ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ބައެެއް މީހުން އަންނަނީ އިންސާނިއްޔަތުކަމަށް ބެލުމެއް ނެތި، މީހުންނަށް ވަރަށް ގޯސްކޮށް ކަންތައް ކުރަމުންނެވެ. ނަމަވެސް، އޭގެ ބަދަލުގައި ބައެެއް މީހުން އާދަޔާ ޙިލާފަށް ރަނގަޅަށްވެސް ކަންތައް ކުރަމުން އެބަ ގެންދެއެވެ.

ދާދި ފަހުން އެމެރިކާގެ ޓެކްސަސްގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވަނީ އޭޕްރިލް މަހުގެ 30 އާއި ހަމައަށް އެންމެން ގެތަކުގައި ތިބުމަށް އަންގާފައެވެ. ނަަމަވެސް މިހާރު އެކަން ވަނީ އުވާލާފައެވެ. އަދި ރެސްޓޯރެންޓުތަކާއި އެފަދަ ޙިދުމަތް ދޭ އެނޫންވެސް ތަންތަން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ޑޭވިޑް ފެނާންޑޭޒް އަކީ މި އަހަރު ފެށުނު ތަނައިހެން ޓެކްސަސްގައި ރެސްޓޯރެންޓެއް ހުޅުވި މީހެކެވެ. އެތަނަށް 5 މަސް ނުވަނީސް ވައިރަހުގެ ސަބަބުން ތަން ބަންދު ކުރުމަށް ފަހުގައި މިހާރު އެތަން ހިންގަމުން އަންނަނީ ގެއްލުމުގައެވެ.

ނަމަވެސް، އެތަނަށް އާއިލާ ގޮވައިގެން ކާން ދިޔަ މީހަކު ވަނީ އެ ރެސްޓޯރެންޓަށް ބޮޑު އެހީ އެއް ވެދީފައެވެ. އެމީހާގެ ބިލައް އެރީ 300 ޑޮލަރު ނަމަވެސް، އޭނާ ވަނީ ބިލުގެ އަސްލު އަދަދު ދެގުނައަށް އިތުރު ކުރުމަށް ފަހުގައި ބިލް ދިނުމަށް އެދިފައެވެ.

އެގޮތަށް ބިލް ހަދާފައި ދިނުމުން އެމީހާ ނިންމާލީ އެއް ނޫނެވެ. އޭނާ އަށް ހިދުމަތް ކުރި ވެއިޓަރަށް 300 ޑޮލަރުގެ ޓިޕެއް ދިނުމަށް ފަހު އެ ރެސްޓޯރެންޓަށް 1000 ޑޮލަރުވެސް ވަނީ ދީފައެވެ.

ޖުމްލަ 2،029 އެމެރިކާ ޑޮލަރު އެ ރެސްޓޯރެންޓަށް އެމީހަ ޙަރަދު ކުރި އިރުގައި ބުނެފައި ވަނީ އެތަނުގެ ކާނާ ވަރަށް ކަމުދާ ކަމަށާއި އަދި ވައިރަހުގެ ސަބަބުން އެ ރެސްޓޯރެންޓު އަނެއްކާ ބަންދުކުރަން ބޭނުން ނުވާ ކަމަށެވެ.

މިފަދަ ހިތްހެޔޮ މީހުންގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އަންނަނީ އޭގެ އެދެވޭ އަސަރުތައް ކުރަމުންނެވެ.