ބޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި ފާހަވެގެން ދިޔަ ސްރީދޭވީ އޭނާގެ ފުރަތަމަ އަންހެން ދަރިފުޅު ޖަންވީ ކަޕޫރަށް އެ ނަން ދެވެނުނު ގޮތާއި ގުޅޭގޮތުން މީޑިއާތަކުން މި ވަނީ ވާހަކަދައްކާފައެވެ.

1997 ވަނަ އަހަރުގެ މާރިޗް މަހު އުފަންވި ޖަންވީއަށް އެ ނަން މުހިންމު ސަބަބެއް އޮވެގެން ނޫން ކަމަށް ބެލެވުނު ނަމަވެސް، 1997 ވަނަ އަހަރު ނެރުނު ފިލްމެއްގައި ހިމެނޭ ކެރެކްޓާއަކާއި ގުޅިގެންކަމަށް ވެއެވެ. އެއީ ސްރީ ދޭވީގެ އެންމެ ފޭވަރޭޓް ކެރެކްޓަ ކަމަށް ވެއެވެ.

ފިލްމް ޖުޑާއީގައި ސްރީދޭވީވެސް ފެނިގެން ދާއިރު، އެ ފިލްމްގެ ޕްރޮޑިއުސަރަކީ ބޮނޭ ކަޕޫރުއެވެ. އެ ފިލްމްގައި ޖަންވީގެ ނަމުން ނަން ދީފައި ވަނީ އުރްމިލާ އަށެވެ.

އެ ނަމާއި، އެ ކެރެކްޓާއި ސްރީ ދޭވީއަށް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. އެހެންވެ އޭނާގެ ފުރަތަމަ އަންހެން ދަރިފުޅަށް ޖަންވީގެ ނަމުން ނަން ދިނީއެވެ.

ޖަންވީވެސް މިހާރު ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ. ކަރަން ޖޯހަރްގެ ފިލްމަކުން ޖަންވީ ފެނިގެން ދިޔައިރު، އެ ފިލްމް ނެރެފައި ވަނީ 2018 ވަނަ އަހަރު އެވެ. އެއީ ފިލްމް ދަޑަކް އިންނެވެ. އިޝާން ކަޓާ އެކު ޖަންވީ ކުޅުނު އެ ފިލްމްއަށް ބޮޑު ތަރުހީބެއްވެސް ވަނީ ލިބިގެން ގޮސްފައެވެ.

ޖަންވީ ފެނިގެން ދާނެ ފިލްމްތައް ކުރިއަށްވެސް އެބަ ހުއްޓެވެ. ދަ ކަރްގިލް ގާލް، ދޯސްތާނާ 2 އަދި ރޫހީއަފްޒާނާ ފަދަ ފިލްމްތައް ހިމެނެއެވެ.