ތިމާގެ އާއިލާ ނުވަތަ ގާތް ރައްޓެހިންގެ އުފަން ދުވަސް ހަނދާން ނެތުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އެހެންނަމަވެސް މިފަހަރުގެ މި ހާލަތު އެކަމާ މުޅިން ނުބައްދަލެވެ. މިފަހަރު މިއޮތީ އުފަންދުވަސް ހަނދާންކޮށްގެން، އުފަންދުވަހުގެ ތަހުނިޔާ ކިޔުމުން އެކަމާއި އަޅާނުލައި ބަދަލުގައި ޝުކުރުގެ މެސެޖެއްވެސް ނުލިބިފައެވެ. މިގޮތަށް މި ކަންތައް މިވީ ކާކަށްކަން އެނގޭ ހެއްޔެވެ؟ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަމީތާބު ބައްޗަން އަށެވެ. މިގޮތުން އޭނާ ކުރި އުފަންދުވަހުގެ މެސެޖްތަކަށް އަޅާ ނުލައި ތިބި ބައެއް ފަންނާނުންގެ ނަންތައް ތިރީގައި ލިސްޓު ކޮށްލާނަމެވެ.

އަނުޝްކާ ޝަރުމާ

 

މި މަހުގެ ފުރަތަމަ ދުވަހު އުފަންދުވަސް ފާހަގަކުރި އަނުޝްކާއަށް، ފުރަތަމަ އަމީތާބު އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވަނީ އޭނާގެ ފޯނަށް މެސެޖްކޮށްގެންނެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން އަމީތާބު ވަނީ އަނެއްކާވެސް ޓުވިޓާ މެދުވެރިކޮށް އަނުޝްކާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. އެއާއިއެކު އަނުޝްކާވެސް ވަނީ އަމީތާބަށް ޝުކުރުވެރިވެ ޓުވިޓާގައި ޕޯސްޓެއް ކޮށްފައެވެ.

ސޮނަމް ކަޕޫރް

 

މިދިޔަ އަހަރުގެ ސޯނަމްގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް އަމީތާބު ކުރި މެސެޖަށް ސޯނަމް ޖަވާބުދާރީވެފައި ނުވުމުން، ޓުވިޓާގައި އަމީތާބު ވަނީ ސޯނަމް އޭނާގެ މެސެޖަށް ރިޕްލައިވެސް ނުކުރާ ކަމަށް ބުނެފައެވެ.

ރަންވީރް ސިންގް

 

މިދިޔަ އަހަރުގެ ޖުލައިގައި ރަންވީރަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ ކުރި މެސެޖަށް ރަންވީރް ޖަވާބުދާރީ ވެފައި ނުވާތީ، އަމީތާބު ވަނީ އޭނާގެ މެސެޖް ފެނުނުތޯ އަހައި ޓުވިޓާގައި ޕޯސްޓެއްކޮށްފައެވެ. އޭގެ ޖަވާބެއްގެ ގޮތުން ރަންވީރް ވަނީ އެންމެ ކުރިން ވިޝްކުރި މީހުންގެ ތެރޭގައި އަމީތާބުވެސް ހިމެނޭ ކަމަށް ބުނެފައެވެ.

އަކްޝޭ ކުމާރު

 

2010 ވަނަ އަހަރު އަކްޝޭގެ އުފަންދުވަހު އަމީތާބު ކުރި މެސެޖަށް ޖަވާބު ނުލިބުމުން އަމީތާބު ވަނީ މެސެޖް ލިބުނުތޯ ވެސް އަހާ ޓުވިޓާގައި ޕޯސްޓެއް ކޮށްފައެވެ. ފަހުން އެކަމަށް ޝުކުރު އަދާކޮށް އަކްޝޭވެސް ޕޯސްޓެއް ކޮށްފައިވެއެވެ.

އޮކްޓޯބަރު 11 ގައި އުފަންވެފައިވާ އަމީތާބު ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ "102 ނޮޓް އައުޓް" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްމެން

    ތިކަހަލަ އެތަށް ކުންޏެއް ޖެހޭނޭތީ އިސްލާމް ދީނުގާ އުފަން ދުވަސް ފާހަގަކުރަން އަމުރުކޮށްފާ ނުއޮންނަނީ. ތިޔަވަބާއިން ސަލާމަތް ވުމަކީ އަމިއލަ ކަމެއް.

  2. ސަދުން

    ތީ ވަރަށް ބޮޑު މައްސަލައެއް.