ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި މިއީ ވެގެން ދާނީ އާއިލާއަށް އުފާވެރި ހަބަރަކަށެވެ. އިންޑިއާގައި ޒުވާން އަންހެނަކު މި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު އެއްމާބަނޑު ފަސް ކުދިން ވިހާފައެވެ.

އިންޑިއާގެ ޑިސްޓްރިކްޓް ހޮސްޕިޓަލެއްގައި މި އަންހެން މީހާ ވިހެއި ކުދިންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

އެ ކުދިންގެ ބައްޕަ ކުންޑަން ގައުޓަމް އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ، އެ ކުދިންނާއި މަންމަގެވެސް ހާލު ރަނގަޅުކަން ކަށަވަރުކޮށްދީފައެވެ.

މި އާއިލާއަކީ ރަމް ނަގަރްގެ ގުޓުލްޕޫރަށް ނިސްބަތްވާ އާާއިލާއެކެވެ. ކުންޑަން ބުނީ، ފަސް ކުދިން ލިބުމުން އެކަމާއި ވަރަށް އުފާވާ ކަމަށާއި، މިއީ ލިބުނު ހަދިޔާ އެއް ކަމަށެވެ.

އޭނާ ބުނީ، ޑޮކްޓަރުން ކުރިން ބުނެފައިވާގޮތުން، އޭނާގެ އަނބިމީހާ ވިހާނީ އެއްމާބަނޑު ކުދިން ނަމަވެސް، އެއީ ފަސް ކުދިންނަށް ވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

މީގެ ކުރިން އިންޑިއާގައި އެއްމާބަނޑު ހަ ކުދިންވެސް ވިހާފައި އެބަ ހުއްޓެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭނަ

    މާޝާﷲ، ﷲއަކުބަރު

  2. ގިހަ

    ތީ ނުވާކަމެކޭ.