ފާޑުކިޔުން އަމާޒުވެފައިވާ ޝަލަބީގެ ފޮޓޯ
ފާޑުކިޔުން އަމާޒުވެފައިވާ ޝަލަބީގެ ފޮޓޯ

އައްޑޫ ސިޓީ ގެ އީދިގަލި ކިޅީގެ ޕްލެޓްފޯމަށް ކޮށްޅަށް އެރުނީ އެއީ މަނާކަމެއް ކަން ނޭނގި ކަމަށް ބުނެ އުޒުރެއް ދެއްކުމަށް ފަހު މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި ޝަލަބީ އިބްރާހިމް މާފަށް އެދިއްޖެއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ މަޢާފަށް އެދިފައިމިވަނީ އިދީގަލި ކިޅީގެ ޕްލެޓްފޯމަށް އޭނާ އަރާހުއްޓާ ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުގެ ގިނަ އާންމު ފަރުދުންގެ ފާޑުކިޔުން  އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އައްޑޫ ސިޓީގެ އީދިގަލި ކިޅީގެ ޕްލެޓްފޯމަށް އެރި އިރު އެއީ ހިމާޔަތްކޮށްފައިވާ ތަނެއްކަން ނޭނގޭ ކަމަށް "އައްޑޫ ލައިވް" އަށް ދިން އިންޓަވިޔުއެއްގައި ޝަލަބީ ބުނެފައިވެއެވެ.

"އަޅުގަނޑު އެތަނަށް ގެންދިޔަ އެކަކުވެސް އެއީ މަނާ ކަމެކޭ ނުބުނޭ. އަޅުގަނޑު އައްޑޫއަށް ކުރި ފުރަތަމަ ދަތުރު މިއީ. ފޮޓޯ ނަގަނީ ފޭމަސްވީމައެއް ނޫން. މަނާ ކަމެއް ކަން އެނގޭ ގޮތަށް ހުރި ނަމަ ނޭރީސް. އަލަށް ދާ ބަޔަކަށް ނުވެސް އެނގޭނެ" ޝަލަބީ ބުންޏެވެ.

ޕްލެޓް ފޯމަށް އެރުން އެއީ މަނާ ކަމެއްކަން ނޭނގޭ ކަމަށް ޝަލަބީ ބުނި ނަމަވެސް މީގެ ކުރިން ވެސް ތަފާތު އެކި ފޯރަމްތަކާއި ތަފާތު އެކި މީޑިއާތަކުުން ވެސް ވަރަށް ގިނައިން އެޕްލެޓްފޯމަށް އެރުމަކީ މަނާކަމެއް ކަން އަންގައިދިނުމަށް ޚަބަރާއި މައުލޫމާތު ގެނެސްދީފައިވެއެވެ.

އީދިގަލި ކިޅީގެ ޕްލެޓްފޯމަށް ޝަލަބީ ކޮށްޅަށް އަރާހުރެ ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު މީގެ ކުރިން ބައެއް މީހުން ވަނީ އެ ޕްެލެޓްފޯމުގެ މަށްޗަށް ސައިކަލާއި ބައިސްކަލުގައި އަރާ އެކިވަރުގެ ގެއްލުން ދީފައެވެ. އެމައްސަލަތަކުގައި އެމީހުންނަށް ކަމާބެހޭ ފަރާތްތަކުން ނަސޭހަތްވެސް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

74 ކޮމެންޓް

  1. މަނާކަމެކޭ ނުބުނި ނަމަވެސް ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ އެއީ މަނާ ކަމެއް ކަން ތަމެން ގަމާރުން ނޫނިއްޔާ. ދަ ކަންޓްރީ ސައިޑަރސް އިން ނަށް ނޭގެއޭ ދެން އަމިއްލަ ސެންސް އިން މޭކް ކޮށްގެން އެއްވެސް ކަމެއް ވިސްނައިގަންނަން ދެން ދުވަހަކު ވެސް ދެކޮޅު ގައި ނުރަ ޖަހާއިރު ވެސް ދޯ. ދަކަންޓްރީ ސައިޑޭ މެންނަކީ އެއީ އަބަދުވެސް ވަން ސެންސް މިސިންގް އުސޫލުން ކަންކަން ކުރާ މީހުންނޭ މަމެން ބުނަން ނެތީމު ދޯ.

