މޯލްޑިވިއަން އައިޑޮލް އިން ވިދާލި ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލުމުން ބައެއް މީހުން ދައްކަމުން ގެންދާ ވާހަކައަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ރައްދު ދެއްވައިފިއެވެ.

މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޝާން ލަވަކިޔުން ހުއްޓާލުން އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެކަމަށް އިހްތިރާމް ނުކުރެވެނީ ކީއްވެތޯ މިނިސްޓަރ ސުވާލު ކުރައްވާފައި ވެއެވެ. ކޮންމެ ކަމެއް ކުރިޔަސް ކޮންމެވެސް ބަޔަކު ކޮންމެވެސް އެއްޗެއް ކިޔާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ދެން ދެއްކެވީ ހިމާރެއްގެ މައްޗަށް ސަވާރު ވެގެން ދިޔަ ދެމަފިރިންގެ ވާހަކައެވެ.

އެވާހަކައިގައި ބުނާ ގޮތުން ދެމަފިރިން ހިމާރެއްގެ މައްޗަށް ސަވާރުވެގެން ދަނިކޮށް އެމަންޒަރު ފެނުނު ބަޔަކު ބުންޏެވެ. މިއީ ހާދަ ގޮތެއް ނެތް ބައެކެވެ. އެދަނީ މުސްކުޅުވެފައި އޮތް ހިމާރެއްގެ މައްޗަށް ސަވާރު ވެގެންނެވެ.

ދެން އަނބިމީހާ ހިމާރު މައްޗަށް ސަވާރުވެ، ފިރިމީހާ ހިމާރާއި އެއްވަރަށް ހިންގާފައި ދާން ފެށިއެވެ. އެމަންޒަރު ފެނުނު މީހުން ބުންޏެވެ. އެއީ ކޮންކަހަލަ ފިރިއެއް ހެއްޔެވެ؟ އޭނާ އެދަނީ އަނބިމީހާ ހިމާރެއްގެ މައްޗަށް އަރުވާފައި ހިނގާފައެވެ. އެހައި ހިސާބުން ފިރިމީހާ ހިމާރުގެ މައްޗަށް ސަވާރުވެ، އަނބިމީހާ ހިނގާފައި ކުރިއަށް ދާން ފެށިއެވެ. މަންޒަރު ފެނުނު މީހުން ބުންޏެވެ. މިއީ ކޮންކަހަލަ އަންބެއް ހެއްޔެވެ؟ އޭނާ އެދަނީ ފިރިމީހާ ހިމާރެއްގެ މައްޗަށް އަރުވާފައި ހިނގާފައެވެ.

ދެމަފިރިން އެހިސާބުން ގަސްދު ކުރީ ހިމާރުން ފައިބައިގެން ހިނގާފައި ކުރިއަށް ދާށެވެ. އެމަންޒަރު ފެނުމުން މީހުން ބުންޏެވެ. މިއީ ހިމާރެއް ވެސް އެންމެ ރަނގަޅަށް ބޭނުން ކުރަން ނޭނގޭ ދެމަފިރިއެކެވެ.

އިޝާން ލަވަކިޔުން ހުއްޓާލުމުން ބައެއް މީހުން އޭނާ އާއި ދެކޮޅަށް ވާހަކަދެއްކި ނަމަވެސް ގިނަ މީހުން ވަނީ އޭނާގެ ނިންމުމަށް ތާއިދުކޮށް، އޭނާގެ ނިންމުމުގައި ހިފެހެއްޓުމަށް ހިތްވަރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދެއަނގަބެ

    މަހުލޫފޫ ކޮބާ ކަދުރު ކަދުރު އާދެ ކަދުރޭ ފަގީރުން ނައް ފޯނެއްދީފަ ގުޅާބަލަ ކަދުރުބަލާ ގޭދޮރުމައްޗައް ނިކުންނަން

    16
    14
    • ހައިކަލް

      މިތާކު ކަދުރުގެ ވާހަކަ އެއް ނެތް

  2. ޢަހޫ

    މަންމަ ކުރިއަސް ބައްޕަކުރިއަސް ރަގަޅުކަމެއްވާނީ ރަގަޅުކަމަކަސް އަދި ގޯސްކަމެއްވާނީ ގޯސްކަމަކަށް. މީހަކު ލަވަކިއުން ހުއްޓާލިއަކަސް އެއްޗެހި ކިޔާކަށްނުޖެހޭ. ޢަހަރެމެން ތެރެއިން ބައެއްމީހުންނަށް ކިހިނެއްވެފަތޯ މި ތިބެނީ.

    84
    • ލައި

      އިޝާން ލަވަ ކިޔުން ހުއްޓާލުން އެއީ ކުރެއްވި ވަރަށް ރަގަޅު ކަމެއް... އޯލް ތަ ބެސްޓް އިރާދުކުރެއްވިއްޔާ... މަހުލޫފް އަށް ޝުކުރިއްޔާ ދެއްކެވި މިސާލަށް...

  3. ބޯގޯސް

    ލޮލް ކަދުރު ވަގު ކަދުރު މަހުލޫފު

    10
    6
  4. ޢަބްދުް ޢަޒީޒް ބިން ޢަބްދުﷲ ބިން ބައްޔާ

    އެއްވެސް މީހަަކަށް އަނެކާގެ ހިތެއް ނޭނގޭނެ. އެހެން ވީމާ ނުދަންނަ ކަންކަމާއި ފާޑުކިޔާ ގޮތް ކިޔާ މީހުން ދަންނަންވީ ކުރާ ހުރިހާ ކަން ކަމަކީ އެކަންތަކާއި މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަންތައް ކަން.
    މިޔުޒިކު ކުޅެ އަޑުއެހުމަކ ބޮޑުވެގެންވާ ހަރާމް ކަމެއް. އެއީ ޝައިތާނާގެ ޤުރުޢާން. އެ ޤުރުއާން އަޑުއަހާ ކުޅެން ފެށުމުން ހަޤީޤީ ޤުރުޢާން ހިތުން ބޭރުވޭ.
    އިޝާން ލަވަކިޔުން ހުއްޓާލުމުގެ ހުރިހާވެސް ފައިދާ އެއް އޮތީ އޭނަޔައް. އޭނަޔާ ފާޑުކިޔާ މީހުން ފާޑުކިޔާނެ. އެއީ ހައިރާންވާް ޖެހޭ ކަމެއް ނޫން. އެފަދަ މީހުންގެ ވާހަކަ ﷲ އަންގަވައިދެއްވާފައި އެބައޮތް.

    25
  5. އާއްޓޭ

    އިޝާން ލަވަކިއުން ހުއްޓާލީމަ އެކަން ހަޖަމުނުވެގެން އެއުޅެނީ މައުރޫފް ޚަލީލު ގުންޑާއަށް.

    9
    5
  6. ނަގޫގޮށްޖެހި

    ތިހެން މީހުން ގެނެސް މަގުމައްޗަށް ދޫކޮށްލާފައި ތިބި މީހުންގެ ތެރެއިން ވަޒީފާއަށް ކަމުދާ މީހުން ގެނައިމާ ލީގަލައިޒް ކޮށްދޭނަމޭ ބުނެގެން ކިތަންމެ ދުވަހަކު ޕޮލިހަށް ދެވިއްޖެ. ތިޔަ ތަނަކަށްވެސް ދެވިއްޖެ. ވީކަމެއް ހަރާން.