ދިވެހި ހިޕްހޮޕް މިއުޒިކްގައި "ޒިޕްސް" ގެ ނަމުން މަޝހޫރުކަން ހޯދި ސުއާދު އަބްދުއްރަހީމް މިއުޒިކާއި ދުރުވެ، ދާއިރާ ދޫކޮށްލާފައިވާ ކަން ހާމަކޮށްފިއެވެ.

ސުއާދު ފޭސްބުކުގައި މިކަން ހާމަކޮށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މާތްﷲ ދެއްވާ ހިދާޔަތަކީ ދުނިޔެމަތިން ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށާއި، އެ ނަސީބު އެންމެ ހެޔޮގޮތުގައި ހިފުމަށް ގަދައަޅާ މަސައްކަތް ކުރެވޭނެ ތަޢުފީޤު ދެއްވުން އެދި ދުޢާކުރާ ކަމަށެވެ.

"މިއަދާއި ހަމަޔަށް އަޅުގަނޑަށް އެއްވެސް ބޭފުޅަކަށް ނާއިންސާފުން ކަމެއް ނުވަތަ ބަހެއް ބުނެފިފައިވާ ނަމަ ނިހާޔަތަށް މަޢާފަށް އެދެން،" ސުއާދުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މިއުޒިކާއި ދުރުވިކަން ހާމަކޮށް ސުއާދު އޭނާ ހިންގާ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، އެ ޕޭޖަކީ އޭނާ އަށް ސަޕޯޓްކުރާ ފަރާތްތަކަށް އޭނާ މިއުޒިކްގެ ދާއިރާގައި އުޅުނުއިރު ކޮށްފައިވާ މަސައްކަތްތައް ގާތުން ގެނެސްދިނުމަށް ހަދާފައިވާ ޕޭޖެއް ކަމަށާއި، ނަމަވެސް ހެޔޮ ނަސޭހަތްތަކެއް ދެވޭނެފަދަ ޕޭޖަކަށް މިހާރު އެ ޕޭޖު ބަދަލުކޮށްފައިވާ ކަމަށެވެ.

ސުއާދު ބުނެފައިވާ ގޮތުން އޭނާ މިއުޒިކާއި ދުރުވެ އެ ދާއިރާގައި މަސައްކަތް ނުކުރާތާ މިހާރު ހަތްވަރަކަށް މަސް ވެދާނެ ކަމަށެވެ.

ރެޕްގެ ދާއިރާއިން ސުއާދު އެންމެ ފުރަތަމަ އާންމުންގެ މަޢުބޫލުކަން ހޯދާފައި ވަނީ "ސިމްބިލިކް ރެކޯޑްސް" އިންނެވެ. އެއަށްފަހު ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ "ބީޓްލޮޖީ" ގައެވެ.

ސުއާދުގެ އިތުރުން މޯލްޑިވިއަން އައިޑޯލް އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ލަކަކިޔުންތެރިޔާ، މުހައްމަދު އިޝާން ވެސް ވަނީ ލަވަކިޔުން ހުއްޓާލިކަން ދާދިފަހުން އިއުލާނުކޮށްފައެވެ. އިޝާން ބުނެފައި ވަނީ، މިއުޒިކް ކުޅެ އަޑުއެހުން އެއީ ﷲ އާއި ތިބާއާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސިޒޫ

    އަލްހަމްދު ﷲ..ތިބާގެ ފާފަ ފުއްސަވާށި..ްްް

    182
    5
  2. ޔާމީން

    އާމީން

    135
    4
  3. ޖުލައި

    ލާދީނީ މުނާފިގުންގެ ހިތަށް ވަރަށް އަސަރުކުރާނެ. ކަލޭމެން ރުޅި އައިސްގެން ގޮސް ހަލާކުވެބަލަ

