މަތިންދާބޯޓު ތެރެ މާ ބޮޑަށް ހޫނުގަދަވުމުން ފަސިންޖަރަކު، ބޯޓުގެ ކުޑަދޮރު ކަމަށް އެމަޖެންސީ ދޮރު ހުޅުވި މައްސަލައެއް ފެންމަތިވެއްޖެއެވެ. ޗައިނާގެ ރައްޔިތަކު މިކަން ކޮށްފައިވާއިރު، މި ޙާދިސާ ހިނގާފައިވަނީ ކޮން އެއަރލައިން އެއްގެ ބޯޓެއްގައިކަން ހާމަވެފައި ނުވެއެވެ.

ޗައިނާގެ ނޫހެއްކަމުގައިވާ "ސައުތު ޗައިނާ ޕޯސްޓް" އިން ބުނެފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ޝެން ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ މީހެކެވެ. އަދި، އެމީހާ ފްލައިޓުގެ އެމަޖެންސީ ދޮރު ހުޅުވާފައިވަނީ އުދުއްސައިލުމަށް ތައްޔާރުވަމުން ދިޔަ ވަގުތުކަމަށްވެސް ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެމީހާއަށް ހިފުނީ ކުޑަދޮރުގައި ނޫންކަމާއި އެމަޖެންސީ ދޮރުގެ އަތްގަނޑުގައި ނޫންކަމެއް ނޭނގެއެވެ. އެހެންނަމަވެސް، މި މައްސަލަ ފުލުހުން ބަލަން ފަށާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަމާ ގުޅިގެން އެމީހާ 15 ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށާއި 11،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށްވަނީ ޙުކުމްކޮށްފައެވެ. އަދި، ޖޫރިމަނާގެ ފައިސާ ބޭނުންކުރާނީ މިކަމުގެ ސަބަބުން އެއަރލައިން އަށް ލިބުނު ގެއްލުން ހައްލުކުރުމަށްކަމަށެވެ.

މީގެކުރިން، އެހެން އެއަރލައިން އެއްގެ އެމަޖެންސީ ދޮރު ހުޅުވި މީހަކު 10 ދުވަހަށް ޖަލަށް ލައިފައިވެއެވެ. އެފަހަރުވެސް ހައްޔަރުކޮށްފައިވަނީ ޗައިނާގެ ރައްޔިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.