    • .އެހެންތަ މަނުދެނެހުރިން އިންސާނުންނަށް ކަންކަން އިލްހާމް ވާކަމެތް. ޏުބުނަނީސް އިގެންވާނުން ހޯ އަދި އެބަކިޔައެއްނުން.?

    • ށަލަބީ އެއީ ދަ ގްރޭޓާ މާލެ މީހެއް. މިފަހަރު މަދުވީ މާލާ މީހެއްގެ ކުޅަނދު

    • ތިހާ މޮޅިއްޔާ ، މަނާ ކަމެކޭ ނުބުނަންޏާ ތަމެންނަށް އިނގޭ ތަ އދ މަހިބަދޫ ގަ ހިމާޔަތް ކޮށްފައިވާ ތަނެއް؟ ނޫނީ އެހެން ދުރު ރަށެއްގައި ހިމާޔަތް ކޮށްފައިވާ ތަނެއް؟
      "ދަކަންޓްރީ ސައިޑޭ މެންނަކީ އެއީ އަބަދުވެސް ވަން ސެންސް މިސިންގް އުސޫލުން ކަންކަން ކުރާ މީހުންނޭ މަމެން ބުނަން ނެތީމު ދޯ." ?

      • މަނާނޫނަސް، މުުޖުތަމަޢުގަ ހުންނާނެ ހުތުރުއާދަޔާ، ބޭ އަދަބީ އާދަ، މަގުމެދަށް ރަތްކުޅުޖެހުން މަނަލެއްނޫން، ކޮފީގަ ތިބޭއިރު މޭޒަށް ދެފައި ނަގާގެން އިނުން މަނަލެއްނޫން، މަކުނު ސައްކެޔޮގަހަށް އަރާ އިންނަހެން ތަންތަނަށް އަރާއިނުން މަނަލެއްނޫން.. އިންސާނުންނާ ހައިވާނުންނާ ހުރިތަފާތަކީ، ބުއްދީގެ ތަފާތު،

        • މިތަނުގައި ކޮބާ ތި ބުނާ މުުޖުތަމަޢުގަ ހުންނާނެ ހުތުރުއާދަޔާ، ބޭ އަދަބީ އާދަ؟ ? މިތާނގައި މީހަކު ތަނަކަށް އަރާ ހުރީމަ ތަ އެހާ ކަންބޮޑު ތިވީ؟ މަށަކަށް ހިޔެއްނުވޭ ތިމީހެއްވެސް ކޮޅަށް ތަންތަނަށް ނާރާ ހުންނާނެ ހެނެއް.
          މީހަކު ތަނެއް މައްޗަށް ކޮޅަށް އަރައި ހުރިއްޔާ އެ ވަނީ މަކުނަކަށް ތަ؟ އެހެންވިއްޔާ މިރާއްޖޭގައި ހައްތާވެސް މަކުނުތާ އުޅެނީ... ??

  2. ބޯޑެއްޖެހުން މުހިންމުކަމަށް ފެނޭ. އޭރަށް އަލަށް ދާމީހަކަށް ވެސް އިނގޭނީ. މަނަމަވެސް އަރާނަން ނޭނގޭކަމުގައި ވަންޏާ އެރޭނެ.

  3. މަނާކަމެއްކަން އަޅުގަނޑަށްވެސް އަދި މިއެނގުނީ. ތީހަމަ ވެދާނެކަމެއް. އެއްވެސް

    މީހަކު އެމީހެއްގެ އަގުވެއްޓޭފަދަކަމެއް ގަސްދުގައި ކޮށްފާނެކަމަކަށް ނުބެލެވޭ.

  4. ދިވެހި މީހާ

    ޢަދި ކިރިޔާ މިއެގުނީ މަނާކަމެއް ކަން

  5. މށައްވެސް ނޭގެ ތީމަނާކައްކަން

  6. މަވެސް އައްޑު އަށް ގޮސް ތިތާ މައްޗައް އެރިން، މަށަކަށް ވެސް ނޭގެ އެތަނަށް އެރުމަކީ މަނާކަމެއް ކަން

  7. އެތަނަށް އެރި ގޮލައެއް

    މަށަށް ވެސް އަދި މި އެނގުނީ އެތަނަށް އެރުން މަނާ ކަން

  8. އަހަންނަކަށްވެސްނޭންގެ.ހަމަ އަލައްދާމީހަކަށް ނޭންްގިދާނެ އެނނު

    • ހަމަ ނޭންގޭތަ އެއީ އަރާގޮތަޢް ހަދާފަ ހުރި ތަނެއްނޫން ކަމެއް. ޓަންތަނާ ތަކެއްޗަށް އިހުތިރާމްގެ މިންވަރެއް ހިތުތެރޭ ހުރި ކޮންމެ މީހަކަށް މިވަރު އެނގޭނެ. ޟީހަކު ބުނާކަށް ނުޖެހޭނެ ގޯސްކަމެއްކަން އަމިއްލައަށް ވިސްނާލީމަވެސް އެނގޭނެ. ތަންތަނާ ތަކެތި ބޭނުންކުރަން ނުޖެހޭގޮތަށް ބޭނުންކުރީމާ ހަލާކުވާނެކަން އެނގޭނެ. ޟަނަލޭ ނުބުންޏަސް

  9. މަށަކަށްވެސް ނޭނގޭ މަނާކަމެއް ކަމެއް. އަޑުއެހިތާ މިހިރީ

  10. ތީ ހާދަވަރެއްގެ ޕްލެޓްފޯމެކޭ ދޯ!

  11. ޝަލަބީ ބިތަނަށް އެރީމަ ދޯ ކަމަކަށް މިވީ، ކޮންމެ ދުވަހަކު ސެލްފީ ނެގުން އޮވޭ އެތާ އެވާހަކަ ދައްކާނެ ބައެއްނެތް، އޭނަ އެތަނަށް ގެންދިޔަ މީހުންގެވެސް އެއްވެސް އިޚްލާސްތެރިކަމެއްނެތްކަން މިކަމުން ދޭހަވެގެން ދިޔައީ.

  12. ހާދަ ޖައްސާލާފަ ލިޔެފަ އޮތް ހަބަރެކޭ. ޒާތީ ކަމެއް އުޅެނީތަ؟

  13. މިދެން ޚަބަރު ؟ ކޮން ނޫހެއްގަ ނޫނީ ޕްލެޓްފޯމެއްގަ އެތަނަށް އެރުމަކީ މަނާ ކަމެއްކަން އިއުލާން ކުރީ؟

  14. ކިތަންމެ ގިނައިން ނޫހުގަ ޖެހިޔަސް އަހަންނަކަށްވެސް ނޭންގެ.. ދެން ޝަލަބީ މަޝްހޫރު މީހެެއް ވީމަ ކަންތައް ބޮޑުކޮށްލަނީ

  15. ހާދަ ޒާތީކޮށް ހަބަރު ލިޔެފައި

  16. ޢެންމެންނަކީ ހަބަރާއި ފޯރަމް ބަލާނެ ބައެއް ނޫން

  17. އަލީ ޔާމީން ޕްރޮފެޝަނަލް ކޮށް ނޫސްވެރިކަން ކުރަން ދަސްކުރަންވެއްޖެ ދޯ. ވަކި މީހަކައް ޖައްސާލިއަސް ބޮޑުވަރު ތީ.. އެއީ މަނާ ކަމެއްކަން ހަމަ އަސްލުވެސް ނޭނގޭ ބައިވަރު މީހުން މި ރާއްޖޭގަ އުޅޭނެ... އެހެނޭ ކިއާފަ އެއްވެސް މީހެެއް ގަސްދުގަ އެކަން އެނގި ހުރެ އެމީހެއްގެ އަގު ވެއްޓޭކައް ހިމާޔަތްކޮއްފަ އޮތް ތަނެއްގެ ޕްލެޓްފޯމް އަކަށް ނާރާނެ.. ކަލޭމެން ވަކި ފަރާތަކައް ނުޖެހި އާޓިކަލް ލިޔަން ދަސްކުރަންވެއްޖެ ދޯ.. ވަގުތު ނިއުސް މީހުން ކެރެންޏާ މި ކޮމެންޓް ޖަހާލަދެއްޗޭ.. ބާއްޖަވެރި ދުވަހަކައް އެދެން..

  18. ކައުންސެލަރު

    ޝަލަބީ ކުރީމޮޅުކަމެކޭ ބުނަނީކީނޫން. އެކަމް ތިޔައީ ކަލޭމެން ތިވަރު އަރުވާލަންޖެހޭ ކަމެއްވެސްނޫން. މީހަކާދޭތެރޭ ހަސަދަވިޔަސް އެކަން އޮންނަންވެސްވާނީ އިމެއްގެތެރޭގަ. މަނާ ކިތައްކަންތައް ކިތައްމީހުން ކުރަނީ؟ ކައެމެންނަށް ފެނޭތަ؟ މަނަމަވެސް އެރޭނެ. އެވަރު ތަނެއްގަ ވެއްޖިއްޔާ މަނާ ބޯޑު ހުންނަން ޖެހޭނެ. މާލޭގެ މަގުތަކުގެ ގަވައިދުތައް މީހުންނަށް އެނގޭއިރުވެސް ބޯޑު ބަހައްޓާފައި ހުރޭ!
    ދެން ކައެމެން އެއްޗެކޭ ބުނެބަލަ.