    145
    7
  4. ޙާލަތު

    އަލްޙަމްދުލިﷲ. މާތް ﷲ ދެއްކެވި ތެދުމަގުގައި ސާބިތުކަން ދެއްވާށި!!! އާމީން

    164
    6
  5. ައަލީ

    ސާބަހޭ މޭން ، ޒިޕްސް އަށް ތެދުމަގު ދެއްކެވީތި މާތްް ﷲ ޙަމްދުކުރަންް.
    އަހަރުމެން އަބަދުވެސް ހަދާންކުރަންވާނީ ﷲ މި ދުނިޔެ އައް ކޮންމެ އިންސާނަކު ވެސް ފޮނުއްވަނީ އިމްތިހާނަށް ކަން ، އަދި ގޯސް ކަންތައްތަކާއި ރަނގަޅުކަންތައްތައް ކަންތައް ކުރަނީ ކޮންބައެއްތޯ އޮބްޒާވްކުރުމަށްޓަކައި ، އަދި މިއަދު ކޮށްއުޅުނު ޙެޔޮ ކަމެއްގެ ފައިދާ އާޙިރަތުގައި ލިބޭނެކަން. ސުވަރުގެ އަކީ ދުނިޔެއައްވުރެ މާބޮޑަށްވެސް ހިތަށް ހިތްހަމަޖެހުން ލިބޭނެ ތަނެއްކަން.
    އުންމީދަކީ މިދާއިރާގަ އުޅޭ ހުރިހާ ފަންނާނުން މާތްް ﷲ އަށްޓަކައި މިޔުޒިކް ދޫކޮށް ތައުބާވުން.

    161
    6
  6. ނަސީބު

    ﷲ އަކްބަރު.
    ދުވަހަކުވެސް މިކަހަލަ ބަދަލެއް އައިސްދާނެހެން ހީވެސް ނުވާ ބައެއްގެ ދުލުން ﷲގެ މާތްކަމާއި ހިދާޔަތު ލިބުމުން އުފާވެ އަމުނަމުންދާ ރީތި ބަސްތަކުން ހިތްވަރު ލިބޭ. އަދި އެހާމެ އުފާވޭ.
    މާތް ﷲގެ ރަހްމަތް އެއްމެނާއި އެކުވެސްވޭ، އެކަން އިހްސާސްކުރެވޭނީ މަދުބަޔަކަށް ހަމަހިމޭންކަންމަތީ ތިބެ ވިސްނައިގެން.

    165
    5
  7. މަސްސާން

    ޑިންބާ ގުރޫޕު އިސްލާހު ވެއްޖިއްޔާ މަބުނާނަން ވަރަށް ކާމިޔާބޭ. އެހެންނޫނީ ތީ ހަމަ ދަޅަ

    24
    53
    • ޙަމަހަމަ

      ޢިސްލާމް ދީނުގައި ކާމިޔާބަކީ ވަކި ހާއްސަ ބަޔަކަށް ބިނާވެފަ އޮތް އެއްޗެއް ނޫން. ތިބޭފުޅާގެ އަމިއްލަ ނަފްސު އިސްލާހުވެމަކީ ތި ބުނާ ޑިންބާ އަކާ ގުޅުމެއްނެތަސް އަގުހު ރި ކާމިޔާބެއް ނޫންތަ ؟

      60
      3
  8. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ﷲތިބާއާއި ތިބާގެ އާއިލާއަށް ސީދާވެގެންވާ ﷲގެމަގުގައިސާބިތު ކަންދެއްވާށި އާމީން

    133
    1
  9. Anonymous

    މާޝާ ﷲ

    123
    1
  10. ވެދުން

    ﷲހެޔޮރަހުމަތް ލައްވާށި...އާމީން

    118
    1
  11. މަޝަންދަތި

    ސާބަހޭ ތިގޮތުގައި އަބަދުވެސް ކު ރިއަށް ދާށި
    މާތް ﷲ ސުއާދު އަށް ރަހްމަތް ލަށްވާށި

    126
    3
  12. އީތޭން

    Alhamdhulilahi

    42
    1
  13. ޔަނާލް

    ވަރަށް ރަގަޅު. ތިގޮތުގަ ދެމި ހުންނާތި

    42
    1
  14. މަނިކު

    ޙިޕްހޮޕޭ ކިޔާފައި އައުގުރާނަ ގޮވާފައި ހުރީ ތިޔަ ދެ ބޭންޑުންވެސް.. އެއްބަނޑު ތިމާގެ މީހުން ކީއްކުރަން، ރައްޓެހިންނާއެކު ވެސް އެ ލަވަތައް އަޑު އަގާލަން ނުކެރޭ..

    29
    6
    • ޅޮލް

      އެތައް ސަތޭކަ ލަވައެއް ނެރުނީމަ ޕްލޭލިސްޓަށް އެކްސްޕްލިސިޓް ހައެއްކަ ލަވަ ލައިގެން އުޅެންޏާ ވާނީ ތިހެން. ތި ސައިބޯނި ބޮކި ފަޅާފަ ރިއަލިޓީ އާ ކުރިމަތި ލާބަލަ

      3
      1
    • ޙަމަހަމަ

      ތަ އުބާވަނީ ކުރެވިފަ ހުންނަ ގޯސްކަންތަކަށް ދޯ.

      • Ali

        Music kulhumakee faafa eh.thauba vaan jehey

  15. ދަރަނި ދަންތުރަ

    ފަށްފަށުން މަރުހަބާ ތިބާޔަށް ﷲ ހެޔޮރަހުމަތްލައްވާށި ، ދެންއިތުރު ކަތިފިޔަވަޅެއްނާޅާނެ ކަމަށް އުއްމީދުކުރަން ، ކެނެރީނަސީދު ސަހިންދާ އަޒުރާ އެމް ސީ ހަމީދު ވަރަށްދެރަވާނެ ، އެކަމަކު.....

    39
    1
  16. ކަނީރު

    އެޖެންޑާ 19 ގެ މޫރިތިކަން ގެނުވަނީ

    4
    32
  17. އާނި

    މާޝާﷲ. .
    ﷲ އަށް ޙަމްދުހުރި. ހާދަ ދެކެން ބޭނުންވި ދުވަހެކޭ. ލޯތްބާއި އެކު ޝުކުރިއްޔާ ތިޔަހިތްވަރަށް. އުފަލުން ފޮޅިއްޖެ. ދެން އިންތިޒާރު ކުރަނީ ތިޔަރީތި އަޑުން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވާލާއަޑު އިވޭނެ ދުވަހަކަށް.

    47
    3
  18. އަޙްމަދް

    މިއުޒިކު ކުޅުމާއި ލަވަކިއުން ދޫކޮއްލުމަކީ ބޮޑުވެގެންވީ ޙަރާމްކަމެއް ދޫކޮއްލުމަށްޓަކައި ތިބާއަށް ކުރެވުނު ގަދަފަދަ ޖީހާދެކެވެ. الحمد لله އެވެ.
    އެހެނަސް ތިބާގެ ނަފްސު އަނެއްކާވެސް
    ހަވާނަފްސުގެމައްޗައް ގަދަވެ ހެއްލިގެންދިއަނުދިނުމައްޓަކާ ޝަރްޢީ ޢިލްމު ކޮއްމެހެންވެސް ބޭނުންވާނެއެވެ
    އެއި ތިބާގެ ޢަޤީދާ އާއި މަންހަޖު ހެޔޮގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައެވެ
    މީއީ ވިސްނާ ފިކުރުހިންގަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއްކަން ތިބާ ދައްނާށެވެ
    އެއީ މިރާއްޖޭގައި ދީނުގެ ނަމުގައި އުފެދިފައިވާ އެކިއެކި ޖަމުޢިއްޔާ ޖަމާތްތަގު މަކަރުވެރި ރޭވުންތަކުން ތިބާސަލާމަތްވެހުރުމަށްޓަކައެވެ
    މިދެއްނެވި ޖަމުޢިއްޔާ ޖަމާޢަތްތަށް މިހާރު ތިބޭނީ
    ތިބާއަށް ކަޅިއަޅައިގެން ކަން ދައްނާށެވެ.
    މިދެއްނެވި ޖަމުޢިއްޔާ ޖަމާޢާތްތަކުގެ މަސައްކަތަކަށް ވެފައިއޮއްނަނީ އެޖަމުޢިއްޔާ އަށް މީހުންގިނަކުރުމެވެ
    ޢަދި ވަކިން ޙައްސަކޮށް ތިކަހަލަ މަޝްޙޫރު ފައްނާނަކު އެބައި މީންގެ އަތްދަށުލާން ގަދައަޅަ މަސައްކަތް ކުރާނެތެވެ.
    އެބައި މީހުންގެ މަސައްކަތަކަށްވާނީ ތީބާއަށް ދީނުނެ ޝަރުއީ އިލްމު އުނގައްނައިދިނުމުގެ ބަދަލުގައި “މަދަޙަ ކިޔުމާއި ރީތިރާގު ރާގަށް ބަންގިގޮވުމާއި އިމާމުވެ ނަމާދު ކުރުވުމާއި ދީނުގެ ނަމުގައި އުއްފައްދާފައިވާ އެކިކަހަލަ ޕޮރްގުރާމުތަށް ޓިވީއާއި ރޭޑިއޯ މެދުވެރިކޮށް ހުށަހާޅައި
    ދީނީ މަޝްހޫރު މީހަކަށް ހަދާލުމަށެވެ.
    ދައްނާށެވެ ދީނީ މަޝްހޫރުކަމަކީ ތިބާ ކުރިންހުރި މިއުޒިކީ މަޝްހޫރުކަމަށް ވުރެ އަދި މާނުރައްކާތެރި މަޝްހޫރު ކަމެކެވެ. ތިބާ ދީނުގެ ޢިލްމާއި ދުރުކުރުވާނެ ކަމެކެވެ.
    ދައްނާށެވެ ތިބާ އިސްލާޙްވެ اللهގެ މަގުގައި ޘާބިތުކަން ހޯދަން ބޭނުން ކަމުގައިވާނަމަ ނޫސްމައްޖައްލާތަކާއި ޓީވީ ޕޮރްްގްރާމުތަކުން އެކަހެރިވެ މަޝްހޫރު މީހުންގެ ޘަނާގެ ބަސްތަކަށް ނުހެއްލި ތިބާގެ ނަފްސު ރައްކާތެރިކަން ހޯދަން ޖެހެއެވެ. ދީނުގެ ޝަރުއީ ޢިލްމު އުނގެނުމަށްޓަކާ ދީނުގެ އެެއްމެ ބޮޑެތި ޢިލްމުގެ އަހުލުވެރިންނާއި އެބޭކަލުންގެ ފޮތްތަށް އިޚްތިޔާރުކޮށް އިލްމު ޙާސީލު ކުރުމަށް ގަދައަޅަ މަސައްކަތް ކޮއްފިނަމަ ތިބާއަށް މާބޮޑަށްވެސް މަންފާކުރާނެތެވެ
    މިސްތަކުންގެ ރުހުން ހޯދައިގަތުމުގެ ބަދަލުގައި الله ގެ ރުއްސަވައި ވޮޑިގަތުމާއި ފުއްސަވައިވޮޑިގަތުން ހޯދޭނީ އޭރުންނެވެވެ.
    ދުޢާ އަކީ الله ތިބާއަށް ދީނުގެ ޢިލްމުދެއްވާ قرأن އާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރުސުއްނަތުގެ މައްޗައްތަރުބިއްޔަތުވެ (ސަލަފުއްޞާލިހުން) ނުވަތަ (އަހުލުސުއްނަތް ވަލްޖަމާޢަތް) ނުވަތަ
    (ފިރުޤަތުއްނާޖިޔާ)ގެ عقيده އާއި މަންހަޖު މަޢްރިފާވެ އެމަގުން ހިނގުމުގެ ނަސީބުވެރިޔަކު ކަމުގައި ލެއްވުމެވެ.

    38
    5
  19. އސ

    އަޚީ ނަމަ ނަމަ އެކަމުގެ އަހުލުވެރިންނާ އެކު ނޫޅޭތި، އެނގޭނު، ވަރަށް މަޝްހޫރު ރެޕް ލަވަ ކިޔާ މީހެއް ވެސް ސުންނަތާ ހިދާޔަތުގެ މަގު ފެނިފަ އެ މަގުން ފައި ކައްސާލައިގެން ދިޔައީ އެ ރައްޓެހިން ތަކުގެ ނުބައި ނުފޫޒު ން.
    ރަނގަޅު މީހުންނާއެކު އުޅެގެން ހެޔޮ އަސަރު ކުރާނީ، އެންމެ ކުޑަމިނުން މަރުވީމަ ދުޢާ އެއްވެސް ކޮށްދޭން ތިބޭނީ

    47
    2
  20. ޔަމީން

    ޒިޕްސް ބްރޯ ތިއީ މައި ފެވަރިޓް އެއް ރެޕަރ ބްރޯ ތިދައްކާދިނީ ހެސްކިޔާފަ ސަޅި ނަމޫނާ އެއް ސާބަސް??އަދި އެއް ވާހަކަ ރެޕްކުރުން ހުއްޓިޔަކަސް ދީނީ ކަންކަމަށް ލޯބި ކުރާތި!!

    45
    3
    • ޢަހަރެން

      ޢެކަމު ފެވަރިޓޯ...ކަލެޔަށް ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ

      6
      1
  21. ކެޔޮޅު އަހުމަދު ނާޒިމް އަލް ތަބަރީ.

    ހަރާމްކަމެއް ދޫކޮށް ހެޔޮކަމުގެ ތެދު މަގަށް ރުޖޫޢަވެ އެމަގުގައި ހިފުމަށް މަސައްކަތް ކުރަމުން ދާ ކަމައް ޓަކައި މާތް ކަލާނގެ ކިބަޔައް ހަމްދުކުރަން.
    ވަރަށް ގިނަ މުންކަރާތް ތަކެއްގެ ދޮރެއް ތިޔަ ބަންދުކުރެއްވީ. އަދި ތިޔަ ބަންދުކުރެއްވި ނުބައި ދޮރުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ހެޔޮ ކަމެއްގެ ދޮރު ހުޅުވިގެން ދާނެކަމީ ޔަޤީންކަމެއް.
    ގިނަގިނަ
    މާތްﷲ ސުއާދު އަށް ތެދުމަގުގެ މަތީގައި ޘާބިތުވެ ހުރުމުގެ ހެޔޮ ތަޢުފީޤް ދެއްވައި ނިޔަތާއި ޢަމަލުގައި އިޚްލާސްތެެރި އިސްލާމްކަމާއި އީމާންކަމުގެ މަތިން އިހްސާންތެރިކަމުގެ ދަަރަޖަ ހުރި ހެޔޮލަފާ ސާލިހް އަޅެއްކަމުގައި ލެއްވުން އެދި ދުޢާކުރަން. އާމީން. ޔާރައްބަލް ޢާލަމީން.

    10
  22. ޢަބްދުﷲ ބިން ބައްޔާ

    ހަރާމްކަމެއް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވެ އެމަގުގައި ހިފުމަށް މަސައްކަތް ކުރަމުން ދާ ކަމައް ޓަކައި މާތް ކަލާނގެ ކިބަޔައް ހަމްދުކުރަން.
    ވަރަށް ގިނަ މުންކަރާތް ތަކެއްގެ ދޮރެއް ތިޔަ ބަންދުކުރީ. އަދި ތިޔަ ބަންދުކުރެއްވި ދޮރުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ހެޔޮ ކަމެއްގެ ދޮރު ހުޅުވިގެން ދާނެކަމީ ޔަޤީންކަމެއް.
    ގިނަގިނައިން ޤުރުޢާން ކިޔަވާށެވެ. އެއީ ތެދުމަގެވެ. ޤުރުއާން ތަރުޖަމާ ކިޔާށެވެ. ހައްޤާއި އެއް ގޮތަށް ޢަމަލު ކުރެވޭނީ އޭރުންނެވެ. ނަމާދު ޤާއިމް ކުރާށެވެ. ނުބައި ކަންތަކުން ދުރުވެވޭނީ އޭރުންނެވެ. ހަދީޘް ތައް ދަސްކުރުމަށް މަސައްކަތްކުރާށެވެ. ޒިކުރުތަކާއި ދުޢާތައް ކުރާށެވެ. ދީނީ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާށެވެ. ހެޔޮލަފާ ރަނގަޅު އެކުވެރީން ޚިޔާރުކުރާށެވެ. ޝަޔާތީނުލް އިންސީން ދޫކޮއްލައްވާށެވެ.އަމިއްލަ ނަފްސައް އިހްމާލު ނުވާށެވެ. އެހެނެއްކަމަކު ޝައިތާނާއީ ޢަދުއްވެއްގެ ގޮތުގައި ބަލާށެވެ.
    ހެޔޮކަމުގެ މީޒާން ބަރުކުރާށެވެ.އަދި ކައްވަޅަށް ރުޖޫޢަ ވާހިނދު ތިމާ އުފާކޮއްދޭނޭ ޢަމަލު ތަކެއް އެތަނަށް ފޮނުވާށެވެ.
    މާތްﷲ ތިބާ އަށް ތެދުމަގުގެ މަތީގައި ޘާބިތުވެ ހުރުމުގެ ހެޔޮ ތަޢުފީޤް ދެއްވައި ނިޔަތާއި ޢަމަލުގައި އިޚްލާސްތެެރި އިސްލާމްކަމާއި އީމާންކަމުގެ މަތިން އިހްސާންތެރިކަމުގެ ދަަރަޖަ ހުރި ހެޔޮލަފާ ސާލިހް އަޅެއްކަމުގައި ލެއްވުން އެދި ދުޢާކުރަން.
    އާމީން. ޔާރައްބްް.

  23. ހްމް

    މާޝާ ﷲ،،،❤️

  24. ސްޓިކް ހައުސް ޒަކިއްޓޭ

    އަލްހަމްދުﷲ