ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ އޮތީ ފުރަބަންދުކޮށްފައެވެ. ގެއިން ބޭރަށް ދާން ގިނަބަޔަކު ތިބީ ޖެހިލުންވެފައެެވެ. މިއީ ތަފާތު މީހެކެެވެ. އުއްތަރް ޕްރަދޭޝްގެ ގަޒިއާބާދްއަށް ނިސްބަތްވާ މި މީހާ ބޭރަށް ދިޔައީ ގެއަށް ބޭނުންވާ ކާބޯތަކެތި ގަތުމަށެވެ. އެނބުރި އޭނާ ގެއަށް އައީ އަންބަކު ގޮވައިގެންނެވެ.

މިކަމާއި އެ ފިރިހެން މީހާގެ މަންމަ ވަރަށް ބޮޑަށް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ގެއަށް ވަނުމަށްވެސް ހުއްދަ ދީފައެއް ނުވެއެވެ.

އަދި އޭނާގެ މަންމަ ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

"އަހަރެން ދަރިފުޅު ފޮނުވީ ގެއަށް ކާބޯތަކެތި ގަތުމަށް، އެކަމަކު އޭނާ އެނބުރި އެެއީ އަންބަކު ގޮވައިގެން، އަހަރެން އެ ކައިވެންޏެއް ގަބޫލެއް ނުކުރާނަން". ރޮމުން ކަހަލަ ގޮތަކަށް އެ އަންހެން މީހާ އޭއެންއައި ނޫހަށް ބުންޏެވެ.

އުމުރުން 26 އަހަރުގެ ގުއްޑޫ އާއި ސަވިތާ ނަމަކަށް ކިޔާ އެ އަންހެން މީހާ ކައިވެނި ކުރީ މީގެ ދެ މަސްކުރިން ހަރޑްވަރްގައެވެ. އަދި ފުރަަބަންދު ކަންތައް ނިމުމުން އެ މީހުންގެ ކައިވެނީގެ ސެޓްފިކެޓް ލިބޭނެ ކަމަށް ބެލެވެނީ ފުރަބަންދު ނިމުމުން ކަަމަށް ގުއްޑޫ ބުނެފައި ވެއެވެ.

ގުއްޑޫ ބުނީ، އަންހެނުން ގެއަށް ގެންނަން ޖެހުނީ، ކުރިން އަންހެން ދިއްލީގައި ކުއްޔަށް ބަހައްޓާފައި ހުރިތަން ހުސް ކުރަން އެންގުމުން އޭނާ ބަހައްޓާނެ ތަނެއް ނެތިގެން ކަމަށެވެ.

"އަހަރެން އެހެންވެ ނިންމީ އަންހެނުން އަހަރެންގެ މަންމަގެ ގެއަށް ބަދަލު ކުރަން، އެއީ ފުރަބަންދާއި ގުޅިގެން އެތަން ދޫކޮށްލުމަށް އެންގުމުން" ގުއްޑޫ ބުނެފައި ވެއެވެ.

މިހާރު ފުލުހުން ވަނީ އެ ދެމަފިރިން ކުއްޔަށް ނަގާފައި ތިބި ތަނުގައި ބޭތިއްބުމަށް އެ ގޭގެ ވެރިންނަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޭމްސް

    ކާންބޯން އެއްޗެއް ގެނައުމުގެ ކުރިން، އެ ކެއްކޭނެ ގޮތެއް ހަދަން ވާނެ.. އެހެންވީމާ ރަނގަޅަށް އެ އަމަލުކުރީ..

    39
  2. މަނިކު

    ނަވް ހީހޭޒް ސަމްތިންގ ޓު އީޓް..

    22
  3. މޯދީ

    އިންޑިޔާގައި ތިއީ އާކަމެއްނޫން!

    22
    1