މިހާރު މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑް-19ގެ ބިރުވެރިމާއެކު ގައުމުތައް އިތުރު މުއްދަތަކަށް ފުރަބަންދުކޮށްފިނަމަ އާއިލާ ރޭވުމެއް ނެތި ހަތް މިލިއަން މީހުން ބަލިވެ އިނދެފާނެ ކަމަށް ޔުނައިޓެޑް ނޭޝަންސްގެ ރިޕްރޮޑަކްޓިވް ހެލްތް އެޖެންސީން (ޔޫއެންއެފްޕީއޭ) ބުނެފިއެވެ.

ޔޫއެންއެފްޕީއޭ އިން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ، ދުނިޔޭގެ ގިނަ ގައުމުތައް މިހާރު އޮތީ ފުރަބަންދުގައި ކަމަށާއި، އެހެންކަމުން ފުރަބަންދުގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ ރޭވުމެއް ނެތި 7 މިލިއަނެއްހާ މީހުން ބަލިވެއިނދެފާނެ ކަމަށެވެ.

ފުރަބަންދުގެ މުއްދަތުގައި ލިބޭ އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ހެދި ދިރާސާގައި ބުނެފައިވާގޮތުން ފުރަބަންދުގެ މުއްދަތު ތިން މަހަށް އިތުރު ކުރާ ކޮންމެ ފަރަހަކު ވަކިޖިންސަކަށް ވީތީ ކުރާ އަނިޔާގެ މިންވަރު 15 މިލިއަނަށް އިތުރުވެގެން ދާނެއެވެ.

އެ ޕްރޮގްރަމަކީ މިފަދަ މައްސަލަތައް ހުއްޓުވުމަށް ހެދި ދިރާސާއެކެވެ.

އެ ދިރާަސާގައި ބުނެފައިވާގޮތުން، ފުރަބަންދުގެ ސަބަބުން މެދު އަދި ދަށް ފަންތީގެ ގައުމުތަކުގައި 47 މިލިއަނަށްވުރެ ގިނަ އަންހެނުން ޖިންސީ އަނިޔާ ލިބި އޭގެ ސަބަބުން ބޭނުން ނުވެ މާބަނޑުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އަދި ޔޫއެންގެ އެ ދިރާސާގައި ބުނެފައިވާގޮތުން، ކޮވިޑް-19ގެ ޕެންޑެމިކްއާއި ހެދި ހަތް މިލިއަން އަންހެނުން ބޭނުން ނުވެގެން މަބަނޑުވެ، 47 މިލިއަން އަންހެނުންނަށް ދޭތެރެ ދުރުކުރާ ޒަމާނީ ވަސީލަތްތައް ނުލިބިދާނެއެވެ.

މިއާއެކު ގިނަ ބަޔަކު އާއިލާ ރާވަން ފުރުސަތު ނުލިބި، އެކަމުގެ ބިރު އޮތް ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ފިރިމީހަ ދުރުގަ ހުއްޓަށް ވާނެބާ މަ މިއުޅެނީ ވަރަށް ދުރުގައި ހާދަ އުފާވެރި ހަބަރެކޭ

    44
    2
  2. ބުރޯ

    އެކިޔަނީ ހަ މައެކަނި ފިރި މީހާގެ ވާހަކައެއްނޫން އެގޮތް މިގޮތަށް ........

    38
    1
  3. މޯޑް ޝާނީ

    ފުރަބަންދޭ ކިޔާފަ ކޮންމެހެން ނުޖެހޭ ބަލިވެ އިންނާކަށް. އެމީހުންނަށް އެކަން ކުރަން ނޭގެންޏާ ނުކުރީމަ ނިމުނީއެއްނޫން.

    27
    1
  4. Anonymous

    ކޮވިޑް 19ގެ ސަބަބުން ދުނިޔެއިން އެތައް މިލިޔަން މީހުން މަރުވެފައި ވުމާއިގުޅިގެން ދުނިޔޭގެ އާާބާދީއަށް ވަރަށްބޮޑު އުނިކަމެއް ލިބިފައިވާ މިދަނޑިވަޅުގައި ތިހާވަރަށް އާއިލާތަށް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ސަބަބެއްކަމަށް ނުބެލެވޭ، ﷲގެ ކުޅަދުންވަންތަކަމަށްވުރެ ފުރިހަމަ ޕްލޭނެއް ނުވާނެ، އައިރު މުސްލިމުންނަށް ގަބޫލުނުވިޔަސް

    49
    1
  5. ބިރު

    މަބިރުގަނޭ ކޮވިޑްކޮއްކޯ މަ ގޯތި ކޮއި ކާލަފާނެތީ އެހެންވީމަ މަވާ ހޯހޯ މިހިރީ ބަސްއަހައިގެން މަވާބޮޑުބިރު ހުންނަނީ