  19. މަމެން ތަމެން ނުކިޔާ ނިކަން މަނާކަން އެނގޭކަހަލަ ބޯޑެއް ޖަހާބަލަ. އޭރުން ޝަލަބީ ކީއްކުރަން މަވެސް ނާރާނަން

  20. .މަށަކަށް ވެސް ނޭންގޭ

  21. ދިވެއްސެއް

    މަވެސް އެތަނަށް އަރާ ފޮޓޯ ނަގާފަ ފޭސްބުކް އަށް ލިން..މަށަކަށް ނޭންގެ އެއީ މަނާކަމެއް ކަމެއް..މީހަކުވެސް ނުބުނޭ މަނާކަމެކޭވެސް..އައްޑޫ ރައްޓެހިން ތިބޭމަގޭ ފޭސްބުކް ފުރެންޑުންނަށްވެސް،އެއިން މީހަކު ވެސް ނުބުނޭ އެއީ މަނާ ކަމެކޭ..އެވަރު ކަމެއް ޝަލަބީޔަށް ވެސް ވެދާނެ

  22. ކަލޯ މަށަށް އަދި މި އެނގުނީ އެއީ އޮންނަ ތަނެއްކަން ވެސް......

  23. .ހާދަ ފާޑަކަށް ތިޙަބަރު ލިޔަނީ. މަލާމަތް ކުރާފާޑަށް. .ބަލަމަށަކަށްވެސް ނޭނގޭ ތިތަނަށް އެރުމަކީމަނާކަމެތް ކަމެތް އަދި މާފުނުލިބޭވަރު ބޮޑު ފާފައެއް ކަމެތް. ??

  24. ޑިމޮކްރަޓިސްޓް

    މަނާ ކަމެކޭ.. ނަސީބެއްނު ޝަލަބީ ތިހެން ތިކަންކުރިކަން.. މަނާ ކަމެއްކަން ނޭންގޭ އެތައްބަޔަކަށް ތީ މަނާކަމެއްކަން ވަރަށް ރަނގަޅަށް އެނގިގެން ހިނަޖައްޖެ.. މަށަށްވެސް މިހާރު އެނގިއްޖެ.. ތޭންކްސް ޝަލަބީ..

  25. މަނާކަމެއްކަން އިނގޭއިރިވެސް ތިފަދަ ކަންކަންކުރާ މީހުންބައިވަރު ހޮޓަ ކެފޭ ރެސްޓޯރަންޓު ތަކުގަ ދުންފަތުގެ އިސްތިއުމާލު ކުރުންމަނާ [ނޯ ސްމޯކިން އޭރިޔާ] އެތަށް ވަރަކައް ލިޔެ ނޯޓިސް ބަހައްޓާފަ ހުއްނަ އިރުވެސް ކިތަށް ބޭފުޅުންބާ އެތައްތަނުގަ ސިގެރެޓު ބޮނީ މޯލްޑިވިއަން އައިޑަލްގެ ތަރި އިސާން ވެސް މިފަދަ ތައްތާ ސިގެރެޓު ބޮނިކޮން ދެކުނިން އޭނަވެސް ބުނަންވީ މަނާކަމެއްކަން ނޭގެޔޭ ހޮޓަލަށް ގެނަމީހުން ނުބުނެޔޭ.....

  26. ހަމަ ރަނގަޅަށްވެސް ހަސަދަ ލާފަ ތިހުރީ
    މަވެސް ދެނެހުރިތާ މިހުރީ އެއީ އޮންނަ ތަނެއްކަންވެސް

  27. ާޭަަެެެިާޭޮއަލިބެ

    ރައީސް ޔާމިން ކުރާމަނާކަންތައް މާގިނަ

  28. މުޙައްމަދު

    މަށައްވެސް ނޭގޭ ތީ މަނާ ކަމެއްކަން އަދިިކިރިޔާ
    މި އެނގުނީ..ދެން ނާރާނަން.. އޯކޭ..

  29. ޖައްސާލާފަ އޮތް ސޮރަކު ލިޔެފަ އޮތް ހަބަރެއްކަމަށް ބެލެވެނީ......އެހެންޔާ މި އަށްވުރެވެސް ރީތި ކޮށް ލިޔެވޭނެ ދޯ....އުޒުރެއްދެއްކުމަށް ފަހު އޯ..ލޮލް

  30. މަހަށްދޭބަލަ

    ނުބުނި ނަމަވެސް އިނގޭނެ ރެއިލިންގް އަކީ އެއީ ސޭފްޓީ އަށް ޖަހާފައި ހުންނަ އެއްޗެއް ކަން އޭގެ މައްޗަށް އަރާ ފޮޓޯ ނަގަން ނުޖެހޭނެއޭ. ގަމާރުކަން ވެސް ދެން ތަންކޮޅެއް ބޮޑުވިއްޔާ ދޯ. ދެން އެހެން ވީއިރުން މަޖީދީމަގުގައި އޮށޯވެތިބުމަކީ މަނާ ކަމެކޭ ލިޔެފައި ނެތުމުން ގޮދަޑި ހިފައިގެން ގޮސް މަޖީދީމަގު މެދުގައި އޮށޯންނަންވީނޫންތޭ ދަ ކަންޓްރީ ސައިޑް ވަން ސެންސް މިސިނޭ. މަހަށް ދޭބަލަ ދެން.

  31. މަށައް ވެސް ނޭނގެ މި ހަބަރު ލިޔެފަ މިއޮތީ
    ހާދަ ޖައްސާލާފަ ހުރިހެން ހީވާ ގޮތަކަށޭ.........

  32. އަސްލުވެސް މަނާކަމެއްތަ...... އަދިކިރިޔާ މަށަމި އިނގުނީ....

  33. އަޅެ މަނާ ކަމެއްކަން ހާމަ ކޮށްދޭ ބޯޑެއް އެތާ ބަހައްޓާފަ ހުންނަ ނަމަ މަނާ ކަމެއްކަން އިނގޭނެތާ. މީގަ ގޯހީ ޝަލަބީ އެއްވެސް ނޫން އަދި އެތާ މައްޗަށް އަރާ ސެލްފީ ނަގާ މީހުންނެއްވެސް ނޫން. މީގަ ގޯހީ މަނާ ކޮށްފަ އެއީ މަނާކަމެއްކަން އާއްމުންނަށް އަންގައި ނުދޭ ފަރާތް. އަދި މި ހަބަަރު ލިޔުނު ފަރާތުން މީގެ ކުރިން މީ މަނާކަމެއްކަމާއި މަނާވި ސަބަބު އަންގައިދީ ޙަބަރެއް ނުލިޔުނީމަ އޭނާވެސް ކުއްވެރިކުރަން.

  34. ާަްަނަޒްފާ

    މަށަށް އަދި މިއެނގުނީ މީހުންނަ ތަނެއްކަން ވެސް.

  35. ޢަހަރުމެން ނަކަށް ވެސް ނޭގެތީ މަނާކަމެއްކަމެއް.. ދެން މީހަކަށް ނޭގި ކަމެެއް ކުރެވޭ އިރަށް މިވަރު އަރުވާލާކަށް ނުވާނެ ކަންނޭގެ... މިދެން ބޮޑުވަރު

  36. ޑަ ލާސްޓް

    މާލޭގެ މަގުތައް ވެސް ހުރޭ ވަންވޭ ބޯޑު ނުޖަހާ އެއިން މަގަކަށް އޮޅިގެން ވަދެވުނަސް ޖޫރިމައިނާ. ޒަމާން ތަކެް ކުރިން ޚަބަރާއި ނޫސް ތަކުން ކިޔޯލަ ތިބުނާ ތަނަށް އެރުން މަނަލޯ. ޢެތަން ބަލަހައްޓާ މީހުގެ ޤަބިލު ކަމެއް ނެތް ބޯޑެއް ޖަހަން. މިއަދު ބަލަނީ ކޮންމެވެސް ގޮތަކުން މީހާ ކުއްވެރި ކުރެވޭތޯ.
    ދިވެހިން ދިވެހިންގެ ގޮތުގައި ގަމާރު ކަންމަތި އަބަދަށް.

  37. ބުނެލަން ބޭނުންވަނީ ޝަލަބީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.. މަށަކަށްވެސް ނޭގެ ތި މަނާކަމެއް ކަމެއް..ޝަލަބީ ތިފޮޓޯ ނެގިފަހުން ވަރަށް ހިނަމީހުނަށް އިގިގެން ހިގާއްޖެ..
    ޢެކަމު މި ހަބަރު ލިޔުނު މީހަކު ހުންނަނީ ޝަލަބީ ޔާ ވަރަށް ޖައްސާލަފަހެން ހީވަނީ...ލިޔަފަ އޮއްގޮތުން ހީވަނީ ދުވަހަކުވެސް މީހަކު ނުކުރާފަދަ ބޮޑުކުށެއް ކުރެވުނުހެން... ރާއްޖޭ ގަ މީހުން މަރާވެސް ހަދާ.. މިވަރުގެ ހަބަރެއް އަދި ނުކިޔޭ... އެނީވޭ މިހަބަރު ލިޔުނު މީހާއަށްވެސް ޝުކުރިއްޔާ..

  38. ރަޓަ ބަހުން ލިޔުނަކެސް މަމެންނަށް ރޭކާވެސް ނުލާނެ

  39. ނުދެނެ ހުުރީން ތީހިމާަަޔަކޮށްފަ އޮންނަ ތަނެެއްކަމެ
    އެވަރުކަމެއްތަ އެއީ އެތަނަ ކޮޅުން އެރިޔަސް

  40. ބުއްްޅަބޭ

    ނޯޓިސް އެއްޖެހުމަކީ މުހިއްމުކަމެއް! އެންމެންނަކީ ހަނދާން އެހާ ގަދަ ބައެއްނޫން!

  41. އަޅުގަނޑަކީ ސަލަބީ އަށް ތާއިދު ކުރާމީހެއް ނޫ. އެހެނަސް ތީގަ ސަލަބީގެ މައްސަލައެއް ނެތް ކަމަށް ފެއްނަނީ. މަނާ ކަންކަމަކީ މަނާކަމެއްކަން އިނގެން ހުންނަ ކަންކަން. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާ އަކަށް ނުކެރުނު އެތާގަ މަނާކަން ކަން އިނގޭނެ ބޯޑެއް ޖަހާލަން. ފޮޓޮއެއް ފެނުނީމަ އެއްޗެކޭ ކިޔަނީ. ދެން ސަލަބީ ފޭމަސްވީމަ އަލީ ޔާމީން ޖޭވަނީ. ކަން ހިނގި ގޮތް ބަލާކަށް ބޭނުމެއް ނުވޭ

  42. މަށަކަށްވެސް ނޭނގެ މަނާ ކަމެެއްކަން. މީހަކާ ޖައްސާލާފަހުއްޓަސް ބޮޑުވަރުތީދެން.

  43. މައާފައް އެދުން އެއީ ވަރަށް މާތް ސިފައެއް. ޝަލަބީގެ ގައިގަ އެސިފަ އެބަހުރި. މާޝާﷲ ❤

  44. މި ލިޔުން ތެރިޔާ އެއުޅެނީ ޝަލަބީއާ ހިތާވެގެން ބޮޑު ކަމެއް މާފައް އެދުނީމަ ވެސް ސަލާ މަތެއް ނެތް???

  45. ކޮންއިރަކު ކޮން ތާކު ނޫނީ ޕްލެޓްފޯމެއްގަ އެތަނަށް އެރުމަކީ މަނާ ކަމެއްކަން އިއުލާން ކުރީ؟ ކީކޭދެން ބުނާނީ!! މަގު މެދުން ހިނގާކަށް ނުވާނެ، މަނާކަމެށް، މިސްކިތުން ތެރޭގަ ސެލްފީ ނަގާކަށް ނުވާނެ.. ދެން ތިކިޔަނީ މި ހުސް މަނާ ކަމޭތަ!!! މުދި ކިޔާބަލަ...

  46. އެތާކަށް ނެތެއްނު ފަސޭހައިން އެރޭގޮތައް ސިޑިއެއްލާ އަރާގޮތައް ހަދާދީފައެއްވެސް. ދެން އަމިއްލަ ބުއްދިއަކަށް ނޭންގޭތަ އެއީ އަރައިގެންވާނެ ތަނެއްނޫންކަން. ތަންތާހުންނަ ފާރު ފާރާ ފުޅައްގަނޑުގަނޑާ ފުރާޅުފަދަ މޭންމޭޑް ސްޓްރަކްޗަރ ތަކަކީ އެތަންތަނުގެ ވެރިއެއް ހުންނާނެ ތަނެއްކަން އަމިއްލަ ބުއްދިއަށް ނުވިސްނެންޏާ ތީ ގަމާރުކަން

  47. މިހާރު ވަރަށްގިނަ ފަރާތްތަކަށް އެނގޭނެ އެއީ މަނާކަމެއްކަން. މަށަށްވެސް އަދި މި އެނގުނީ ދެންމެ. ސަލަބީ ކަހަލަ މީހަކު ތިކަންކުރުމުން ވަރަށްގިނަ ފަރާތްތަށް މިހާރު ހުންނާނީ ތިކަމަށް ހޭލުންތެރިވެފައި. ތެންކިޔު ސަލަބީ. އެތާނގައި ބޯޑެއްޖަހާބަލަ، އެއިރުން އެނގޭނެނުން މަނާކަމެއްކަން.

  48. ?ހ އަށް ބުނެލަން އޮތީ އިންސާނުންނަށް ކަންކަން އިލްޙާމް ވާނެޔޭ އެވަރު ނޭނގޭ މީހުން ވެސް އުޅެދާނެ. އެކަމަކު މިހާރު އިންސާނުންން ވަޙީ ބާވައެއް ނުލައްވާނެ. އެއީ މައްސަލައެއްނޫން.

  49. ޝަލަބީއާއި އެކު ދިޔަ މީހުން އޭނާކައިރީ އެވާހަކަ ނުބުނުން މައްސަލައެއް. މެހުމާނުންނަށް ގަވާއިދުތައް ކިޔާދޭނީ މެހުމާންދާރީއަދާ ކުރާމީހުން.

  50. އަހަރެން އަށް ވެސް އަދި މި އެނގުނީ އެއީ މަނާ ކަމެއްކަން.ކިތަންމެ ވަރަކައް މީޑިޔާ ތަކުން އެވާހަކަ ދެއްކިޔަސް ނޭންގޭ ބަޔަކު ތިބެދާނެދޯ.ނޫސްވެރިޔާ ހާދަ ފައްކާ ސުރުހީ އެއް ޖަހާލާފަ މިޔޮތީ.ހާދަ ހީވޭ ޝަލަބީ ޔާ ޒާތީ ގޮތުން ޖައްސާލާފަ ހުރިހެން.މަމީ ދެން މާ ޝަލަބީ ވެގެން އުޅޭ މީހެއްވެސް ނޫން.އެކަމަކު މި ލިޔެފަ ހުރި ގޮތުން ހަމަ ނީންދެވިގެން މި ކޮމެންޓު ކުރީވެސް..

  51. ވަގުތު މީހުން ވާހަކަ ހުންނަ ގޮތުން އިނގޭ ޝަލަބީ އާ ޖައްސާ ލާފަ ހުންނަ ހެން. ކިހިނެއްވާ ކަމެއްބާ؟ އަނެެއްކާ ކުލަ ތަފާތީތަ ؟

  52. ޢަދި ކިރިޔާ މި އެނގުނީ މަނާކަމެއްކަން........ ތޭންކްސް ސަލަބީ މިހާރު ގިނަ މީހުންނަށް އިނގޭނެ މީ މަނާކަމެއްކަން ްްްްްްްްް

  53. ނަސީީބެނު ށަލަބީ އެރިކަން ތިތަނަ، މިހާރު ގިނަބަޔަކަށް އެގޭނެ މަނާކަމެއްކަން.

  54. ނޯޓިސް އެއް ޖެހިނަމަ މަށައް ވެސް މި އެގުނީ

  55. ޢަޢްޑޫ ކުއްޖެއް

    ޢަޅުގަނޑަށް ވެސް އަދިކިރިޔާ މިއެނގުނީ އެއީ މަނާ ކަމެއްކަން .. ށަލަބީ އަށްނޭނގުމަކީ މައްސަލައެއް ނޫން

  56. ތިތަންތަނަށް އެރޭ ގޮތަށް ހުރިއްޔާ މަވެސް އަރާނަން

  57. ހެހެ...
    މަނާ ހުރިހާ ކަމެއްގައި ބޯޑު ނުޖެހޭނެ! ޖަހަން ވެއްޖެނަމަ ޖަހަން ނުޖެހޭ ބޯޑަކީ ކޮބާ؟؟؟
    ޕްލެޓްފޯމް ފެންސް މައްޗަށް އެރުންމަނާ....
    ޕްލެޓްފޯމް ފެންސް މަތީގައި އިށީނުންމަނާ...
    ޕްލެޓްފޯމް ފެންސަށް ކުޑަކަމުދިއުންމަނާ....
    ޕްލެޓްފޯމް ސަރަހައްދަށް ކުނިއެޅުން މަނާ...
    ފެންސް އިން ބައެއް ނައްޓައިގެން މާލެ ގެންދިއުންމަނާ...
    މަނާ މަނާ މަނާ....!
    އެނގިއްޖޭ...

  58. އެއީ އެހާ މާތް ތަނަކީތޯ؟ ކިހާބޮޑުކަމެއް

  59. އާދަމް / މާލެ

    ހިމާޔަތް ކޮއްފަ އޮތީ އޭދިގަޅި ކިޅި،ޕުލެޓްފޯރމެއް ނޫން.ޕުލެޓްފޯރމް އަޅަނީ އެތަނެއް ބަލަން ދާމީހުން މީހުން އަރަން.

  60. އއއއިބްރާހީމް

    ތިޕްލެޓްފޯމްމައްޗަށް އެރުން މަނާކަމަށް ފޯރަމްތަކުގައާއި މީޑިޔާތަކުގަ ކިޔަކަސް އެކިޔާއެއްޗެއް އަޑުއިވޭނީ ޓީވީ ދިވެހި ޗެނަލް ބަލާނަމަތާ! މަށަށްވެސް އަދިކިރިޔާ މިއެނގުނީ ތިބުނާ ފޯރަމަކާއި މީޑިޔާގަ ތިވާހަކަ ދައްކާފައޮތްކަންވެސް. މަށަކީވެސް ސޯޝަލްމީޑިޔާގަ އުޅޭވެސް މީހެއް.
    ދެން ރަނގަޅު މިޙަބަރުން އެއީ އެރުން މަނާތަނެއްކަން އެނގިއްޖެ. ވަރަށް ޝުކުރު

  61. ދެލޯކޮޅާ. އަހަރެންނަކީވެސް ނޫސްކިޔާ އަދި ޓީވީ އިންވެސް ޚަބަރުތައް ބަލާ އުޅޭ މީހެއް. އެކަމަކު ތިޔަ ކިޅިއަކީ ތިޔަވަރަށް ހިމާޔަތް ކޮށްފަ އޮންނަ ތަނެއްކަން އަދި މިއެނގުނީ. އެހެނެއްނޫން މީގެ ދުވަސްކޮޅެއް އައްޑޫ ބަޔަކު ސައިކަލް ތަކެއްގަ އެ ފާލަމަށް އަރާ ގެއްލުންތަކެއްދީގެން މައްސަލަ ގޯސްވި ޚަބަރު ނޫސްތަކުން ދުށިން. ހީކުރެވުނީ މައްސަލައަކަށްވީ އެތަނަށް ގެއްލުން ދިނުމުން ކަމަށް. މިގޮތަށް މިޚަބަރު ލިޔެފަ މިއޮތީ ޝަލަބީ ގެ އަގުވައްޓާލަން ކަމަށް ބެލެވޭ.

  62. ސުބްޙާނަﷲ ނަސީބެއްނު އެސޮރުގެ ދެފައި ވާނުވިކަން. އެހެންނާފަހެ އެފަދަ މާތް ތަނަކަށް ކޮޅަށް އަރާއިރު ބިރެއް ސިހުމެއްވެސް ނެތީތަ.....؟؟؟؟

  63. އަދި ހަމަ މި އިނގުނީ މަނާ ކަމެއްކަން މަށައްވެސް! ދެން ހަމަ ޝަލަބީ ވީމަތަ ތިހާ ވަރެއް ތި އަރުވާލީ؟ މަނާކަން ޖަހާފަ ްްއިން ނަމަ އިނގުނީސް ދޯ!

  64. މަށަށް އަދި މިއިގުނީ މަވެސް އެތަން ގޮސް މައްޗައް އަރާ ފުމެ ހަދާފަ ހުންނާނެ އެކަމަކު ދުވަހަކުވެސް ފުޓޯ ނަގާ އެފަދަކަމެއް ނުކުރަން

  65. މަ މިއު މަ

    ސާބަހޭ އޭނަ މާފަށް އެދުނީމަ އިތުރު އަނގަ ނުތަޅާ މާފު ކޮށްފަ ނިދަން ދޭބަލަ

  66. އަޖައިބެއް... ތިތަނަށް ކޮޅަށް ނޭރޭންވީ ސަބަބެއް ނޭގުނު