އިންޑިއާގެ ފިލްމްތަކުން ފެނިގެން ހޮސްފައިވާ ބޯމަން އިރާނީ އާއި އަނބިމީހާ ޒެނޯބިއާގެ ލޯބީގެ ވާހަކައަކީ ތަފާތު ވާހާކައެކެވެ. އެ ލޯބީގެ ވާހަކަ މީޑިއާ ބްލޮގް ހިއުމަންސް އޮފް ބޮމްބޭއަށްވެސް ވަނީ އަރާފައެވެ.

އެގޮތުން ބޯމަން ބުނާގޮތުގައި، އޭނާ އަށް ޒެނޯބިއާ ފެނުނު ފުރަތަމަ ފަަހަރުވެސް އޭނާ ދެކެ ލޯބިވެވިއްޖެއެވެ.

"ފުރަތަމަ ނަޒަރުންވެސް ޒެނޯބިއާ ދެކެ ލޯބިވެވުނު". އޭނާ އާ ޒެނޯބިއާ ފުރަތަމަ ބައްދަލުވީ، އޭނާގެ ވެފާ ޝޮޕް އިންނެވެ. އެ ފަހަރު ބައްދަލުވެ، ކައުންޓަރުގައި ވަރަށް ގިނަ ވާހަކަތައް ދެއްކި ކަމަށް ބޯމަން ބުނެފައި ވެއެވެ. އަދި އޭގެ ެފަހުން ގުޅައިގެންވެސް ވާހަކަ ދެއްކިއެވެ. ދެ މީހުން ފުރަތަމަ ޑޭޓްއަކަަށް ގޮސް، ބޮމާންއަށް ކެއްނުވެގެން އޭނާ ވަނީ ޒެނޯބިއާ ކައިރިން އިންނަން އަހާފައެވެ.

"އަހަރެންގެ ވެފާ ޝޮޕުން ބައްދަލުވި ފަހުން، އޭނާ ކޮންމެ ދުވަހަކު އެތަނަށް އާދޭ، ވާހަކަދައްކާ ހަދާ، އަހަރެންނަށް އިނގޭ އޭނާ އަހަރެން ދެކެ ލޯބިވާކަން". ބޯމަން ބުނެފައި ވެއެވެ.

"އަހަރުމެން މިހެން ގުޅައިގެން ވަރަށް ވާހަކަދެއްކިން، އެކަމަކު އޭނާ ބީއެސްސީ ޓެސްޓު އޮތް ދުވަސް ވަރު، އޭނާއަށް މަސް ދުވަސް ވަންދެން ނުގުޅުމަށް އޭނާގެ ބައްޕަ އެދުނު. އެކަމާއި އަހަރެން ދެރަވި، އެކަމަކު އޭނާ ޓެސްޓު ނިމުނު ފަހުން ދެ މީހުން އެކުގައި ޑޭޓަކަށް ދިޔައިން. އެ ޑޭޓްގައި އަހަރެން މެނޫ ވެސް ލިބުމުގެ ކުރިން އޭނާ ކައިރިން އިންނަން އެހިން... ބޮމަން ބުނީ އާ، އެކޭ އެކަމަކު ތަފާތު ގޮތަކަށް، ބޮމަން އެހެން ބުނެފައި، ބުނީ، އޭނާގެ ކުޑަ މަތިން ހަނދާން ނެތިއްޖެ ކަމަށް. އަހަރެން އިންނަން އެހުމުން އެއީ އޭނާ ބުނި އެއްޗަކީ... އެރޭ އަަހަންނަށް އެނގުނު އަހަރެން އޭނާއާ ކައިވެނި ކުރާނެ ކަން".

ބޯމަން އާއި ޒެނޯބިއާ ކައިވެނިކޮށްފައި ވަނީ 1985 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި ދެމަފިރިންގެ ދެ ފިރިހެން ދަރިންވެސް ތިބެއެވެ. އެއީ ޑަނޭޝް އާއި ޔަޔޫޒް އެވެ.

އެ މީހުންގެ ކައިވެންޏަށްފަހު އެ ވެފާ ޝޮޕް ބަލަހައްޓަމުން ދިޔައީ ޒެނޯބިއާއެވެ. ބޯމަން މަސައްކަތް ކުރަމުން ދިޔައީ ޓާޖް މަހަލް ޕެލަސް ހޮޓެލްގައި ވެއިޓަރެއްގެ ގޮތުގައެވެ. އެއީ އޭނާ އެކްޓަރަކަށް ވުމަށް ހުވަފެންތައް ސީދާ ކުރުމަށެވެ.

ބޯމަން އެންމެ ފުރަތަމަ ފިލްމަކުން ފެނިގެން ގޮސްފައި ވަނީ 2003 ވަނަ އަހަރުއެވެ. އޭނާ ފެނިގެން ދިޔަ ފިލްމަކީ ޑަރްނާ މަނާ ހައި އިންނެވެ. އެެހެން ނަމަވެސް އާއްމުންގެ ތެރޭގައި އޭނާ އިނގެން ފެށި ފިލްމަކީ 2003 ވަނަ އަހަރު ނެރުނު ކޮމެޑީ ފިލްމް މުންނާ ބާއީ އެމްބީބީއެސް އިންނެވެ.

ބޯމަަން ބުނީ، އަނބިމީހާ އަކީ ވަރަށް އެހީތެރިވެ، ފިލްމްތައް ނެގުމުގައިވެސް ބޮޑު ރޯލެއް އަދާ ކުރާ އެކަކު ކަމަށެވެ.

މި ދެމަފިރިންގެ ކައިވެންޏަށް 35 އަހަރުވެއްޖެއެވެ. އަދިވެސް އުފަލުން ދަނީ ފޮޅެމުންނެވެ. އަދިވެސް އެކަކު އަނެކަކު ދެކެ އިންތިހާއަސް ލޯބިވާ ކަމަށް ދެމީހުންވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު