އިންޑިއާގެ ކޮލްކަޓާގެ ކޮވިޑް-19 ހޮސްޕިޓަލުން ރާޖް ގުޕްޓާއަށް ފޯނެއް އައީ އެގެއަށް އެމްބިއުލާންސެއް ބައްޕަ ބަލާ އަންނަ ވާހަކަ ބުނުމަށެވެ. އޭނާއަށް ލިބުނީ ސިހުމެކެވެ. އޭގެ 24 ގަޑިއިރު، ކުރިން، އެ ހޮސްޕިޓަލުން އުމުރުން 68 އަހަރުގެ އޯމް ޕްރަކަޝް ދޫކޮށްލިއިރު، އޭނާ ކޮވިޑް-19 ޖެހިފައި ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ފޯނު ކޯލުން ގުޕްޓާ އަށް އެނގުނުގޮތުގައި، އޭނާގެ ބައްޕަ ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މިދިޔަ ހޯމަ ދުވަހު ރާޕް ގުޕްޓާ ވަނީ، ބައްޕަ ހޮސްޕިޓަލަށް ދެވަނަ ފަހަރަށް ގެންދާ މަންޒަރު ވީޑިއޯ ކޮށްފައެވެ. އެ އެނބުރި ދިޔަ ގޮތަށް ބައްޕައަށް އެނބުރި ގެއަކަށް ނާދެވުނެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރިތާ 12 ގަޑިއިރު ފަހުން އޭނާ ވަނީ މަރުވެފައެވެ.

އޯމް ވަރަށް ބޮޑަށް ބަލިވެެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާގައި ތެރޭގައެވެ. އަދި ހޮސްޕިޓަލުން އޯމް ބެލުމަށްފަހު، ކޮވިޑް-19އަށް ފައްސިވިކަމަށް ބުންޏެވެ. އަދި ފަހުން ބައްޕަ ނައްސި ކަމަށް ގުޅާފައި ބުންޏެވެ. ނަމަވެސް އަނެއްކާ ފަހުން ބައްޕަ ފައްސިކަމަށް ގުޅާ، އެމްބިއުލާންސް މިހާރު ދާނެ ކަމަށް ބުނެފައި ކަމަށް ގުޕްޓާ ބުންޏެވެ.

"އަހަރެންގެ ބައްޕަ އެޑްމިޓް ކުރީ ބަންގުރް ހޮސްޕިޓަލްގައި، އެ މީހުން ބުނީ، ފައްސިވެފައޭ، އަދި އަހަރުމެން ގޭގައި ކަރަންޓީނުވެފައި ތިބުނަށް، އޭގެ އަނެއް ދުވަހު އެ ހޮސްޕިޓަލުން އޭނާއަށް ފޯނެއް އަންނަނީ ބައްޕަގެ ސާމްޕަލް ނައްސިވިކަމަށް، އަދި ގެއަށް ދެވިދާނެ ކަމަށް.އަދި ހޮސްޕިޓަލުން ދިން ގެއަށް ދޫކުރި ކަމުގެ ލިޔުމުގައިވެސް އޮތީ ކޮވިޑް-19 އަށް ނައްސި ކަމަށް. ދެން އަނެއްކާ ހެލްތް ޑިޕާޓްމެންޓުން ގުޅާފައި ބުނީ، އަނެއްކާ ފައްސިވި ކަަމަށް". ގުޕްޓާ ބުބެފައި ވެއެވެ.

މިކަމާއި ގުޅިގެން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ވީ ގޮތުގެ ތަފްސީލް ބޭނުން ވާ ކަމަށް ގުޕްޓާ ބުނެފައި ވެއެވެ.

އޯމް ޕްރަކަޝް އާއި އޭނާގެ އަނބިމީހާއާއި، އޭނާގެ ފިރިހެން ދަރިފުޅުގެ އިތުރުން، ފިރިހެން ދަރިފުޅުގެ އަންހެނުންނާއި ދެ ކުދިން ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ.

ސިއްހީ އޮފިޝަލަކާއި އެންޑީޓީވީ ރިޕޯޓްކޮށްފައިވާގޮތުގައި، ތަފާތު ދެ ނަތީޖާއެއް އައިސްފައި ވަނީ އެއް ލެބަކުން ނަމަވެސް، މިއީ މީގެ ކުރިންވެސް ވެފައި ހުރި ކަންތައްތަކެވެ. އަދި ހުރިހާ ކަމެއްވެސް ކޮށްފައި ވަނީ ޕްރޮޓޮކޯލްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލަތު ވާނުވާ

    ތިވީ ފެނި ގެއްލިދާ ޓެސްޓަކަށްނު.