އެމެރިކާ އަށް ނިސްބަތްވާ އަންހެނަކު ދާދި ފަހުން ސްނެޕްޗެޓުގައި ކުއްތާ އެއްގެ ގައިގައި ޖަހާ ވީޑިއޯ އެއް އާއްމު ކުރުމާއި އެކު ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

އެ ގައުމުގެ އައިޑަހޯ އަށް ނިސްބަތްވާ އެ އަންހެން މީހާ ވަނީ އޭނާގެ ދެ އަތަށް ބޮކްސިން ކުޅޭ މީހުން ބޭނުން ކުރާ ކަހަލަ އަންގި އަރުވައިގެން އެ ކުއްތާ ގައިގައި އެތައް ފަހަރަކު ޖަހާފައެވެ. އަދި މި މަންޒަރު ވީޑިއޯ ކުރަން ހުރި ފިރިހެން މީހަކު އެކަމަށް ހިތްވަރު ދެމުންދާ އަޑު އެ ވީޑިއޯ އަށް ވަނީ އަރާފައެވެ.

އެ ވީޑިއޯ ނިމޭ ތަންކޮޅުގައި އެ އަންހެން މީހާ ބުނެފައި ވަނީ އެ ކުއްތާ ގައިގައި ޖެހިލެއް ބާރުކަމުން އޭނާގެ ހަށިގަނޑުންވެސް އެކަން އިހުސާސްވި ކަމަށެވެ. މި ވީޑިއޯ އެ އަންހެން މީހާ ހިއްސާ ކުރީ ސްނެޕްޗެޓުގައި ނަމަވެސް، ކުޑަ އިރުކޮޅެއް ތެރޭގައި މި ވީޑިއޯ ވަނީ އެހެނިހެން މީސް މީޑިއާ ސައިޓުތަކުގައި ވައިރަލް ވެފައެވެ.

ފަހުން އެ ވީޑިއޯ އޭނާ ވަނީ ޑިލީޓް ކޮށްލާފައެވެ. އެއީ އެތައް ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުންނެވެ. އައިޑަހޯގެ މިފަދަ ކަންކަން ބަލާ ފުލުހުން މިކަމުގައި ޝާމިލްވާ އަންހެން މީހާ އާއި ސުވާލުކުރަމުން އަންނައިރު، ޖަނަވާރަކަށް އަނިޔާ ކުރުމުގެ ކުށް އޭނާގެ މައްޗައް ސާބިތުވެއްޖެނަމަ 6 މަސް ދުވަހުގެ ޖަލު ޙުކުމެއް ނުވަތަ 5،000 ޑޮލަރުގެ ޖޫރިމަނާ އެއް އަންހެން މީހާގެ މައްޗައް އިއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންސާނެއްގެގައިގައި ޖެހިނަމަ ތިމީހާ ވާނީ ނަފުސާނީ ބަލިމީހަކަށް ޖަނާވާރެއްގެ ގައިގައި ޖެހީމަ ބޮޑު މައްސަލަޔަކަށް ތިކަންވީ ތިމީހަޔަށް ވަރުގަދަ އަދަބެއްދޭނެ އަންހެނުންގެ ހައްގުތަކެއް ނުފެއްނާނެ އޭނަކުރި ކަންތަށް ލަނގަޅެކޭ ނޫން މިބުނަނީ...

    8
    4