ރާއްޖެ އިން ބޭރަށް ފުރަތަމަ ކުރި ދަތުރަކީ އާއިލާގެ އެއްވެސް މެމްބަރަކަށް ނޭނގިި ފެށި ދަތުރެކެވެ. ސްރީ ލަންކާ އަށް ދިޔަ އެ ދަތުރާއެކު، އާއިލާ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް މައްސަލަ ޖެހުނެވެ. އާއިލާ ބަޔަކު ވާހަކަ ނުދައްކާވެސް ތިއްބެވެ. އެކަމަކު، އެއީ މިހާރު މާޒީއެވެ. މި ޒުވާނާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ގޮސް، ގިނަ ދިވެހިން ނުކުރާ އެތައް ތަޖުރިބާއެއްކޮށްފިއެވެ. އިންސްޓަގްރާމް އޮތީ ފޮޓޯތަކުން ފުރާލައިފައެވެ.

އުމުރުން 23 އަހަރުގެ ހުސެއިން އަންވަރަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ މަޝްހޫރު ތަންތަނަށް ގޮސް ހެދި މީހެކެވެ. އެ ހަނދާންތަކުގެ ފޮޓޯތައް ފޮޓޯތައް އިންސްޓަގްރާމްކޮށް މީހުންގެ ސަމާލުކަން ވަނީ ހޯދައިފައެވެ. އޭނާގެ ގިނަ ފޮޓޯތައް ފެނިފައި ގިނަ ބަޔަކަށް ލިބެނީ ހައިރާންކެމެވެ. ދުނިޔޭގެ ގައުމަކަށް ދާނަމަ، ބައެއް ދިވެހިން ހޯދަނީ ހުސެއިންގެ ލަފަ އާއި އިރުޝާދެވެ.

ބެޗްލާސްއިން ބިޒްނަސް މެނޭޖްމެންޓް ހަދާފައިވާ އަންވަރަކީ މިހާރު އެންސްޕާގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

އަންވަރު ތުރުކީގައި

ތަންތަނަށް ދަތުރު ދިއުމަކީ އޭނާގެ ޕެޝަންއެވެ. ޒުވާނާ ބުނި ގޮތުގައި "ޓްރެވެލް" ކުރުމަކީ ވަރަށް ކުރީއްސުރެ ކުރާ ހިތްވާ ކަމެއް ކަމެކެވެ.

"ކުރީގައި ރަށުގައި އުޅޭއިރު ވެސް ދާނެ، ރާއްޖެ ތެރެެއަށް ވެސް، ކުރީގެ އަތޮޅު ފެރީ ފެށިގެން އައިއިރު، އެއިރު އެހެން ހަފްތާ ބަންދުގައި ރަށްރަށަށް ގޮސް ހަދަން. މިސާލަކަށް ރަހްމަތްތެރިއަކު ހުރި ރަށަކަށް ގޮސްފިނަމަ، އެތާ މަޑު ކުރޭ، އާންމުކޮށް މަހެއް ނޫނީ ދެ މަހެއް ވަރު ނުދާނެ ރަށަކަށް ދަތުރު ނާޅާ. އެއިރު އެހާ ދަތުރު ކުރިޔަސް އެހާ ވަރަށް ފޮޓޯއެއް ނުނަގާނެ" އަންވަރު ބުންޏެވެ.

ނަމަވެސް މިހާރު އޭނާ ތަނަކަށް ދަތުރުކޮށްފިނަމަ ފޮޓޯ ނުނަގާ ނުހުރެއެވެ. އެކަން ކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރުވެއްޖެއެވެ.

އިންޑޮނޭޝިއާގައި އަންވަރު

ރާއްޖެއިން ބޭރަށް އަންވަރު ކުރި ފުރަތަމަ ދަތުރަކީ އާއިލާއަށް ނޭނގި ކުރި ދަތުރެކެވެ.

"އޭރު ވާނީ 17 އަހަރު، އާއިލާ އަށް ވެސް ނޭނގި އުޅުނީ، އެއީ އުމުރުން 17 އަހަރު ވީމަ އެ މީހުންވެސް އަޅާލާނެތާ ކުރާނެތާ، ރައްޓެއްސަކު ބުނީ، ސްރީލަންކާއަށް ދާންވީ ނޫންހެެއްޔޯ ދެން ދިޔައީ ވީކެންޑަށް، އެއްވެސް މީހަކަށް ނޭނގޭނެ، ފޯން އޮފް ކޮށްލިޔަސް ހިތަކަށް ނާރާނެތާ ގޫޅާނެއެކޭ، ދެން އަސްލު ނުއެއް އިނގޭ، އެކަމަކު އެނގުނީ އެ ދަތުރު ގޮސް އައިސް އެއާޕޯޓުގައި ހުއްޓާ، އެއާޕޯޓްގެ މީހަކަށް ފެނިގެން ބޭބެ ކައިރީގައި ބުނީ،" އަންވަރު ކިޔައި ދިނެވެ.

