އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހަކު އުޅެމުންދާ އުނދަގޫ ހާލަތުގެ ފޮޓޯއިންވެސް ފެނިގެން ދާނެއެވެ. އޭނާގެ މޫނުގައި ނަގާފައި އެ ހުރީ ބޮޑު ޓިއުމަރެކެވެ. އެ ޓިއުމަރު ބޮޑުވެގެން ގޮސް އޭނާގެ ބަނޑާއި ހަމައަށް މިހާރު އަރައެވެ. އުއްމީދު ކުރަނީ އޮޕަރޭޝަނެއް ކޮށް އެކަމުން ސަލާމަތް ވެވޭވެނެ ކަމަށެވެ.

އުމުރުން 34 އަހަރުގެ އަންޑްރިއަޑީ ޕުޓްރާ ގެ މޫނުގައި ހުރީ އެ ބޮޑު ޓިއުމަރުގެ ސަބަބުން އޭނާއަށް ކެއުމަށާއި، ވާހަކަދައްކަން ވަރަށް ބޮޑަށް ދަތިވެއެވެ. އެ ޓިއުމަރުގެ ބަރުދަނުގައި އެކަނި 39 ކިލޯ ހުރއެވެ.

ޕުޓްރާގެ މޫނުގައި ޖަހާފައިވާ އެ ޓިއުމަރު ފޮރުވަނީ ޓީޝާޓު ދަށަށް ލައިގެންނެވެ.

އޭނާއަށް ދިމާވެފައިވާ އެ މައްސަލައަކީ ނިއުރޯފިބްރޯމެޓޯސިސް ނަަމަކަށް ކިޔާ ޖެނިޓިކް ޑިސޯޑާއެކެެވެ. އެއީ ޓީޝޫ އާއި ސެލް އުފެދުމުގައި ދިމާވާ މައްސަލައެކެވެ.

ޕުޓްރާގެ މޫނުގައި އިން އެ ޓިއުމަރުގެ ސަބަބުން އޭނާއަށް ނޭވާ ލުމަށާއި، ހިނގަންވެސް އުނދަގޫވެގެން އުޅެނީ އެ ޓިއުމަރުގެ ބަރުދަން ބަރުވުމުންނެވެ.

"ބައެއް ފަހަރު އެ ބަރުވެގެން ބުރަކަށީވެސް ބިންދައިގެންް ދާ ވަރުވޭ، އެ ވަރު ވަަރު، އެކަމާއި ހެދި އަހަރެންނަށްނޭވާލާވެސް އުނދަގޫވޭ"،

ޕުޓްރާ އުފަންވިއިރުވެސް މޫނުގައި އޭތި ހުއްޓެވެ. ނަމަވެސް އެއީ އުފަން ލަފެއް ކަމަށް އެއިރު އޮތީ ހީވެފައެވެ. ނަމަވެސް އޭނާ ބޮޑުވަމުން ދިޔަ ވަރަކަށް އޭތިވެސް ދިޔައީ ބޮޑުވަމުންނެވެ.

އެކަމާއި އޭނާގެ މައިންބަފައިން ޑޮކްޓަރަށްވެސް ދެއްކިއެވެ. ޑޮކްޓަރުން އެއިރު ބުނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއިރު އާއިލާގެ އަތުގައި އެވަރަށް ފައިސާ ނެތިގެން އިތުރަށް އެކަން ނުބެލި، ޕުޓްރާގެ ހާލަތު ގޯސްވަމުން ދިޔައީއެވެ.

"އަހަރެން އުފަންވިއިރުވެސް މޫނުގައި ހުރީ އެއްޗެއް، އަހަރެންގެ އާއިލާއިން ހީކުރީ އެއީ އުފަން ލަފެއް ކަމަށް، އެކަމަކު އަހަރެންގެ އުމުރުން 11 އަހަރު ވެފައި ވަނިކޮށް މައިންބަފައިންނަށް އެނގުނީ އޭތި ބޮޑުވަމުންދާކަން". ޕުޓްރާ ބުނެފައި ވެއެވެ.

އޭނާ ކުރިން ވާޒީފާއަށްވެސް ދިޔައެވެ. އެހެން ނަމަވެސް އެ ޓިއުމަރުގެ ބަރު ކަމުން އޭނާއަށް އެތަނުގައިވެސް ކެތްނުވާ ވަރުވުމުން ވަޒީފާއިން ވަކިވީއެވެ. އަދި މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި އޭނާ އުޅެމުން ދަނީ ގޭގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްހަމްދު ލިﷲ

    މާތްﷲ ޝިފާ ދެއްވަވާށި އާމީން

    148
  2. ދުއާ

    އަވަސް ޝިފާއެއް މިންވަރު ކުރައްވާނެ މަގު މީނާއައް ތަނަވަސް ކުރައްވާނދޭވެ

    42
    1