އިންސްޓަގްރާމްގެ ތަރި، ކޯނޯ އެމްސީކެންޒީ މިއީ އާދަޔާ ޚިލާފް މީހެކެވެ.

މީގެ ދެ އަހަރު ކުރިން 2018 ވަނަ އަހަރު އަރިއާނާ ގްރާންޑޭގެ ތެންކިޔޫ ނެކްސްޓް އަށް ނަށާ ވީޑިއޯއަކުން އާންމުންގެ ސަމާލުކަން ދަމައިގަތް ކޯނޯއަކީ ވަރަށް ތަފާތު މީހެކެވެ. އޭނާ އަބަދުވެސް ބަލަނީ ތަފާތު ކަންކަންކޮށްގެން އާންމުން މުނިފޫހި ފިލުވައިދެވޭތޯއެވެ.

ނޯތު ކެރޮލީނާގައި ދިރިއުޅެމުންދާ ކޯނޯ މި ފުރަބަންދުގައި ދަސްކުރި ކަމަކީ ބެޑްޝީޓް ބޭނުންކޮށްގެން ތަފާތު ސްޓައިލްތަކަށް ހެދުން އެޅުމެވެ.

އެގޮތުން މިހާތަނަށް އައި އިރު އޭނާ ވަނީ ބެޑް ޝީޓް ބޭނުންކޮށްގެން ހެދުން އެޅިދާނެ 12 ގޮތެއް އާންމުންނަށް ދައްކާލައިފައެވެ.

އޭނާ ވަނީ ބެޑްޝީޓް ބޭނުންކޮށްގެން، ހުޑީ އާއި ކޭޕް ފަދަ އެއްޗެހިވެސް ހަދައިފައެވެ. އޭނާ މި ހުރިހާ ސްޓައިލެއްވެސް ދައްކާލީ ބެޑް ޝީޓް ހަލާކު ނުކޮށެވެ.

 

https://www.instagram.com/tv/B-cd94xlWot/?utm_source=ig_embed

މަޖަލަކަށް ފެށި މި ވީޑިއޯތަކަށް 350،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

އަދި އެނާގެ މި ހުނަރަށް "ބްލޭންކެޓް ކޯޗާ"ގެ ނަމުން މިހާރު ވަނީ ނަން ވެސް ދީފައެވެ.

ބެލޭ ޑާންސް ކުރުމުގެ ދާއިރާއިން ޓްރެއިން ވެފައިވާ ކޯނޯ މިހާރު އެނާގެ ބެޑް ޝީޓް ހެދުންތައް ދައްކާލަނީ ނެށުމުގެ ހަރަކާތްތަކާއެކުގައެވެ.

ކޯނޯ ބުނީ އޭނާ އަށް އެންމެ ފުރަތަމަ ވީޑިއޯ ފުރިހަމަ ކުރަން ގަޑިއެއްހާ އިރު ނެގި ކަމަށާއި ދެވަނަ ވީޑިއޯއަށް 45 މިނިޓް ހޭދަވި ކަމަށެވެ.

ގިނަ ދުވަސްވާ ވަރަކަށް ބެޑް ޝީޓުން ދެން ހެދުން އަޅާނެ ގޮތަކާއި މެދު ވިސްނަން އުނދަގޫވާ ކަމަށާއި އޭނާ އަށް ވަރަށް ގިނަ ގޮތް ގޮތަށް ފޮތި ބޭނުންކޮށްގެން ގޮސް ޖަހަން އެނގޭތީ އެއީ ބެޑްޝީޓް ހަލާކުކޮށް ނުލާ އެއިން ތަފާޓު ސްޓައިލެއް ހަދަން މަގުފަހިވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    ތިމީހުންނަށްވެސް ދިވެސަކު މިހެން އޫޅުނިއްޔާ އެއްޖިންސޭ ދީނޭކިޔާނެ، ބެރުމީހެއްވީމާ އޯކޭ

    22
    3
    • ގޭއި

      ޢައްސުވެސް

      9
      2
  2. ޢަހަރެން?

    ޙަޑި ގިއްލާ?

    12
    2
  3. މޮޔަ ނުވެ

    ލަދެއް ނެތް މީހެއް ދޯ؟

    3
    1
  4. ގަމާރު

    މޮޔަ މީ ހެއް ސަ ހާދެއް