ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ލޯބީގެ ވާހަކަ އަދިވެސް އޮތީ ހަނީމޫންގައެވެ. އެމީހުންގެ ކޮންމެ ހަރަކާތަކަށް ބަލަން އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. ކޮވިޑް-19 އާއި ގުޅިގެން ހުރިހާ އެންމެން ވެސް އަމިއްލަ ގޭގައި ކަރަންޓީން ވެގެން ތިބިއިރު، ޕްރިޔަންކާ އާއި ނިކް ވެސް މިކަމުން އިސްތިސްނާއެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ އާއި ނިކް ކަރަންޓީން ވެގެން ތިބީ ދެމަފިރިން މިދިޔަ އަހަރު ގަތް އަގުބޮޑު ގޭގައެވެ. 20 މިލިއަން އެމެރިކާ ޑޮލަރު (310 މިލިއަން ރުފިޔާ) ގެ އަގުހުރި މިގެއަކީ ލޮސް އެންޖެލިސްގެ އެންމެ ހިތްގައިމު ސަރަހައްދުގައި ހުރި ގެއެކެވެ. މި ސަރަހައްދާއި މާދުރުނޫން ހިސާބަކުން ނިކްގެ ކޮއްކޮ ޖޯއީ އާއި އޭނާގެ އަނބިމީހާ ސޯފީ ޓާނާ ވެސް ވަނީ 14 މިލިއަން ޑޮލަރު (217 މިލިއަން ރުފިޔާ) ގެ ގެއެއް ގަނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ގިނަ ސްޓޭޓްތަކެއް ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވާތީ ޕްރިޔަންކާ އާއި ނިކް އެމީހުންގެ ގޭގައި ކަރަންޓީން ވެގެން ތިބިއިރު، އާއިލާގެ ބައެއް މެންބަރުންނާއި، ބައެއް ރަހުމަތްތެރިން ވެސް އެގޭގައި މިހާރު އެބަތިއްބެވެ.

ސިނަމާ އަކާއި ބޯލިން ކުޅެވޭ ތަނަކާއި ސްވިމިން ޕޫލެއް ވެސް އޮތް މިބޮޑު ގެ ހުންނަނީ ފަރުބަދައެއްގެ މަތީގައެވެ. ވަށައިގެން ފެންނަން އޮންނަނީ ލޮސްއެންޖެލިސްގެ ހިތްގައިމު، މަންޒަރުތަކެވެ. ދުރަށް ފެތުރިފައި އޮންނަ ގަސްތައް މިގޭގައި ހުންނައިރު ރީއްޗަށް ފެނެއެވެ. ގޭގެ ރީތިކަން އިތުރު ކޮށްދީފައި ވަނީ ބިއްލޫރި ފާރުތަކެވެ. ގޭގެ ބޮޑު ސަރަހައްދެއްގައި ބިއްލޫރި ޖަހާފައި ހުރުމުން ވަރަށް ރީއްޗަށް ގުދުރަތީ ރީތި މަންޒަރުތައް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓިނު ވަގު

    ކޮވިޑް ފުރީ ގެއަކީ އެއީތަ....

  2. Anonymous

    ކޮބާތަ ސުނީ...މި ޕުރިޔަންކާ ފޭކް ކަމުން ވެސް..

  3. ސަމްސިއްޔާ

    ކީއްވެ ކަރަންޓީން ވާންޖެހުނީ. ލޮކްްޑައުންތަ؟؟

  4. ކޯވިޑް-19

    ކިތަމެއަގުބޮޑު ތަނެއްގައި ފިލާއޮތަސް މާތް ٱلل‍َّٰه‎ އިރާދަކުރެއްވި ކޮމެކަވެސް ވާނެ. ޕްރިޔަންކާ އަށާއި އިސްލާމް ދީނުގެ ހިދާޔަތް ދެއްވާށި. އާމީން

  5. މިއާ

    ނިކްގެ ކޮއްކޮއެއް ނޫން އިނގޭތޯ ބޭބެ. ޖޯއީއަށް ތިރީސް ނިކްއަށް ހަތާވީސް.

  6. ހޮނޑާފުށީ ބޮޑުހުސޭނު

    އަހަރެމެން ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތާއި އެކު މިބަލަނީ އަންނާން އޮތްދުނިޔޭގަ ތިޔަށްވުރެ އަގުބޮޑު ގަޑުވަރެއް ލިބޭތޯ ، މިއޮއް ރޯދަމަހު ގަދައަޅާ މަސައްކަތް ކުރުމަށް އެންމެހާ މީސްތަކުންނަށް ގޮވާލަން ، މިދުނިޔޭގެ ތިޔަ މިލިޔަން ޑޮލަރުގެ ގެތަކަކީ ހަމަ ސައިބޯނި ބޮތަކެއް ފަދަ ކަމެއް.

    11