ބައެއް މީހުންނަށް ދަތުރުކުރުން ވެފައި ވަނީ ބޭކާރު ހަރަދަކަށެވެ. އޭނާގެ އާއިލާއިން ވެސް ފުރަތަމަ ގަބޫލު ކުރީ އެގޮތަށެވެ. ނަމަވެސް މިހާރު އޭނާ އެ ކުރާ ދަތުރުތަކަކީ ހަގީގަތުގައި އާއިލާގެ ރުހުން ލިބިގެން ކުރާ ދަތުރުތަކެވެ.

އަންވަރު މެލޭޝިއާ ކުއަލަ ލަމްޕޫރްގައި

އަންވަރު ބުނި ގޮތުގައި، އޭނާ ދަތުުރު ކުރަން ބޭނުންވަނީ އެތަނެއްގެ ސަގާފަތް ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަންތަނަށެވެ.

"މިސާލަކަށް ގްރީސްގެ ސެންޓޯރިނީއަށް އެންމެ ދާން ބޭނުންވާ ތަން، އެކަމަކު އެތަން ނުވެދާނެ ކަލްޗަރަލް ތަނަކަށް، އެކަމަކު އެތަން ރީތި ކަމުން އެތަން ވަރަށް ބަލާލަން ދާން ބޭނުން.. އެކަމަކު އޭގެ ބަދަލުގައި އެންމެ ދާ ހިތްވަނީ އެތަނުގެ ކަލްޗާއެއް ފެންނަ އެތަނުގެ ކުރީގެ މީހުން އުޅެފައި ހުންނަ ގޮތާ ހުރިހާ އެއްޗެހި ފެންނަ ތަނަކަށް. މިސާލަކަށް ބަލާނަމަ އިންޑިއާ. އިންޑިއާއަކީ ގިނަ މީހުން ބޭސް ފަރުވާއަށް ދާ ތަނެއް ދޯ، ބޭސް ފަރުވާއަށް ދާތީ ކަން ނޭނގެ ގިނަ މީހުންނަށް އިންޑިއާ ހަޑިވެފައި އޮންނަނީ، އިންޑިއާށް ސްނޯ ފައިބާ އިންޑިއާގައި ފަރުބަދަ ހުރޭ، އެކަމަކު އެންމެންވެސް ބޭނުންވަނީ ޔޫރަަޕަށް ދާން" އަންވަރު ބުންޏެވެ.

އިންޑިއާ ޖައިސަލްމާ

އަންވަރު ބުނީ، ގިނަ މީހުންނަށް އިންޑިއާ އަކީ ސްނޯ ފައިބާ ތަނެއް ކަން ނޭނގޭ ކަމަށެވެ. އެހެން ކަމުން 3000، 4000 ޑޮލަރު ހޭދަކޮށްލާފައި ޔޫރަޕަށް ގޮސް ސްނޯ ފައިބާ ތަންތަނަށް ދިއުމުގެ ބަދަލުގައި 1000 ޑޮލަރު ހޭދަކޮށްލައިގެން އިންޑިއާއަށް ދިއުން މާ ހަރަދު ކުޑަވެފައި، ކަމު ވެސް ދާނެ ކަމަށް އަންވަރު ބުންޏެވެ.

އެގޮތުން އިންޑިއާގެ ލަޑާކް އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ، އެއީ އިންޑިއާގެ ބައެއްހެން ވެސް ހީނުވާނެ ކަމަށެވެ. އަދި އޭނާގެ ވާހަކައިގައި ޖައިޕޫރް އާއި އާގްރާ ފަދަ ތަންތަން ފާހަގަކުރިއެވެ.

އިންޑިއާ ލަޑަކްގައި އަންވަރު

"މިހާރު އެކަމަކު އެތަންތަނަށް ރާއްޖެ މީހުން އެބަ ދޭ، އެކަމަކު ލަޑާކް ކަޝްމީރު ހިސާބަށް މާގިނަ މީހުން ދާތަނެއް ނުފެނޭ، އެކަމަކު ދޭ ރާއްޖެ މީހުންވެސް، އެކަމަކު ގިނަ މީހުންނަށް ނުވެސް އެނގޭ ސްނޯ ވެހޭ ކަންވެސް". އަންވަރު ބުންޏެވެ.

އަންވަރުގެ އިންސްޓަގްރާމް އެކައުންޓާއި، ފޭސްބުކްގެ ޓްރެވެލް އެކައުންޓުގައި އިންނަނީ މޯލްޑިވޯ ޓްރެވެލަ ޖަހައިފައެވެ. އެއީ ކީއްވެ ކަން ވެސް އޭނާ ކިޔައި ދިނެވެ.

އަންވަރު ޖަޕާނުގައި

"އެއީ ޖަޕާނަށް ކުރި ދަތުރެއް. ވަރަށް ގިނަ ތަންތަނަށް ދިޔައިން، ގޮސްފައި ބެލީ ފޮޓޯތައް ނަގާފައި އެ އެއްޗިސް ސޯޝަލް މީޑިއާއަށް ޝެއާ ކޮށް އެގޮތަށް ހަދަން. ކުރީގައި ވެއްޖެއްޔާ މާބޮޑަކަށް ފޮޓޯ އަޅާއިރުގައިވެސް ލޮކޭޝަން ޓެގްކޮށްފައި ހަމައެކަނި ޖަހާލަނީ، އެއަކުންނެއް ނޭނގެ އެތަނަށް ދާން ހަރަދުވާނެ ވަރެއް އެއްޗެއްވެސް، އެކަމަކު އަންވަރު ބޭނުންވީ، ދެން ދާ މީހަކަށްވެސް އޭތި ބަލާފައި، އެ މީހަކަށް ދާން ބޭނުންވާ މައުލޫމާތާއި އެތަނަށް ދާނެ ހަރަދު ވާނެ ވަރު ބަލަން، މައިންޑް ސެޓްކޮށްގެން ހުރީ ކޮންމެ ކަމެއް ކުރިޔަސް، ކުރަން ވާނީ ރަނގަޅަށޭ، ތަފާތުކޮށްންނޭ، އަންވަރުގެ ސްޓޯރީ ފަހުން ފަހުން އައިސް ބަލާލައިފިއްޔާ އެ ހުރިހާ އެއްޗެއް ހުންނާނެ،... ދެން ބޭނުންވީ ނަން ބަދަލުކޮށްލަން..."

އިންޑިއާ ޖައިސަލްމާގައި އަންވަރު

އަންވަރު ބުނީ، ކުރިން އިންސްޓަގްރާމް އެކައުންޓުގައި އޭނާ ލިޔެފައި އިންނަނީ އަމިއްލަ ނަން ކަމަށެވެ. ނަމަވެސް ފަހުން ތަފާތު ނަމެއް ޖަހަން ބޭނުންވެގެން ފުރަތަމަ ބެލީ މޯލްޑިވިއަން ޓްރެވެލާ ލިބޭތޯއެވެ. އެކަން އޭނާއަށް ނުވިއެވެ. އެ ނަން އެހެން މީހަކު ބޭނުން ކުރެއެވެ. އެހެންވެ ދެން ނެގީ "މޯލްޑިވޯ" އެވެ. އެއީ ބޭރު ބަހަކުން ރާއްޖެއަށް ކިޔާ ނަމެވެ. ދެން ޓްރެވެލާ އެ އިނީ އިނގިރޭސި ބަހުން ނަގާފައެވެ.

އަންވަރު ބުނީ، އޭނާ ރަނގަޅު އޯޑިއަންސްއަކާއެކު ދަތުރު ކުރަމުންދާތާ މިހާރު ވާނީ އެއް އަހަރާއި ބައި ކަމަށެވެ.

ވިއެޓްނާމް ނިންހް ބިންހގައި

"މިހާރު ފުދޭ ވަރަކަށް ސުވާލާއި، ޓްރެވެލް ކުރުމާއި ބެހޭ ގޮތުންނާއި، ތަންތަނަށް ދާންށާއި، އެތަންތަނަށް ދާން އަހާފައިވެސް އެބަހުރި އެތައް މީހަކު ގޮސްފައި ވެސް، ފޮޓޯވެސް ފޮނުވާ، ބައެއް ފަހަރު އެޑިޓް ކުރަންވެސް ފޮނުވާ ފޮޓޯތައްވެސް". އަންވަރު ބުންޏެވެ.

އަންވަރު ބުނީ، އޭނާގެ ޓާގެޓެއް މިކަމުގައި އޮންނަ ކަމަށެވެ. އެއީ 25 އަހަރު ވުމުގެ ކުރިން 50 ގައުމަށް ދިއުމަށެވެ.

"އެކަމަކު ކޮންމެހެން އެ ޓާގެޓަށް ރީޗް ވުމަކީ މަޖުބޫރުކަމެއް ނޫން، އެކަމަކު ޓާގެޓެއް އިނިއްޔާ ފަސޭހަވާނެ ދޯ ތަންތަނަށް ރީޗް ވާން، އަނެއްކާ ގައުމުތައް ގިނަ ކުރި ވަރަށް ވުރެ، ގައުމުތަކުގެ ސިޓީތައް އެކްސްޕްލޯ ކުރުމަކީ ވަރަށް މުހިންމު ކަމެއް. ސްރީލަންކާއިން ވިއްޔާ ދާނެ އެތައް ތަނެއް އެބަ އިން، އިންޑިއާއިން ވެއްޖެޔާމުންވެސް ދާނެ އެތައް ތަނެއް".

އިންޑިއާ ލެހް ގައި އަންވަރު

އަންވަރަށް އަދި މިހާތަނަށް ދެވުނީ 13 ގައުމަކަށެވެ. އެ 13 ގައުމުވެސް އެތައް ސިޓީތަކަށް އޭނާ ވަނީ ގޮސްފައެވެ. އޭނާ ގާތްގަނޑަކަށް ކޮންމެ ދެ މަހުން އެއް މަހެއްގައި މިގޮތަށް ދަތުރުކޮށް ހަދައެވެ.

އަންވަރު ބުނިގޮތުގައި، އޭނާ މިގޮތަށް ދަތުރު ކުރަން ފެށި ފަހުން އެންމެ ގިނަބަޔަކު ކުރަމުން އަންނަ ސުވާލަކީ މެނޭޖް ކުރާ ގޮތާއި، އެހާ ތަންތަނަށް ދެވޭ ގޮތުގެ ސުވާލުތަކެވެ. ދެން ހަރަދު ބަރަދުގެ ވާހަކައެވެ.

އިންޑޮނޭޝިއާ

"ޓްރެވެލް ކުރުމަކީ އަސްލު ވަރަށް އެކްސްޕެންސިވް ކަމެއް ނޫން، އަސްލު މިވާގޮތަކީ ގިނަ މީހުން ޓްރެވެލް ކުރަން ވެއްޖެއްޔާ އެބަ ދުއްވާލާ 3000 ވަރަކަށް ޑޮލަރުވެސް. 2000 ޑޮލަރު ދާނީ ޝޮޕިންގއެއް، އަނެއް 1000 ޑޮލަރު ދެ ތަން ބަލާލަން. ދާއިރު، މި ދަނީ ބޮޑު ކާރެއް ނޫނިއްޔާ އެއްޗެއް ކުއްޔަށް ނަގައިގެން ގިނަފަހަރަށް ދާއިރު".

ލަޑަކްގައި އަންވަރު

މިގޮތަށް ދިއުމުގެ ބަދަލުގައި ދަތުރު ކުރަން ބޭނުންވާ މީހުންނަށް ދިނީ އިރުޝާދެކެވެ. އެގޮތުން ގައުމަކަށް ނޫނީ ސިޓީއަކަށް ގޮސް، ދަތުރު ކުރަން ހިޔާރު ކުރަންވީ ޕަބްލިކް ޓްރާންސްޕޯޓު ކަމަށް ވެސް އަންވަރު ބުންޏެވެ. ބަސް ނޫނީ ރޭލެވެ.

"މިސާލަކަށް ބެންކޮކަށް ދާ ނަމަ، އެ ސިޓީގައި ވެސް އޮންނާނެ އެއްކޮޅުން އަނެއް ކޮޅަށް ދެވޭވަރުގެ ރޭލު، ހަމަ އެހާ ރީތިތަން ހުންނާނެ ބަލާލަން، މަޖުބޫރެއް ނޫން ހަމަ ސީދާ ޕޮއިންޓަށް ވައްޓާލަން. ސީދާ ޕޮއިންޓަށް ނުޖެހޭ ދާކަށް، ހަމަ ހިނގާލާފައި ދިޔައީމަ ކަސްރަތުވެސް ލިބޭނެ ތާ" އަންވަރު ކިޔައި ދިނެވެ.

ތުރުކީގައި އަންވަރު

އަންވަރު ބުނީ، އޭނާ ދަތުރަށް ފައިސާ މެނޭޖް ކުރަނީ ހަމައެކަނި ވަޒީފާއަށް ގޮސްގެން ލިބޭ މުސާރައިން ނޫން ކަމަށެވެ. އިތުރު މަސައްކަތްވެސް ކުރާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ބްރޭންޑްތަކުން އެއްޗެހި ޕްރޮމޯޓް ކުރުމަކީވެސް އޭނާ ކުރާ ކަމެކެވެ. އަދި ބައެއް ގެސްޓް ހައުސްތަކާއި، ހޮޓާތަކުންވެސް އޮފަރތައް އަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެއީ އެތަންތަނަށް ކުރިން މެއިލްކޮށްގެންނާއި، ބައެއް ތަންތަނުން އޭނާއަށް އެޕްރޯޗް ކޮށްގެންނެވެ. އެގޮތުުން ވަކި ޕަސެންޓެއް ޑިސްކައުންޓް ދޭ ގޮތަަށާއި، ހިލޭވެސް ދޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެ މީހުން ބަލާނެ ފޮލޯވާސްވެސް އަށްވެސް، އެކަމަކުވެސް ވަރަށް ބައިވަރު ހިލޭ ހުރުމާއި، އެއްޗެހިވެސް ލިބޭ، މިސާލަކަށް އިންޑޮނޭޝިއާ ކަހަލަ ތަންތަނަސް ގޮސްގެން ކުރިން ހުރި ރިސޯޓްތަކުގައި ހުރެވޭނެ. އެ ދާ ކޮންމެ ތަނެއްގައި އެ މީހުން ބޭނުންވަނީ ފޮޓޯއަކާއި، ސްޓޯރީސް، ދެން އެ މީހުންނަށް އެއްބައި ފޮޓޯ ދޭން ވެސް. އެއީ އެ މީހުން މާކެޓް ކުރުމަށް".

ވިއެޓްނާމްއަށް އަންވަރު ކުރި ދަތުރެއްގެ ތެރެއިން

މީގެ އިތުރުން، އޭނާ ވަނީ އެކި ގައުމުތަކަށް ދަތުރު ކުރަން ބޭނުންވާނަމަ އެޕްލިކޭޝަން އެއްޗެހި އަޅައިގެން އުޅެވިދާނެ ކަމަށް ބުނެފައެވެ.

"މިސާލަކަށް ބުނާނަމަ ރާއްޖެ މީހުން އެންމެ އަގުހެޔޮކޮށް މި ނަގަނީ އެއާ އޭޝިއާއިން ދޯ، އެކަމަކު އެއާ އޭޝިއާއަށްވުރެ އަގުހެޔޮ ޓިކެޓް ލިބޭނެ ފްލައިޓްތައްވެސް އެބަ ހުރި، އެ ތަންތަން ނޭނގެނީ، ހުންނާނެ އެޕްލިކޭޝަން އެއްޗެހި،" އަންވަރު ބުންޏެވެ.

އޭނާ ވަނީ ޓިކެޓް ނެގުމަށް އެޕްލިކޭޝަނެއްގެ ގޮތުގައި ސްކިޕްލެޖްޑް، ކިވީ.ކޮމް، ސްކައި-ސްކޭނާ، އެއާ އޭޝިއާ އަދި ޓްރިޕް.ކޮމް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައެވެ.

މި އެޕްލިކޭޝަންތައް މެދުވެރިކޮށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެއެވެ.

ޔޫއޭއީގައި އަންވަރު

އަންވަރު ބުނަނީ ތަންތަނަށް ދަތުރު ކުރުމަކީ އަގުބޮޑު ކަމެއް ނޫން ކަމަށެވެ. ބަދަލު ކުރަންވީ ވިސްނުމާއި، ހަރަދު ކުރާ ގޮތްގަނޑެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ހުރިހާ ފަރާތްތަކަށްވެސް އަންވަރުގެ ނަސޭހަތެއް އެބައޮތެވެ. އޭނާ އެދެނީ މި ދުވަސްވަރު ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެންވެސް ބޯލެނބުމާއި އެކު، މި ބަލިމަޑުކަމުން ދުނިޔެއަށް އަރައިގަނެވެންދެން ދަތުރުކޮށް ނޫޅުމަށެވެ. އޭނާގެ އުންމީދަކީ ވެސް އޭނާ އާއި ދަތުރުކުރަން ބޭނުންވާ އެންމެންނަށްވެސް ކައިރި މުސްތަޤުބަލެއްގައި އެކަމުގެ މަގު ފަހިވެގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Happy

    Libey Laari ginavegen ulheygolaެ hen hEeevanee h

    42
    9
  2. ޢާދަނު

    ތިތައީ ވަގުތީ އުފަލާއި މަޝްހޫރުކަން ހޯދަން ކުރާކަމެއް ނަމަ ތިޔަ އިސްރާފު ކުރެވެނީ ވަރަށް ގިނަ ފައިސާ..ތިފައިސާ ތަކުން ކުރެވޭނެ ތިއަށްވުރެ މާރަނގަޅު ކަންތައްތައް ވެސް ހުންނާނެ..

    142
    18
  3. ފުތާ

    ޖައްޖަކަށް އަދި ނުދަންދޯ

    50
    9
    • މާކުންބެ

      އެކަކުވެސް ޖައްޖަކަށް ނުދޭ. ހައްޖަށް ދަނީ.

      82
      3
    • ފުތާގެ ބޭބެ

      ކޮލޯ ކޮންތާކަށޭ؟ ބޭބެވެސް ނުދަމޭ ތިތާކަށް

      31
      3
  4. Anonymous

    މިއުޅޭ މިނިސްޓަރު ޝާހިދު މާގިނަ ތަންތަނަށް ގޮސްފި ކަންނޭގެ

    97
    11
    • ފުތާ

      ނާށިގަނޑު ހިފާގެން ސަލާންޖަހަން، އެވެސް ރައްޔިތުންގެ ފައިސާއިން ދޯ؟؟

      21
      2
  5. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ކުލި ދައްކަން ނުޖެހޭ މާލޭ މީހުނަށް ތިހެން އުޅެވިދާނެ. ކަލޭމެން ކާން ބޯން ރައްޖެތެރޭމީހުން ގުދާރު ބިންދައިގެން ހޯދާ ލާރިކޮޅު ކޮންމެ މަހެއްގެ 1 ގަ ދޭނެ. ދެން ދުނިޔޭގަ އުދުހެންވީނު.

    118
    32
    • ޜަސހު

      ހަމަ ރާއްޖެ ތެރޭ ކުއްޖެއް އެއީ

      46
      7
    • ވާދޫގްލޯ

      ހަސަދަވެރިކަމަކީ އަލިފާނުން ދަރުއަނދާ ހުލިވާ ފަދައިން އިންސާނާ ކުރާ ހެޔޮކަންތައް ހުލިކޮށްލާ އެއްޗެއްް. ތިޔަ ހުރިހާ ދަތުރެއް ކުރާއިރު ނިކަން ވާދޫގެ ނޫކުލައިން ދިއްލިފަ އޮންނަ ރީތި ބީޗުދެކިލަން ވާދޫއަށް ދަތުރެއް ކޮށްލަބަލާށޭ ޖަހާ ކޮމެންޓެއަް ކުރިނަމަ މިއަދު ތިހިފައިގެން ހުރިރޯދައިންވެސް މަންފާއެއް ކުރީހެއްނޫން.

      34
      6
    • ފާތުމަ

      މާލޭ މީހާ އާދޭސް ކޮށްގެންތަ ތިބުނާ މީހުން އައިސް ކުލިދެނީ. ޢިންސާފުން ވާހަކަ ދައްކާ. ރާއްޖެތެރެ ރަށަކައް އީދެއްގަ ދޭބަލަ ކޮޓަރި ކުލި ދުވާލަކަށް 500 އިން މަތީގަ. ޢަގަތެޅިދާނެ

      26
      10
  6. ޖަސްޓް އާސްކިންގ

    ގުޑް ފޯ ޔޫ. ދެން ފަހަރަކުން ބަލާތި ހަރަމްފުޅަށް ދެވޭތޯ.

    148
    5
    • ޛ

      ހަގީގަތުގަ ވެސް... ފުރަތަމަ ދާން ވީ އެދަތުރު...

      38
  7. ހެހެހެ

    ޙެހެހެ ޑިމްކޮރެސްޓިކޫ..... އެއީ 4 ކަންކަށި ރާއްޖެތެރޭ މީހެއް.... ރ. އިނގުރައިދޫ ސޮރެއް.... ބަޓް އިޓްސް އޯލްރެޑީ ވޭސްޓް.... ދޯ ގައިސް.....

    63
    10
  8. ނޯ ނޭމް

    ކުރޭޒީ ރިޗް މޯލްޑިވިއަންސް

    43
    4
  9. އަހްމަދު

    މިއީ ވަރަށް މޮޔަ ކަމެއް
    ލާރިއާ ޙަޔާތުގެ ދުވަސްތަކެއް ދުއްވާލަނީ ބޭކާރު ގޮތުގައި. މި ކޮވިޑް ކަންތައް ޖެހުނީމަ ފާޅުވެއްޖެ ރާއްޖޭގަ ވެސް ކިހާ ފަގީރުން އުޅޭކަން، ގެދޮރު ނެތި ދަތި ހާލުގަ އެތައް ބަޔަކު. އެހެންވީމާ ލާރި އެއްޗެހި ﷲ އަށްޓަކާ ހޭދަކޮށް އާޚިރަތަށް އަމަލުކުރުމަށް އެދެން.، އަދި އޭރުން ހިތަށާ ރޫޙަށް ލިބޭ އުފަލާއި ލައްޒަތު މާ ތަނަވަސް ވާނެ ތި ގޮތަށް ދަތުރު ކޮށް ލާފަ ނަގާލާ ފޮޓޯ އަކަށް ވުރެ.
    އެމީހަކަށް މާލީ ގޮތުން ކުޅަދާނަކަން ލިބިއްޖިއްޔާ އެހިނދުން އޭނާ މައްޗަށް ވީ އެންމެ އަވަހަކަށް ޙައްޖު އަދާކުރުން ވާޖިބު ވާނެ.
    އުއްމީދު ކުރަން އަންވަރަށް މި މެސެޖް ފެނި ހެޔޮ ގަބޫލު ކުރާނެ ކަމަށް

    39
    3
  10. Anonymous

    ޓަޖުރިބާ ކޮށްފައިވާ މީހެއްގެ ހައިސިޔަތުން
    ބުނެވޭނީ ޗުއްޓީ ހޭދަކޮށްލަން އާ މަންޒިލްތަކަށްގޮސް ނިވް ލުކްސް ނިވް ޓެސްޓް ތައް ތަޖުރިބާކުރުމަކީ ހާސްކަންފިލާ އިތުރު ހަމަޖެހުން އިޙްސާސްވާކަމެއް، އަންވަރު ތިހެން އުޅެމުން ނަމަނަމަ ސީރިޔާއަށް ނުދައްޗޭ، މިހެން މިބުނީ ގިނަ ދިވެހި ސޮރުން ސީރިޔާއަށް މިސްރާބުޖަހާލަނީ ތުރުކީފަދަ ގައުމުތަކުގެ ތެރެއިންނެވެ.

    26
    7
  11. ލައްފަ

    ޓްރޫލީ އިންސްޕަޔަރިންގް !!! އެންޑް ގްރޭޓް ކޮންޓެންޓް!!! އޯލްވޭސް ލަވް ޔޯ ވޯރކް. ދަ ތޯރޓް ބިހައިންޑް އެވްރީ ފޮޓޯ އިޒް ޖަސްޓް އެމޭޒިންގް!!! ކީޕް ޑުއިންގް ވަޓް ޔޫ ޑޫ ދަ ބެސްޓް!!! ކާންޓް ވެއިޓް ފޮ މޯ ކްރިއޭޓިވިޓީ!!! ❤️

    21
    17
  12. ހެންބޮ

    ކީޕް އިޓް އަޕް.

    15
    15
  13. ޕާޱޭ

    ދެން ފަހަރަކުން ބަލާތި ހައްޖަ ނޫނީ އުމުރާއައް ދެވޭތޯ

    46
  14. އިބިލީސް

    ބްރޯ މީހުން ކިޔާއެއްޗަކަށް ބަލާނެ ކަމެއްނެތް. ހެސްކިޔާފަ ސަޅި ކަމެއްތީ ބްރޯ ކުރާހިއްވާ ކަމަކަށް ވަންޔާ. އެހެން މީހުން ލާރި އެއްކޮށްގެން ސަންދޯކުގައި ގެންދެވޭނެ ކަމަށް ހިތާ ބައްކޮށްގެން ތިބޭނެ. ސަދަޤާތުގެ ގޮތުގައި އެއްޗެއްދިއްކޮއްލާނީ އެއްވެސް ނޫން. ލޭރި ހޯދަނީ ބޭނުން ކަންތަށް ތަށް ކުރަން. އެހެންވީމަ އޭނަ ބޭނުންވާ ކަމެއްކުރަން އޭނަ ހަރަދު ކުރާތީ މިތާ ކޮމެންޓް ކުރާ މީހުންނަށް ކޮންކަމެއް

    23
    16
    • ގަސް

      ލާރި ގިނައީމަ ދެވޭނީ... އަހަރެން ވެސް ދާން ބޭނުން އެކަމަކު ނެތް ދާނެ ފައިސާ އެއް.... އެއްވެސް މޮޅު ކަމެއް ނޫން... އަަހަރެން ކިޔަވަން ފައިސާ ހަރަދުކުރަނީ މުޅި ތާކު ތުއި ވެގެން ފޮޓޯ ނަގާކަށް ނޫން

      11
      5
  15. ާަާަަައަސްލު

    ހައްޖައްދެވުނުތަ...ނޫންވެއްޖެއްޔާ..ތިހެންހުރެ މަރާބައްދަލުކޮއްފިއްޔާ ހައްޖުވާޖިބްއެޅި މީހަކަށް ވާނީ..ކަލޯ އަވަހައް އެކަންކުރެވޭތޯބަލާ ނަ މަވެސް އެފޮޓޯތައް ނުދައްކާތި ލިﷲއަށް ޓަކާކުރާކަ މެއް ދެއްކުންތެރިކަ މެއްނޯއްނާނެތީ..ހެޔޮވިސްނުންދެއްވާށި..

    21
    3
  16. އ. ޖ. އ

    ފޮލޯވާސް ކޮޅެއް ބޭނުންވަނީތަ

    14
    3
  17. ރަކިބުރި

    ކޮންމެހެން ހައްޖައް ދިޔައިންހޭ ކޮންމެމީހަކު ނޭހިޔަސް އޯކޭވާނެ ދޯ!! މޭކިން ސަމްވަން ފީލް ގުޑް އެބައުޓް ސަމްތިން ހީ ގޮޓް ވޯންޓް ހާރްޓް ޔޫއޯލް. ސޭ ސަމްތިން ނައިސް، އޯރް އޭން އެޑްވައިސް. ނޯނީޑް ޓުބީ ރޫޑް. ❤️

    7
    2
  18. މޯދި

    ތިޔަދެވުނީ މާގިނަގައުމު ތަކަކަށް ނޫން އެއްމެ ހަގައުމު އަހަރެންގެ އޮފީސް މީހެއްގެ ކުޖެއް އުމުރުން 7 އަހަރު މިހާރު އޭނަވަނީ އޭސިއާ އަދި ޔޫރަޕު ހިމަނާއިގެން 11 ގައުމަކައް ދަތުރުކޮއްފާވޭ.

    4
    5
  19. ާަަަަނަސޫ

    ދިވެހިންނައް އިނގޭހާވެސް ކަމަކި ފާޱު ކިއުން. އެމީހެއްގެ ލާރި ސްޕެންޱް ކުރާނެ ގޮތެއް އިނގޭނި އެމީހަކަށް. ގަޔާ ނުވާ މީހެއް ނަމަ ނުވަތަ ކަމު ނުދާ ވާހަކަ އެއް ނަމަ ހައްޕު ކިޔާ ލައިގެން ހުރިމަ ނިމުނީ ނުން.. ދެން ކޮން ގީބަ އެއް ބުނާކައްތަ..

    7
    3
  20. ދަރަނި ދަންތުރަ

    ތިޔައީ ދެއްކުންތެރިކަން އެހެންނޫންނަމަ އެއްމެ ފުރަތަމަދާނީ ހައްޖަށް ﷲ ގެ ގެކޮޅަށް އޭގެ ފަހުގައި ދެންދޯ....

    5
    5
  21. ހިޕޮކްރެޓް

    އެގޮތަށް އެކަނި ދަތުރު ކުރުމުގެ އެހެން ބޮޑު "މޯޓިވް" އެއް ވާނެކަމަށް ލަފާކުރެވޭ..!

  22. އެހެންތަ

    އަހަރެން ބެންކޮކަށް ދިޔަ ފަހަރެއްގައި ގެންދިޔައިން 4000 ޑޮލަރު އެކަމު ފައިސާ ހަރަދު ވާގޮތްވެސް ނޭގޭ، ތިހާ އަގުހެޔޮކޮށް ދަތުރު ކުރެވޭނީ ވަރަށް ރަނގަޅަށް ދަތުރު ޕްލޭން ކުރީމަ ދޯ

  23. ހެވެނީ

    އެންމެންވެސް ބޭނުންވޭ ޓްރެވެލްކުރަން، އެކަމް ކޮންމެ މީހަކު ބޭނުން ނުވެދާނެ މިހެން ސަމާލުކަން ހޯދަން، ދޮންކަލޯ އަށް ވުރެއް މާ ގިނަ ތަންތަނަށް މީހުންދޭ،، އެކަމް ތިހެން އުޅޭތީ ހީވަނީ މީޑިޔާގައި މަސްހޫރުވާން އުޅޭހެން