މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން އިން ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ ދުނިޔޭގައި މީހުން ދިރިއުޅޭ ހުރިހާ ގައުމަކާއި ބައްރަކަން ހެން ފެތުރިފައެވެ. ނަމަވެސް، މިކަމުން ސަަލާމަތްވެ އޮތް ހަމައެކަނި ބައްރަކީ ގަނޑުފެންތަކުން ފުރިގެންވާ އެންޓާކްޓިކާ އެވެ.

އެންޓާކްޓިކާ އަކީ ދުނިޔޭގައި އޮތް އެންމެ ފިނި ތަނެވެ. އެތަނުގައި އާއްމުން ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިހާރުވެސް އެ ބައްރުގައި 5،000 ވަރަކަށް މީހުން އެބަ ތިއްބެވެ. ނަމަވެސް އެއީ ހުސްވެސް ސައިންޓިސްޓުންނާއި ރިސާޗުތައް ކުރިއަށް ގެންދިއުމަށް ގޮސް ތިބި މީހުންނެވެ.

އެންޓާކްޓިކާގައި ދުނިޔެ އާއި އެކަހެރިވެގެން އުޅުމަކީ އުނދަގޫ ކަމެއް ނަމަވެސް، މިވަގުތު އެތާ ތިބި މީހުން ބުނަމުން ދަނީ އެތަނުގައި ތިބެން ޖެހުމުން ޝުކުރު ވެރިވާ ކަމަށެވެ.

”އަހަންނަކަށް ހިޔެއް ނުވޭ މިވަގުތު މިތާ ހުރި އެކަކުވެސް މިތާ ހުރުމުން އެކަމަަށް ޝުކުރުވެރި ނުވާ ހެންނެއް. އެމެރިކާގެ ސްޓޭޝަނެއްގައި މަސައްކަތް ކުރާ އަންހެނަކު ބުނެފައިވެއެވެ.

ފިނިމޫސުން ބޯމަތިވަމުން އަންނަ އިރުގައި ފިނި މޫސުން ނިމެންދެން އެ ބައްރުން އެއްވެސް މީހަކަށް ބޭރެއްވެސް ނުވަތަ އެތެރެ އެއްވެސް ނުވެވޭނެއެވެ. އެއީ ފިނި މޫސުމުގައި އެ ބައްރަށް ފްލައިޓުތައް ނުޖެއްސޭނެތީއެވެ.

ދުނިޔޭގެ ހުރިހާ ބައްރެއް ކޮވިޑް-19 އާއި ހަނގުރާމަ ކުރަމުން އަންނައިރު އެންޓާކްޓިކާ އަދި ސަލާމަތުން އެބައޮތެވެ. ފިނި މޫސުން ކުރިއަށް އޮތުމުން އެކަން ދެމިއޮންނާނީވެސް އެގޮތަށް ކަމަށް ބެލެވެއެވެ. އެންޓާކްޓިކާގައި 80 އަށް ވުރެން ގިނަ ބޭސްތައް ގާއިމް ކޮށްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަމަނަގޯތީ އާދަނު

    ނެތްބާ ތިތަނަށް ދާނެ ޑިންގީ ގަނޑެއް ނަމަވެސް..

    32
    1
  2. ހުސޭނުބޭ

    އިޓަލީ ޓޫރިސްޓުން އެހެންނޫނީ ބަންގްލަދޭސް މީހުން ތިތާ އުޅޭނަމަ ތިހެން ބުނެވޭނެ ޖާގައެއް ނޯންނާނެ!

    21
    1
  3. Anonymous

    މަ ބޭނުން ތި ތަނަށް ދާން
    ޢެކަމު މާފިނިވާތީ ބޭބެމެން ނުދަނީ ބޭބެމެން ހޫނުގައި އުޅޭކުދިން ވިއްޔަ
    ކޮއްކޮ މެން ތިތާ އެހަކަށް ހު ރެލަ

    7
    1