އުމުރުން ދުވަސްވީ ލޯބިވެރިން ގެންގުޅޭ މީހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އެ މީހުން ލޯބިވެގެން އުޅެނީ ފައިސާއަށްޓަކައި ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ. ނަމަވެސް މިއީ ބައެއް މީހުންގެ ދިރިއުޅުމުގައި ދިމާވާ ކަމެއް ނޫނެވެ. ބައެއް މީހުން ދިރިއުޅެމުން ދަނީ ވަރަށް އުފާވެރިކޮށެވެ.

އިންސްޓަގްރާމް އެކައުންޓެއްކަމަށްވާ "އޭގްގެޕްލައިފް"ގައި އުމުރުން އެތައް އަހަރުގެ ތަފާތު ހުންނަ ލޯބިވެރިންގެ ވާހަކަ ހިއްސާ ކޮށްފައި ވެއެވެ.

އެގޮތުން އޭގައި ބުނެފައިވާގޮތުން، ބައެއް ލޯބިވެރިންގެ ގުޅުމުގައި 10 އަހަރުގެ ތަފާތު ހުންނައިރު، 30 އަހަރުގެ ތަފާތު ކަމެއް ހުންނަ މީހުންވެސް އެބަ އުޅެއެވެ. އެކަމަކު އެ މީހުން އުޅެމުން ދަނީ ވަރަށް އުފާވެރިކޮށެވެ.

އޭގައި ބަޔާންކޮށްފައިވާ ވާހަކައަކަށް ބަލާއިރު، ދަރިވަރަކާއި އޭނާގެ ހައިސްކޫލް ޓީޗަރެއްގެ ލޯބީގެ ގުޅުމުގެ ވާހަކަ ހިމެނެއެވެ. ދަސްވެނިވުމަށްފަހު މި ދެ މީހުން ދިމާވަނީ އެވެ. އެހެން ވާހަކައަކަށް ބަލާއިރު، ކަސްޓަމަރަކު އޭނާގެ ނަމްބަރު އޭނާއަށް ވުރެ 20 އަހަރުގެ ތަފާތު ހުރި މީހަކަށް ދިނީއެވެ. މިހާރު އެ މީހުންވެސް އުޅެމުން ދަނީ ވަރަށް އުފަލުގައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެލައިސް ބުނާގޮތުގައި، އޭނާ އާއި ލޯބިވެރިޔާ ޓިމްގެ އުމުރުގައި 33 އަހަރުގެ ތަފާތު ކަމެއް އެބަ ހުއްޓެވެ. އަދި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިން އަހަރުވެފައިވާއިރު، ޓިމްއަކީ އޭނާގެ މައިންބަފައިންނަށްވުރެވެސް އުމުރުން ދުވަސްވީ މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ޓީމްގެ ތިން ދަރިންވެސް އޭނައަށްވުރެ ބޮޑު ކަމަށް އެލައިސް ބުންޏެވެ. ނަމަވެސް އުޅެމުން ދަނީ އުފާވެރި ދިރިއުޅުމެއްގައި ކަމަށް ބުނެފައި ވެއެވެ.

އުމުރުން 23 އަހަރުގެ ލައުރާ އާއި 52 އަހަރުގެ ޑޭވިޑް އޮލިވާ އާ ދެ މީހުންގެވެސް އުމުރުގައި 33 އަހަރުގެ ތަފާތު ކަމެއް އެބަހުއްޓެެވެ. ލައުރާ ބުނީ، އޭނާއާއި ލޯބިވެރިޔާ ގުޅިގެން އުޅޭތާ މިހާރު ދެ އަހަރު ވެދާނެ ކަމަށެވެ. އަދި ދެ މީހުންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.

ލައުރާ ޑޭވިޑް އާ ދިމާވި ގޮތް ކިޔާދެމުން ބުނެފައި ވަނީ، އޭނާ ޑޭވިޑް ޕަންކްގެ ލަވައެއް އަޑުއަހަމުން ދަނިކޮށް، އޭނާގެ ނަން ފޭސްބުކްގައި ސާޗް ކުރަމުން ދަނިކޮށް ފެނުނީ ކަމަށެވެ. އަދި އޭނާ ޑޭވިޑް އެޑް ކުރީ ކަމަށާއި، ދެ މީހުން އެކަކު އަނެކަކާއި ވަރަށް ގިނައިން ވާހަކަދައްކާ ގޮސް، ދެ މީހުން ބައްދަލުވެ އެކަކު އަނެކަކު ދެކެ ލޯބިވީކަމަަށް ލައުރާ ބުނެފައި ވެއެވެ. އަދި ޑޭވިޑް އޭނާ ކައިރީގައި ރައްޓެހިވާން އެހި ދުވަހުން ފެށިގެން އުޅެމުން ދަނީ އެކު އެކީގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

މިގޮތަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނާއި ދިމާލަށް އާއްމު އެތައް ފާޑުކިޔުންތައް ކިޔުނު ނަމަވެސް، އެ މީހުން އެކަމާއި މާބޮޑު ފަރުވާލެއް ނުބަހައްޓެވެ.