ޑުރޯން ފުރަތަމަ މަޝްހޫރު ވެގެން އައީ ފޮޓޯ ނަގާ އުޅަދެއްގެ ގޮތުގައެވެ. އެހެންނަމަވެސް ފަހުން ޖާސޫސީ އުޅަދެއްގެ ގޮތުގައި ޑުރޯން ބޭނުން ކުރެވިގެން ދިއުމުގެ ސަބަބުން އެތައް ބައެއްގެ ނަފްރަތު ޑުރޯންއަށްވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ނޭޕާލްގެ މިޓީމްއިންވަނީ ކޮންމެކަމެއްގެވެސް ރަނގަޅު ގޮތް އޮންނާނެކަން ސާބިތުކޮށްދީފައެވެ.

ނޭޕާލުގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ފަރުމާކޮށްފައިވާ ޑުރޯންއަކީ ސިއްޙީ ކަންތައް ތަކަށް ބޭނުންވާ ސާމާނު އެއްތަނުން އަނެއްތަނަށް ފޯރުކޮށްދިނުމަށް ހަދާފައިވާ އުޅަދެކެވެ. މިގޮތުން މިހާތަނަށް ނޭޕާލްގެ ހިމާލިއަން ސަރަހައްދުގައި އެކަހެރިކޮށް އޮންނަ ޤައުމުތަކަށް މިއުޅަދު މެދުވެރިކޮށް ސިއްޙީ އެތައް އެހީއެއްވަނީ ފޯރުކޮށްދީފައެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ހިމާލިޔާ ސަރަހައްދުގައި އުޅޭ ކޮންމެ 10،000 މީހަކަށް ހުންނަނީ އެންމެ ޑޮކްޓަރެކެވެ. އަދި ދަތުރު ފަތުރު ކުރުމުގެ ދަތި ކަމުގެ ސަބަބުން ޑޮކްޓަރުން ތިބި ކަމަކު، ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް ބަޔަކުދަނީ މަރުވަމުންނެވެ.

އެހެނަމަވެސް މިފަދަ ޑުރޯންތަކުގެ އެހީގައި ސިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެކި ސަރަހައްދުތަކަށް ފޯރުކޮށް ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ސިއްޙީ ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށައް ދާކަމަށް ނޭޕާލުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.