ފޭސްބުކްއަށް މި އަހަރުތެރޭގައި ކުރިމަތިވި މައްސަލަތަކުން އަރައިގަތުމަށްޓަކައި އެ ކުންފުނީގެ އިސް ވެރިޔާ މާކް ޒަކަބާގް އާ ސިޔާސަތެއް ކަނޑައަޅައި އެކަން އިއުލާންކޮށްފިއެވެ. އެގޮތުން ޒަކަބާގް ވަނީ ފޭސްބުކް މެދުވެރިކޮށް އޮންލައިންކޮށް ޑޭޓްކުރެވޭފަދަ ފީޗާރތަކެއް އިތުރުކުރުމަށް ނިންމައިފައެވެ. ފޭސްބުކް އެޕްލިކޭޝަން މެދުވެރިކޮށް އެކަން ކުރެވޭއިރު އެއީ ބޭނުންކުރާ ފަރާތްތަކުގެ އިހްތިޔާރީ ކަމެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ފޭސްބުކް މެދުވެރިކޮށް އާދައިގެ ގުޅުންތަކެއް ބޭއްވުމުގެ ފުރުސަތުވެސް އެ ފީޗާރއިން ލިއްބައިދޭނޭއިރު އާދައިގެ މަތިން ވާހަކަދައްކާ އެކުވެރިންނަށް އެމީހަކު ޑޭޓިންގްއަށް ބޭނުންކުރާ ޕްރޮފައިލްއެއް ނުފެންނާނެއެވެ. އަދި ޑޭޓިންގްއަށް އެންމެ ނަމެއް ބޭނުންކޮށްގެން ވަކިން ޕްރޮފައިލްއެއް ހެދުމުގެ ފުރުސަތުވެސް ފޭސްބުކްއިން ފޯރުކޮށްދޭނެއެވެ. އަދި ބޭނުންކުރާ ފަރާތްތަކަށް ގުޅޭ މީހުން ހޯދުމުގައި 'އަންލޮކް' ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ޑޭޓިންގް މެސެޖުތަކަށް ވަކިން ހާއްސަ އިންބޮކްސްއެއް ހުންނާނޭއިރު އެ އިންބޮކްސްގައި އެއްވެސް ކަހަލަ ފޮޓޯއެއް ފޮނުވުމުގެ ހުއްދައެއް ނުދޭނެއެވެ.

އޭގެ އިތުރުންވެސް އިންސްޓަގްރާމްއަށްވެސް އަޕްޑޭޓްތަކެއް ފޭސްބުކްއިން ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު އިންސްޓަގްރާމް މެދުވެރިކޮށް ވިޑިއޯ ޗެޓްކުރުމުގެ ފުރުސަތު ލިބޭއިރު ވިޑިއޯ މިނިމައިޒްކުރުމަށްފަހު ޗެޓުކުރުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މާކް ޒަކަބާގް ވަނީ ކުރިމަގަށްޓަކައި ފޮނި އުންމީދުތަކެއް ކުރާކަމަށާއި އަދި އެ ކުންފުނި އިތުރަށް ޒިންމާދާރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނޭކަމަށް ބުނެފައެވެ.

ފޭސްބުކްއިން ބުނާގޮތުގައި 'ސިންގަލް' ކަމަށް ޕްރޮފައިލްގައި އިންނަ 200 މިލިއަނެއްހާ މީހުން ފޭސްބުކް ބޭނުންކުރެއެވެ. އަދި ފޭސްބުކް މެދުވެރިކޮށް ޑޭޓްކުރުމަށް އޮންނަ ފުރުސަތަކީ ދިގު ދެމިގެންދާ ސީރިއަސް ލޯބީގެ ގުޅުން އޮންނަ މީހުންނަށް އެކަނި އޮތް ކަމެއް ނޫންކަމަށާއި އާދައިގެ ގުޅުންތަކަށްވެސް އެ ބޭނުންކުރެވޭނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    • ހަހަހާ

      ކައެ ކުޑަ ކޮށް ބޯ ސަކަރާތް ދޯ...??

  2. އަބުއްލާ

    ވަރަށްވެސް އުފާވެރި ޚަބަރެއް..އެކަމު މާކު ޒަކަބާގު ލަދެއް ނެއްކަން..ކިހިނެއް ވާނީ އެ 200 މިލިޔަން މީހުންގެ ތެރޭ އުޅޭ އަންހެނުންތައް މަށަށް ސެޓު ކޮށްދިނިއްޔާ؟؟..މަ މިއޮށްގެން އުމުރު ހުސްވަނީ ސިންގަލްކޮށް ހުރެ..ސޭޑު ލައިފް?