ދަތް އުނގުޅާ ބޭހަކީ ހަމައެކަނި ދަތް އުނގުޅުމަށް ޚާއްސަ އެއްޗަކަށް ވީނަމަވެސް ދަތް އުނގުޅާ ބޭހުން އިތުރު އެތައް ބޭނުންތަކެއް ކުރެވެއެވެ. ދަތް އުނގުޅާ ބޭހުން ކުރެވޭ ބައެއް ބޭނުންތައް ތިރީގައި އެވަނީެވެ.

މޫނުގައި ނަގާ އޮށަޅައިން ސަލާމްތަވުމަށް

މޫނުގައި ނަގާ އޮށަޅަ (ޕިންޕަލްސް) އިން ސަލާމަތް ވުމަށް ދަތް އުނގުޅާ ބޭސް ބޭނުން ކުރެވިދާނެއެވެ. ނިދުމުގެ ކުރިން އޮށަޅަ މަތީގައި ދަތް އުނގުޅާ ބޭސްކޮޅެއް ހާކާލާށެވެ. އަދި ނުދޮވެ ނިދާށެވެ.

އިސްތިރި ސާފުކުރުމަށް

ދޮންގަދަވެ އިސްތިރީގައި ހެދުން ތަތްލައިފިނަމަ އިސްތިރި މުޅިން ހަޑިވެއެވެ. މިފަދަ ހާލަތުގައި ދަތް އުނގުޅާ ބޭހުގެ ބޭނުން ކުރެވިދާނެެއެވެ. އިސްތިރީގެ ދަތްފުށުގައި ބުރުހަކުން މަޑުމަޑުން ދަތް އުނގުޅާ ބޭސް ކާތާށެވެ.

ފޯނުގެ ސުކްރީން ސާފު ކުރުމަށް

ދަތް އުގުޅާ ބޭސް ބޭނުންކޮށްގެން ފޯނުގެ ސުކްރީންވެސް ސާފު ކުރެވޭނެއެވެ. ދަތް އުނގުޅާ ބޭސް ފޯނުގެ ސުކްރީނުގައި ހާކާލާފައި މަޑުމަޑުން ޓިޝޫއަކުން ފޮހެލާށެވެ.

ޓީޝާޓުގައި ޖެހޭ ލަށް

ޓީޝާޓުގައި ޖެހޭ ބައެއް ލަށްތަކަކީ ދަތް އުނގުޅާ ބޭސް ބޭނުން ކުރުމުގެ ސަބަބުން ފިލާ ލަށްތަކެކެވެ. ދެވަނަ ފަހަރަށް ލަށްޖެހިގެން ޓީޝާޓް އެއްލާލުމުގެ ކުރިން ދަތް އުނގުޅާ ބޭސް ބޭނުން ކުރާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާޒިފާ

    މަ މޫނުވެސް ދޮންނަންއެއިން.. ތިއޮތީ ބޯކޮށް އެގިފަ..

    4
    1
  2. ޒަޔާން

    ޢަދި ރަނުގެ ގަހަނާވެސް ސާފުކުރެވޭނެ މީގެ 20 އަހަރުކުރިންވެސް މަމެން ރަނުގެ ގަހަނާ ސާފުކުރަނީ ދަތް އުނގުޅާބޭހުން ބޭސް ކޮޅެއް އުނގުޅާލާފަ އިރު ކޮޅަކު ބަހައްޓާފަ ދެން އުއި ފޮތިކޮޅަކުން ދެތިންމިނިޓް އުނގުޅާ ސާފު ކޮއްލީމަ ވަރަށް އޮފް އަރާނެ

    • ހުސޭނުބޭ

      އަދި އަތްގަނޑު ތަޅުދަނޑި ފަދަ ތަކެތީގައި ޖަހާފައި ހުންނަ މިލަވެސް ވަރަށް ފަސޭހައިން ސާފުކޮށްލެވޭނެ!

  3. ނޭނގެ

    ނަމްބަރު އައިނުގެ ލޯފަތިވެސް ސާފު ވާނެ