ޝާހީ އާއިލާ އިން ވަކިވެ މިހާރު ވަކިދިރިއުޅުމެއް އުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އޭނާ އާއި އަނބިކަނބަލުން މޭގަންގެ ހަމައެކަނި ދަރިކަލުން އާޗީގެ ވީޑިއޯއެއް އާއްމު ކުރައްވައިފިއެވެ.

މީޑިއާތަކުގެ ނުފޫޒުން ސަލާމަތްވެ، އެކަހެރި ދިރިއުޅުމެއް އުޅުއްވުމަށް މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ދެކަނބަލުން، އެބޭފުޅުންގެ ދަރިކަލުންގެ ވީޑިއޯއެއް އާއްމު ކުރައްވާފައި މިވަނީ ދަރިކަލުންގެ އުމުރުން އެއްއަހަރު ފުރުން ވެސް ފާހަގަ ކުރުމާއި ދިމާކޮށެވެ.

މި ވީޑިއޯ އިން ފެންނަނީ މޭގަން ދަރިކަލުން އާޗީއަށް ފޮތެއް ވިދާޅުވެއްދެއްވަން އުޅުއްވާ މަންޒަރެވެ. ވީޑިއޯ ކުރެއްވީ ޕްރިންސް ހެރީއެވެ.

މިއި ކޮވިޑް-19 އާއި ގުޅިގެން ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ ކުދިންނަށް އެހީވުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުގައި ހިންގާ ހަރަކާތެއްގައި ބައިވެރިވުމުގެ ގޮތުން އާއްމު ކުރެއްވި ވީޑިއޯއެކެވެ.

https://www.instagram.com/tv/B_2B8mxnyGj/

އާޗީގެ އުފަން ދުވަހަކީ މެއި 06 އެވެ. ރާނީ އެލިޒަބަތު ވަނީ އެކަމަނާގެ އަށްވަނަ މުނިމާމަ ދަރިކަލުންނަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އޭގެ އިތުރުން އާޗީގެ ކާފަ ޕްރިންސް ޗާލްސް އާއި ބޮޑުބޭބެ ޕްރިންސް ވިލިއަމް ވެސް ވަނީ އާޗީ އަށް އުފަންދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ.