ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެއެވެ. ރިޝީ ކަޕޫރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

ރިޝީ ކަޕޫރު މަރުވިއިރު އުމުރަކީ 67 އަހަރެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރިޝީގެ ހާލު ދެރަވެގެން މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އިއްޔެގެ ވަގުތެއްގައެވެ. ރިޝީ އަކީ އެކްޓަރ ރަންބީރު ކަޕޫރުގެ ބައްޕައެވެ.

2018 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަހުން އެމެރިކާގައި ފަރުވާ ހޯދުމަށް ފަހު އެނބުރި އިންޑިއާ އަށް އައިސް ރިޝީ ވަނީ ޖޫހީ ޗާވްލާއާ އެކު ކުޅޭ ކޮމެޑީ ފިލްމު "ޝަރުމާޖީ ނަމްކީން" ކުޅެން ފަށާފައެވެ. ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރީމޭކް ކުޅެން ވެސް ރިޝީ ސޮއި ކުރިއެވެ. ނަމަވެސް އޭނާގެ ބަލި ހާލަތު ހުރި ގޮތުން އެފިލްމުގެ މަސައްކަތައް އޮތީ ހުރަސް އެޅިފައެވެ.

1973 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާއި ދެމެދު ހަމައެކަނި ރިޝީ ރޮމޭންޓިކް ރޯލްތައް ކުޅުނު ފިލްމުތަކުގެ އަދަދު 92 އަށް އަރައެވެ. އޭގެ ތެރެއިން 36 ފިލްމެއް ވަނީ ބޮލީވުޑްގައި ހިޓް ފިލްމުތަކަށް ވެފައެވެ. ރިޝީ ވަނީ ފިލްމް ފެއާ ކްރިޓިކްސް އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ މަގާމާއި އެންމެ މޮޅު ސަޕޯޓޮން އެކްޓަރުގެ މަގާމާއި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ވެސް ހޯދާފައެވެ.

ރިޝީ މަރުވި އިރު އަނބިމީހާ އާއި ދެދަރިން ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަން

    ނިޔާވެއްޖެ

    5
    21
  2. ޙުސައިން

    ނޫނޭ ކާފިރަކު އަވަހާރަވާނީ. މުސްލިމުން މަރުވާނީ. ތިއޮތީ މިފަހަރު އޮޅިފަ.

    14
    4
  3. ނީމް

    އަހރެމެން ނުބަލަން މީހާގެ ދީނެއް! ރަގަޅު މީހެއް ވިއްޔާ ރަގަޅު! ރިޝީ އަކީ އަހރެމެން ކުޑައިރުއްސުރެން ދަންނަ ލޯބިވާ ތަރިއެއް! ދެން މަރުވީމަ ދެރަވާނެ އޭނަ ގެ ފިލްމް ތައް ބަލަމުން ބޮޑުވި މީހުން! އޯކޭ!

    16
    9
    • ގުރޫ

      ކަލެއާ ތިކަމުގަ ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ހަނދާންކުރާތި! އެދުވަހަކުވެސް ތިޔަހެން ކަލޭގެ ގޮތުގައި ހުންނާތި.

      5
      1
    • ޕޯޕް

      ތިޔަހުރީ މާބޮޑައް ޤަޢުމީ މަންހަޖުން ކިޔެވިފައި. ދީނީ މަންހަޖުން ކަލޭ ބޭނުންހާ ގޮތެއް ކަނޑަނޭޅޭނެކަން އިނގޭތަ؟ އެހެން ކަނޑައެޅޭނީ ގަޢުމޫ މަންހަޖުގައި.

      4
      1
    • ފީން

      ކާފިރުން ނަމޫނާއަކަށް ނުބަލަން އެބައިން އަންގަވާފައި. މިއީ މަގޭ ބަހެއްނޫން އިނގޭ! މިހެން ބުނީމަ ނުބުނާތި ރާއްޖޭގެ އެންމެންވެސް އުޅެނީ އެހެންނޭ. އެހެން ބުނެގެން ސަލާމަށް ވާނީ ދިވެހި ރާއްޖޭގައި. ގިޔާމަތް ދުވަހު ބޭނުން އެއްޗެއް ނުކިޔޭނެ. ހިތައްވެސް ނޭރުވޭނެ. ތިމާގެ ސަލާމަށް ހޯދާނޫ ތިމާ. ނާންނާނެ އެއްވެސް މީހަކު

      4
      1
  4. ރިމް

    ކާފިރެއް މުސްލިމެއް ނޯންނާނެ! ހަމަ ދެބައި މީހުންނަށް ވެސް ނިޔާވީ ކިއިދާނެ! މީހުން އެއީ އިންސާނުން ގޮތަށް ދެކި އިންސާނިޔަތު ކަން ބަހައްޓަން ދަސްކޮށްބަލަ ދީނެއް ކުލަޔެއް ނުބަލާ! މިތާގަ މަރުވެގެން މިއުޅެނީ އހަރެމެން އެއްމެން ކުޑައިރުއްސުރެން ދަންނަ ލޯބިވާ ތަރިއެއް! އެކަން ހަނދާން ނައްތާނުލާ ކޮމެންޓް ކުރޭ!