ސިދާރްތް ސުކްލާއަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަގްބޫލްއެއް ބަތަލްކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އޭނާއަކީ ކާމިޔާބުކަމާއި އެކު ލީޑްރޯލްތަކުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ފައިހަމަކޮށްލެވުނު އެއް ފަންނާނަށް ވާނެއެވެ. އޭނާ އަކީ އެ ދާއިރާގައި މަސައްކަތްކުރާ އެންމެ ރީތި އެއްފަންނާނު ވެސްމެއެވެ. އޭނާ އަކީ އެތައް މިލިއަން ފޭނުންނެއް ތިބި ފަންނާނެކެވެ.

އަދި އޭނާ އަކީ ކައިވެނިނުކޮށް ތިބި ފަންނާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ މީހެއްގެ ފަސްފަހަތުން ކަންކަން ބަލާ އެއް ފަންނާނަށް ވެސް ވާނެއެވެ.

ދިލްސޭ ދިލްތަކްގެ އެކްޓަރ އޭނާގެ އިންސްޓަރގްރާމަށް އިއްޔެ ލާފައިވާ ފޮޓޯއަަކާއި އެކު އެތައް އާއްމުންނެއްގެ ސަމާލުކަން ވަނީ އޭނާގެ ފޮޓޯއަށް ލިބިފައެވެ. މިއީ ކަލާސްގެ ރިއަލިޓީޓީވީ ޝޯ ބިގްބޮސްއަށް ފަހު ސިދާރްތް މިގޮތަށް އާއްމުނަށް ފޮޓޯއެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ.

ފޭނުންވަނީ އޭނާ މިހާރު އިތުރަށް ރީތިވެފައިވާ ކަމަށާ، އޭނާ އަލުން ސްކްރީނުން ފެނުމަށް ކެތް މަދުވެފައިވާކަން ވެސް ހާމަކޮށްފައެވެ.

ކަލާޒްގެ ރިއަލިޓީ ޝޯވ ބިގް ބޮސްގެ 13 ވަނަ ސީޒަން ސިދާރްތް ސުކްލާ ކާމިޔާބު ކުރުމާއި އެކު އޭނާ އަށް އެތައް ފުރުސަތުތަކެއް ވަނީ ފަހިވެގެންގޮސްފައެވެ.

ޓީވީ ސީރިއަލްތަކުން ފާއިތުވި 10 ވަރަކަށް އަހަރު އާއްމުންގެ މަޤްބޫލްކަން ހޯދާފައިވާ ސިދާރްތް އާއްމުކޮށް ފެންނަނީ، ވަރަށް ހަމަޖެހޭ ސާދާ މިޒާޖު ހުންނަ މީހުންގެ ރޯލުންނެވެ. އަދި އޭނާ ގިނައިން ފެނިފައި ވަނީ ވަރަށް މަޑު މޮޅި، ރޮމޭންޓިކް ރޯލުތަކުންނެވެ. އެހެންނަމަވެސް ބިގް ބޮސް ޝޯގައި ސިދާރްތް ފެނުނީ ރުޅި ކޮންޓްރޯލް އުނދަނގޫ ރުންކުރު މީހެއްގެ ގޮތުގައެވެ.

މި ސަބަބާއި ހުރެ ސިދާރްތް އަށް ބިގް ބޮސް 13އިގެ ގޭގައި ތިބި ގިނަ މީހުންގެ ފަރާތުން، ވަރަށް ބޮޑަށް ނުރުހުމާއި ފާޑުކިޔުން އަމާޒުވިއެވެ. އާއްމު ދިރިއުޅުމުގައި ސިދާރްތް އަކީ އެހާ ރުޅިގަދަ މީހެއްކަން އެނގުމުން ފޭނުން ތިބީ ހައިރާންވެފައެވެ.

މީގެ އިތުރުން ބިގްބޮސް އިން އާއްމުންގެ މެދުގައި ބޮޑު މަގްބޫލްކަމެއް ހޯދި، ޝެހެނާޒާއި ސިދާރްތްގެ ޖޯޑު ފެނިގެންދާ ހިންދީ ލަވަ ރިލީޒްކުރުމާއި އެކު އެތައް ބައެއްގެ ސަމާލުކަން އެ ލަވައަށް ވަނީ ލިބިފަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު