ކީޕިންއަޕް ވިތް ދަ ކަޑާޝަންސް ބަލާ މީހުން ހަނދާން ހުންނާނެ ފަދައިން ކްލޯއި އާއި ކިމް އަދި ކޯޓްނީ ކައިރި ކައިރީގައި ކުދިން ވިހެއި ދުވަސްކޮޅެއް ދިޔައެވެ. އެއީ މުޅި އިންޓަނެޓަށް ވެސް ބާރު ބޮޑު ދުވަސްކޮޅަކަށްވިއެވެ.

އޭރު، ކަޑޭޝަން އާއިލާ އަށް ނިސްބަތްވާ ކިމް 4 ވަނަ ކުއްޖަކު ހޯދާފައި ވަނީ ސެރޮގެސީ މެދުވެރިކޮށެވެ. އަދި ކައިލީ ޖެނަރ 20 އަހަރުގައި ކުއްޖަކު ހޯދި އިރު ކުއްޖަކު ބޭނުންވެގެން އުޅޭތާ އެތައް ދުވަހަކަށް ފަހު ކްލޯއިއަށް ވެސް ކުއްޖަކު ލިބުނީ ހަމަ ދާދި އެއް ދުވަސްކޮޅެއްގައެވެ.

ތަފާތު އެކި ސަބަބުތަކާ ހުރެ ކީޕިން އަޕް ވިތް ދަ ކަޑާޝަންސްގެ ތަރިންނަކީ އާއްމުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ ބައެކެވެ.

ކޯޓްނީ ބަނޑު ބޮޑު ކަމަށް ބުނެ މީޑިއާގައި ކަބަރު ފެތުރެން ފެށީ މިދިޔަ ހަފްތާގައެވެ.
ކޯޓްނީއަކީ އަބަދުވެސް ގިނަ ކުދިން ބޭނުންވާ ކަމަށް ފާޅުގައި ބުނާ މީހެކެވެ. އެހެންކަމުން އޭނާ ބަނޑު ބޮޑުކަމަށް ބުނެ ފޭނުން އައީ އޭނާގެ ޕޯސްޓްތަކަށް ވެސް ކޮމެންޓް ކުރަމުންނެވެ.
ކޯޓްނީއަކީ ވަރަށް ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި އޭނާގެ ބަނޑު ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެފައިވާތީ ފޭނުންނަށް ފެނުނީ އެއީ އޭނާ ބަނޑު ބޮޑުކަން އިއުލާން ކުރި ކަމެއްގެ ގޮތުގައެވެ.

ކޯޓްނީ ވަނީ މި ވާހަކަތަކާ ގުޅިގެން އޭނާ ފުރަބަންދުގައި ހުރެ ފަލަވެއްޖެ ކަމަށާއި އޭނާ ބަނޑު ބޮޑު ނޫންކަމަށް ބުނެފައެވެ.

އޭނާ މިހެން ބުނީ މީޑިއާއިން އޭނާ ބަނޑު ބޮޑުކަމަށް ބުނެ އަޑު ފަތުރާތީ އެކަން ދޮގުކުރުމަށެވެ.

އަދި މީހަކު ކިރިޔާ ފަލަވުމަކީ އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ކޯޓްނީ ބުންޏެވެ.

ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް އަކީ މާ އުފެއްްދުންތެރި ޝޯއަކަށް ނުވިނަމަވެސް މި ރިއަލިޓީ ޝޯ އަކީ އެންމެ މަގްބޫލް ރިއަލިޓީ ޝޯއެވެ. ޝޯގައި މައިގަނޑު ކަމަކަށް އޮންނަނީ ކާޑޭޝިއަން އާއިލާގެ މުއްސަނދި ދިރިއުޅުމުގެ ކަންކަމާއި، އެކަކު އަނެކަކަށް ހިނގާ ޒުވާބުތަކާއި ހަމަނުޖެހުންތަކެވެ.

އުމުރުން 40 އަހަރުގެ ކޯޓްނީ ބުނީ އޭނާ ބޭނުންވަނީ ޒިންމާދާރު މަންމައަކަށް ވާން ކަމަށެވެ. އަދި ކޭޑޭޝިއަން އާއިލާގެ އެހެންމީހުން ހަދާހެން ދަރިފުޅު ބަލަން އެހެން މީހަކާއި ހަވާލުކުރަން ބޭނުން ނުވާ ކަމަށް ވެސް ކޯޓްނީ ބުންޏެވެ. ކޯޓްނީ އިތުރު ކުއްޖަކު ހޯދަން ބޭނުން ވަނީ އައިވީއެފް މެދުވެރިކޮށެވެ.