައި ތަފާތު ގޮތް ގޮތަށް ޚިދުމަތްދޭ ރެސްޓޯރެންޓްތަށް ނެތަސް ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަ ރެސްޓޯރެންޓްތައް ހުރެއެވެ.

މިގޮތުން މިބަލާލަނީ ދުނިޔޭގައި ހުންނަ ތަފާތު ރެސްޓޯރެންޓްތަކުގެ ތެރެއިން 5 ރެސްޓޯރެންޓަކަށެވެ.

ފޯޓެޒާ މެޑިކަރ ރެސްޓޯރެންޓް 

މި ރެސްޓޯރެންޓްގައި މަސައްކަތް ކުރަނީ ހުސް ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުނެވެ. މިއީ އިޓަލީގެ އަވަށެއްގައި ހުންނަ ރެސްޓޯރެންޓް އެކެވެ.

ހާޓް އެޓޭކް ގުރިލް

މި ރެސްޓޯރެންޓްއިން 159 ކިލޯއިން މަތީގެ މީހުންނަށް ކެޔުން މުޅިން ހިލޭއެވެ. މިއީ އެމެރިކާގެ ލޮސް ވޭގަސްގައި ހުންނަ ރެސްޓޯރެންޓް އެކެވެ.

ޓުވިން ސުޓަރ

މިރެސްޓޯރެންޓްގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އެއްމާބަނޑު ދެމީހުންނަށެވެ. އަދި އެކަކު ވަޒީފާއިން ވަކިވެއްޖެނަމަ އަނެކަކުވެސް ވަކިވާންޖެހެއެވެ. މިއީ ރަޝިޔާގައި ހުންނަ ރެސްޓޯރެންޓްއެކެވެ.

ޑިނަރ އިން ސުކައި

މިއީ ޗައިނާގައި ހުންނަ ރެސްޓޯރެންޓްއެކެވެ. މިއީ ހަމައެކަނި ރޭގަނޑުގެ ކެޔުމަށް ޚާއްސަ ރެސްޓޯރެންޓްއެކެވެ. 150 ފޫޓް މަތީގައި އިދެ ކެޔުމުގެ ފުރުސަތު މި ރެސްޓޯރެންޓް މެދުވެރިކޮށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Dinner in the Sky އަކީ ރެސްޓޯރެންޓް އެއް ނޫން ...އެއީ އިވެންޓް އެއް ގޮތަށް ދުނިޔޭގެ އެތައް ޤައުމެއްގައި ވިއްކަމުންދާ ފައިން ޑައިނިން އެކްސްޕީރިއެންސް އެއް..މިހާރުވެސް 45 ވަރަކަށް ޤައުމުގައި މި އިވެންޓް ކުރިއަށް ދޭ..