ބޮލީވުޑްގެ މަޝްހޫރް ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރަކީ ހަމައެކަނި ފިލްމު ހެދުމަށް އަހަންމިއްޔަތުކަން ދޭ މީހެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އޭނާގެ އާއިލާގެ ކަންތައްތަކުގައި، ވަކީން ބޮޑަށް އާއިލާއަށް ވަގުތު ހުސްކޮށްދިނުމަށް އޭނާ އިސްކަންދެއެވެ. ކުރަންޖެހޭ މަސައްކަތް ކިތަންމެ ގިނަ ކަމުގައިވިޔަސް، އޭނާގެ ދަރިންނަށް އެ ހުސްކޮށްދޭ ވަގުތުކޮޅަކީ ހަމަ ގައިމުވެސް ބަފައިވަންތަ ކުލުނުގެ ފުރިހަމަ މިސާލަކަށް ނޫނީ ނުވާނެއެވެ.

މިފަދަ މިސާލަކަށް ދާދި ފަހުން ކަރަން އިންސްޓަގްރާމުގައި ޕޯސްޓުކުރި ފޮޓޯ ފުދެއެވެ. އޭނާގެ ލޯބިވާ ފިރިހެން ދަރިފުޅާއި އެކު ނަގައިފައިވާ މި ފޮޓޯގެ ފަހަތުން އޭނާގެ ލޯބިވާ މަންމަ އާއި ބައްޕަގެ ފޮޓޯ ގަނޑެއް ވެސް ފެނެއެވެ.

Image result for karan with his children

 

ހަފްތާ ބަންދުގައި ދަރީންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު ކަމަށް ބުނެ، ކަރަން މީސްމީޑިއާގައި އާންމު ކުރި މި ފޮޓޯއަށް ގިނަބައެއެއްގެ ތަރުހީބު ލިބިފައިވާއިރު، އޭނާގެ ބައެއް ސަޕޯޓަރުން ވަނީ އެއީ "ބެސްޓް ޑެޑް" ކަމަށް ބުނެ ކޮމެންޓު ކޮށްފައެވެ.

ކަރަންގެ ބައްޕަ ޔަޝް ޖޯހަރު މީގެ އަހަރުތަކެއް ކުރިން ދުނިޔެ ދޫކޮށްފައިވާއިރު، ކަރަން ވަނީ އޭނާގެ ލޯބިވާ ބައްޕަގެ ހަނދާނުގައި ފިލްމެއްވެސް ހަދާފައެވެ.

"އަހަރެންގެ ދެ ދަރިންނަށް ނަން ކީ ވެސް މަންމަ އާއި ބައްޕަގެ ނަމާއި ގުޅުވާފައި. ބައްޕަގެ ހަނދާނުގައި ފިރިހެން ދަރިފުޅަށް ކީ ޔަޝް. މަންމައަށް ހިރޫ ކިޔާތީ، މަންމަގެ ހަނދާނުގައި އަންހެން ދަރިފުޅަށް ކީ ރޫހި. އެއީ މި މީހުންނަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް އެންމެ މުހިންމު އަދި އަހަރެން އެންމެ ލޯބިވާ މީހުން ކަމުގައިވާތީ" ކަރަން ބުނެފައިވެއެވެ.

މިވަގުތު ކަރަން ކުރަމުން ގެންދަނީ ބޮލީވުޑް ފިލްމު "ކަލަންކް" އުފެއްދުމުގެ މަސައްކަތެވެ. މިއީވެސް އޭނާގެ ބައްޕައަށް ހާއްސަ ފިލްމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު