އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ، މިހާރު ކައިވެނި ކޮށްގެން އުޅޭ ލަވަކިޔުންތެރިޔާ ނިކް ޖޮނަސް އާ ކައިވެނި ކުރުމުގެ ކުރިން، އެހެން މީހަކާއި ކައިވެނި ކުރި ކަމުގެ ވާހަކައެއް މީސް މީޑިއާގެ ސަމާލުކަމަށް މި ވަނީ އައިސްފައެވެ.

ޓްވިޓާ މެދުވެރިކޮށް މީހަކު ބުނެފައިވާގޮތުގައި، އޭނާ ޕްރިޔަންކާ ޗޯޕްރާ އާ ކައިވެނި ކުރީ 2014 ވަނަ އަހަރުއެވެ.

އެއީ ޕްރިޔަންކާ ބޮލީވުޑްގައި އެންމެ ވިދަމުންދިޔަ އެއް ދުވަސްވަރެވެ،

ޖޯން ލެޖެންޑްގެ އަނބިމީހާ ކަރިސީ ޓެއެއިގެން ޓްވިޓާގައި މީހުންނަށް ވަގުތީ މަޝްހޫރު ކަމާއި މެދުު ކުރެވުނު ތަޖުރިބާ ބުނެދިނުމަށް އެދުމުން ބެންޑަން ޝުސްޓާ ނަމަކަށް ކިޔާ މީހަކު ބުނެފައި ވަނީ، އޭނާ ޕްރިޔަންކާ އާއި ކައިވެނި ކުރީ 2014 އަހަރުގައި ކަމަށެވެ.

"ޓެމްޕާގައި ބޭއްވި ގްރީން ކާޕެޓް އިވެންޓެއްގައި މަލުގެ ހާރެއްވެސް ޕްރިޔަންކާގެ ކަރުގައި އެޅުވިން. އަހަރެންނަށް ކުޑަކޮށް އިނގޭ އެއީ އިންޑިއާ ސަގާފަތުގައި ކައިވެނި ކުރެވުނުކަން ރަމްޒުކޮށްދޭ އެއްޗެއްކަން" އޭނާ ބުނެފައި ވެއެވެ.

އަދި އޭނާ ބުނީ، އޭނާ އިންޑިއާ މީޑިއާތަކަށް އިންޓަވިއު ދީފައިވާ ކަމަށެވެ.

ޝުސްޓާގެ އެ ޓްވީޓާއެކު ޕްރިޔަންކާގެ ސަޕޯޓަރުންނަށް ލިބިގެން ދިޔައީ ބޮޑު ހައިރާން ކަމެކެވެ.

ޝުސްޓާ ހީކުރި އޭނާގެ އެ ޓްވީޓާއެކު މާާބޮޑު ސަމާލުަކަމެއް ނުލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ޓްވީޓް މީސް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެއްޖެއެވެ. އަދި އިންޑިއާގެ މީޑިއާތަކުން އެ ވާހަކަތައް ވަނީ ގެނެސްދީފައެވެ.

އޭނާގެ އެ ޓްވީޓާއެކު މީހަކު ވަނީ، އެގޮތަށް ހަމައެކަނި ކަންތައް ކުރުމުން ކައިވެނި ކުރެވުނީ ނޫންކަން ހާމަކޮށްފައެވެ. އަދި ކައިވެނި ކުރާނަމަ އިތުރު ކަންކަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ މީހާ ވަަނީ ހިއްސާކޮށްފައެވެ.

"މީގެ މާނައެއް ނޫން ކަލޭ އޭނާއާ އާ ކައިވެނި ކުރިއެކޭ". އިންޑިއާ މީހަކު ޝުސްޓާ ގެ ޓްވީޓަށް ރިޕްލައި ކުރަމުން ބުނެފައި ވެއެވެ.

ޝުސްޓާ ވަނީ ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުންގެ ގުޅުން ރަނގަޅު ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ. އަދި ފަހުން އޭނާ ވަނީ އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށް ހަދާފައެވެ.

ޔަގީނުންވެސް ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުން އުޅެމުން ދަނީ އުފަލުގައެވެ. ޝުސްޓާ މި ދެއްކި ވާހަކަތަކުން ނިކްއަށް ބޮޑު ޝޮކެއް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައިލީޖެނާ

    ތި އިންޑިޔާގަ ނޭގޭނެ ތެދެއް މީހަކާ އިނދެވުނަސް. ފުށް ފުރޭންޏެއް އެ އޮންނަ ތަނުން ނަގައިގެން އެނބުރިލާ ތަނުން މީހެއްގެ މޫނާ ދިމާވިޔަސް ކައިވެނި ވެދާނެ. ?

    45