މިދިޔަ 2014 ވަނަ އަހަރު ކާމިޔާބުކަމާއި އެކު ދުނިޔެއާއި އެންމެ ކައިރީގައިވާ ގުރަހަ މާސް އަށް ޖައްވީ އުޅަނދެއް ކާމިޔާބު ކަމާއި އެކު ފޮނުވާލި އަވައްޓެރި އިންޑިއާއިން އިރަށާއި ހަނދަށް ޖައްވީ އުޅަނދެއް ފޮނުވަން ތައްޔާރު ވެއްޖެއެވެ.

މިއަހަރު އިންޑިއާއިން އިރަށާއި ހަނދަށް އުޅަނދެއް ފޮނުވާނެ ކަން އިއުލާން ކޮށްފައިވާއިރު އިންޑިއަން ސްޕޭސް އެޖެންސީން ބުނާގޮތުގައި މި ދެ މިޝަންގެ ބޭނުމަކީ އިރާއި ހަނދާއި ބެހޭ އިތުރު ތަހުލީލުތައް ހެދުމެވެ. އިންޑިއާއިން އިރަށް ފޮނުވަން ހަމަޖެހިފައިވާ އުޅަނދުގެ ނަމަކީ އަދިތިޔަ-އެލްވަން އެވެ. އިންޑިއަން ސްޕޭސް އެޖެންސީން ޗެއާމަން ވިދާވިދާޅުވީ މިއީ އިންޑިއާއިން ޖައްވީ ޕްރޮގުރާމް އަށް ލިބޭނެ އިތުރު ކާމިޔާބީއެއް ކަމަށެވެ.

2014 ވަނަ އަހަރު އިންޑިއާ އިން މާސްގެ ދިރާސާތައް ކުރުމަށް ޖައްވަށް ފޮނުވި އުޅަނދު "މަންގަލިޔާން" ކާމިޔާބުކަމާއެކު މާސްގެ އޯބިޓްތެރެއަށް ވަނީ ވަދެފައެވެ. މީގެ އިތުރަށް 2008 ވަނަ އަހަރު އިންޑިއާއިން ވަނީ ހަދަށް ސެޓެލައިޓެއް ވެސް ލޯންޗް ކޮއްށްއެވެ.

ސައިންސްވެރިން ވަނީ އެ އުޅަނދު މާސްގެ އޯބިޓަށް ވަނުމާއެކު އޭގެ ދުވެލި މަޑުކޮށް މާސްގެ ގްރެވިޓީގެ ތެރޭގައި ހިފެހެއްޓޭ ވަރު ކުރުމަށް 24 މިނެޓްވަންދެން އޭގެ ހާއްސަ އިންޖީނު ހިންގައިފަ އެވެ. މަންގަލިޔާން 2014 ވަނަ އަހަރު އޭގެ އެންމެ މުހިންމު ދައުރު އަދާކުރި އިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިޝަން ކޮންޓްރޯލް ސެންޓަރުގައި އިންނެވި އެވެ. 2014 ވަނަ އަހަރަކީ އިންޑިއާއަށް މިފަދަ ކާމީޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެމެރިކާ އިންވެސް ޖައްވީ އުޅަނދެއް މާސްއަށް ފޮނުވާފައިވާއިރު ހޯމަ ދުވަހު އެ އުޅަނދު ވަނީ މާސް ގެ އޯބިޓަށް ވަދެފަ އެވެ. އެމެރިކާ ގެ ޖައްވީ އިދާރާ ނާސާއިންވެސް ވަނީ އިންޑިއާގެ މި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ. ޖައްވީ މިފަދަ 51 މިޝަން ދުނިޔޭގެ އެކި ގައުމުތަކުން ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ކާމިޔާބުވެފައިވަނީ 21 މިޝަން އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ހަނދައް އެއްވެސް ގައުމަކުން އެވެސްއެއްޗެއް
    ފޮނުވުމަކީ ދަނގެތީ ކައުންސިލުގެ ހަރުކަށިފިޔަވަޅު ވަނީ އަޅަން ނިއްމާފައެވެ.

    ބަލާ މީއަހަރުމެންގެއެއްޗެއްކަނަ (ހަނދު)(ދަނގެތި