ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާތާ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ. މިއާއެކު ބައްޔަށް ކުރެވޭނެ ފަރުވާއެއް ނެތި، އަދި ބަލި ކޮންޓްރޯލް ކުރާނެ ވެކްސިނެއް ހޯދިފައި ނެތުމާއެކު މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް-19 އަކީ ދުނިޔެއަށް އާ ބައްޔެއް ކަމުން، ބައްޔާއި ގުޅޭ މާގިނަ ކަންކަން ކުރިން ހޯދިފައެއް ނުވެއެވެ. އެހެންކަމުން ސައިންސްވެރިން ދަނީ މި ބަލީގެ ހަޤީޤަތްތައް ދެނެގަތުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. ހަމައެހެންމެ ބަލި ފެތުރެން ދިމާވާ ގޮތާއި ބަލީގެ އަލާމާތްތަކުގެ އިތުރުން، ހަށިގަނޑަށް ބަލީގެ އަސަރު ކުރާ ގޮތްތައްވެސް ހޯދުމަށް މަސައްކަތް ކުރެވެމުން ދެއެވެ.

ކޮވިޑް-19 އިން މީހަކު އިންފެކްޓުވުމަށް ދިމާވާ ގިނަ ގޮތްތައް ހުންނައިރު، މި ބަލީގެ އަސަރު ލޮލުންވެސް ހަށިގަނޑަށް ފޯރަފާނެކަން ވަނީ ދެނެގަނެވިފައެވެ. މިގޮތުން ކުރެވުނު ދިރާސާތަކުގެ އަލީގައި ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި ބައްޔަށް މެދުވެރިކުރާ އިންފެކްޝަނަށް، ލޮލުގެ ޒަރިއްޔާއިންވެސް ހަށިގަނޑުގެ ސެލްތަކާއި ހަމައަށް ހަލުވިކަމާއެކު ވާސިލުވެ، ބަލީގެ ނުރައްކާ ކުރިމަތިކޮށްފާނެއެވެ.

ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި، މި ބަލިން އިންފެކްޓުވެފައިވާ މީހަކު، ކެއްސުމާއި ކިނބިއެޅުން ފަދަ ބަލި ފެތުރިދާ ކަމެއް ކޮށްފިނަމަ ބަލި ފަތުރާ ވައިރަސް، މި ބަލި ނުޖެހޭ މީހެއްގެ ލޮލުގެ ކައިރީގައި ނުވަތަ ލޮލުގެ ބޭރުފަށަލައިގައި އަށަގަތުމުގެ ފުރުސަތު އޮންނާނެއެވެ. އެއަށްފަހު މަޑުމަޑުން ލޮލުގެ ތެރެއިން ހަށިގަނޑުގެ ސެލްތަކާއި ހަމައަށްވެސް ވާސިލުވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ބުނާގޮތުގައި، ލޮލަށް މި ވައިރަސްގެ އަސަރު ކޮށްފިނަމަ ލޯ ރަށްވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި އެނޫންވެސް ބައެއް ކަހަލަ އުނދަގޫތައް މިކަމުގެ ސަބަބުން ދިމާވާނެ ކަމަށާއި، ނަމަވެސް އެ ހާލަތުގައި ގިނަ ފަހަރަށް ވައިރަސް އިން ސަލާމަތްވެވޭނެ ގޮތުގެ ދޮރު ބަންދުވެދާ ކަމަށް އެފަރާތްތަކުން ބުނެއެވެ. ހަމަ އެހެންމެ މިފަދަ ހާލަތެއް މެދުވެރިވެފައިވާ މީހެއްގެ ލޮލުން ފައިބާ ކަރުނައިންވެސް އެހެން މީހަކު އިންފެކްޓުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ފަސޭހަކަމާއެކު ލޮލުންވެސް ކޮވިޑް-19 ގެ ވައިރަސް ހަށިގަނޑަށް ފޯރާކަން ހާމަވާ މި ހޯދުންތަކާއި ގުޅިގެން ސައިންސްވެރިން ބުނެފައި ވަނީ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަނގަޔާއި ނޭފަތް ނިވާކުރުމުގެ އިތުރުން ލޮލަށް ބަލީގެ އަސަރު ނުކުރާނެހެން މާސްކެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ އިސް ސަފުގައި ހަރަކާތްރިވާ މީހުން ފޭސް ވައިސާ ބޭނުންކުރުން މުޙިންމުވާ ސަބަބަކީ މިއީ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބުރު😷

    ލޮލުގެ ޖަޒުބާތުން އަސަރުުނުކުރާށޭ ހިތުގެ ވެރިޔާއޭ ޤަތުލްނުކުރާށޭ #ގޯކޮރޯނާގޯކޮވޮޑް

    2
    2
  2. ށަރީ

    ދެން ކޯޗެއްތޯ މިވެރިން މިކިޔަނީ މަހަމަ ކޮސް
    ވެއްޖެ؛ މޫނުބުގާ އަޅައިގެން ނިކުމެ ގައުމުގެ ހައްގުގައި މަސައްކައްކުރަމާ ހިންގާ މިބުނާގޮތުން
    ނަމަރަޖާލުމުގެ މާނައެއްނެއް؛