އިނގިރޭސިވިލާތުގެ ތަހުތާއި ހަވަނަ އަށް އެންމެ ކައިރީގައި ހުންނަވަނިކޮށް ޕްރިންސް ހެރީ ވަނީ ޝާހީ ހުރިހާ އިމްތިޔާޒްތަކަކާއި ޝަރަފްތަކަކާއި، ބާރުތަކެއް ދޫކޮށްލުމަށް ފަހު އަނބިކަނބަލުން މޭގަން މާކެލް އަދި ދަރިކަލުން އާޗީ އާއި އެކު އިނގިރޭސިވިލާތް ދޫކުރައްވާ ވަޑައިގެންފައެވެ. ޕްރިންސް ހެރީގެ އާއިލާ މިހާރު ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ލޮސްއެންޖެލިސްގައެވެ.

މިއަދު އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރިންސް ހެރީ އިނގިރޭސިވިލާތުގެ އަސްކަރިއްޔާގައި މަސައްކަތް ކުރެއްވި ދުވަސްވަރު ސިފައިންގެ ތެރެއިން ރަހުމަތްތެރިވި މީހުންނާއި ދާދިފަހުން ޕްރިންސް ހެރީ ވަނީ ވާހަކަ ދައްކާފައެވެ. އެވާހަކަތަކުގައި ޝާހީ އާއިލާ އާއި ވަކިވެ، ވަކި ދިރިއުޅުމެއް ފެށިފަހުން ދިރިއުޅުމުގެ ކަންކަން "އެކޮޅުކޮޅުން ޖެހިފައިވާ ކަމަށް" ޕްރިންސް ހެރީ ވިދާޅުވި ކަމަށް ރަހުމަތްތެރިންނާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

"މޭގަން އާއި ބައްދަލުވި ފަހުން ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ހެރީ ވިދާޅުވި. ނަމަވެސް ދާދިފަހުން ދިރިއުޅުމަށް ގެނައި ބަދަލުތަކާއި އެކު ހުރިހާ ކަމެއް ގޯސްވެފައިވާ ކަމަށް ވިދާޅުވި." ރަހުމަތްތެރިޔަކު "ޓެލެގްރާފް" އަށް ބުނި ކަމަށް އެނޫހުގައި ވެއެވެ.

ނަމަވެސް ޝާހީ އާއިލާ ދޫކޮށްލަން ނިންމި ނިންމުމަކީ މޭގަންގެ އެއްވެސް ބާރުއެޅުމެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި އެއީ އަމިއްލައަށް ނިންމި ނިންމުމެއް ކަމަށް ޕްރިންސް ހެރީ ވިދާޅުވި ކަމަށް ވެސް ރަހުމަތްތެރިން ބުނެއެވެ.

ޕްރިންސް ހެރީ ޝާހީ އާއިލާ ދޫކޮށްލިކަން ރަސްމީކޮށް އިއުލާން ކުރުމުން ރާނީ އެލިޒަބަތު ވަނީ ފަހުން ވެސް ޝާހީ އާއިލާ އާއި އެކު ދިރިއުޅެން ޕްރިންސް ހެރީ ބޭނުންފުޅު ވެއްޖެނަމަ އެފުރުސަތު އޮންނާނެ ކަމުގެ ކަށަވަރު ކަން ދެއްވާފައެވެ.

ޕްރިންސް ހެރީ ޝާހީ އާއިލާ ދޫކޮށްލީ އިނގިރޭސިވިލާތުގެ މީޑިއާތަކުން ކުރިމަތިކުރަމުން އައި ކަންކަމުގެ ސަބަބުން ދަތިތަކެއް ދިމާވަމުންދާ ކަމަށް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    ރާނީ ހާދަ އުމުރު ދިގުމީހެކޭދޯ! މަރެއްވެސް ވާކަށް ނޫޅެ؟

    9
    10
  2. ޖޯން

    އަނބިދަށުވާ ފިރިހެނުންނަށް ޖެހޭހާލު.

    14
    15