ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި މަޝްހޫރު އެކްޓަރ އާމިރް ޚާންގެ ކުރީގެ ފޮޓޯއެއް މީސް މީޑިއާގައި މި ވަނީ ވަކި ހިއްޕާލާފައެވެ. ދިޕިކާ ބުނާގޮތުން އޭނާ އަކީ އަބަދުހެން ބަނޑުހައިވެފައި ހުންނަ މީހެކެވެ. އޭނާ ހިއްސާކުރި އެ ފޮޓޯއަކީ ކެއުމާއި ގުޅުން ހުރި ފޮޓޯއެއްކަން އެނގުނީވެސް އޭނާ ދެއްކި ވާހަކަތަކުންނެވެ. އޭމާ ހިއްސާ ކުރި އެ ފޮޓޯއަކީ 2000 ވަނަ އަހަރުގެ ފޮޓޯއެކެވެ.

އެ ފޮޓޯގައި ދިޕިކާ އާއި އޭނާގެ ބައްޕަ ޕްެރަކަޝް ޕަދުކޯން އާއި މަންމަ އުޖާލާގެ އިތުރުން ދައްތަ އަމިޝާ ފެނެެއެވެ.

އެ ފޮޓޯ ހިއްސާ ކުރަމުން ދިޕިކާ ކިޔާދިނީ ވަރަށް ތަފާތު މަޖާ ވާހަކައެކެވެ.

އެއީ އޭނާ އުމުރުން 13 އަހަރުގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ދިޕިކާ ބުންޏެވެ. ޖެނުއަރި އެއް ވަނަ ދުވަހު ނެގި އެ ފޮޓޯއިން އޭނާ ފެންނަނީ ވަަރަށް ލަދުވެތި ގޮތަކަށް ކަން ދިޕިކާ ސިފަ ކުރިއެވެ.

https://www.instagram.com/p/CAPTI_cDRKO/?utm_source=ig_embed

"އާމިރް ޚާން ހުރީ މެންދުރު ކެއުމަކަށް އައިސް، ... އަހަރެންވެސް ހުރީ ވަރަށް ބަނޑުހައިވެފައި. އަބަދުވެސް އަހަރެން ހުންނަނީ ބަނޑުހައިވެފައި، އޭނާ އަހަރެންނަށް ކާން ދޭންވެސް ނޫޅޭ، އަދި އަހަރެން ދޭންވެސް ނުބުނަން".

އާމިރް ޚާން އާދި ދިޕިކާގެ ގުޅުން ފުދޭވަރަކަށް ރަނގަޅުހެން ހީވެއެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ނެރުނު ދިޕިކާގެ ފިލްމް ޗައްޕާކްގެ ޓްރެއިލާ އާއްމު ކުރުމުން އާމިރް ޚާން ވަަނީ އެ ޓްރޭލާއާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އެއީ ވަރަށް ރަނގަޅު ޓްރޭލާއެއް ކަމަށާއި، އެއީ މުހިންމު ފިލްމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ދިޕިކާ ފިލްމީ ދާއިރާއަށް ނުކުތީ 2007 ވަނަ އަހަރު އެވެ. އޯމް ޝާންތީ އޯމް އިން ދާއިރާއަށް ނުކުތް ފަހުން ކާމިޔާބު އެތައް ފިލްމަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.