ކޮވިޑް-19 ބިރުވެރިކަން މުޅި ދުނިޔެއަށް ވެރިވެފައިވާ މި ދަނޑިވަޅުގައި، އެ ބައްޔާއި ހެދި މި ފަނާވަނިވި ދޫކުރި އެތައް ފުރާނައެއްގެ ވާހަކަތަކުން މީސް މިޑިއާގައި ދައްކަމުން ދެއެވެ.

މިއީވެސް އެފަދަ ހިތާމަވެރި ވާހަކައެކެވެ. ޕާކިސްތާނަށް ނިސްބަތްވާ އަންހެނަކު ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ބުނެފައި މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު 7:30 އޭނާގެ ފިރިމީހާ މި ދުނިޔެ ދޫކުރި ވާހަކައެވެ. އެއީ ރަަމަޟާން މަހުގެ ފަހު 10 ގެ ބަރަކާތުން ފުރިގެންވާ ރެއެއްކަން ޝީމާ ތާރިގް ނަމަކަށް ކިޔާ އެ މީހާ ލިޔެފައި ވެެއެވެ.

ޝީމާގެ ފިރިމީހާ ފައިސަލް، އެ ބަލީގެ އެންމެ ނުރައްކާ ހާލަތުގައި، އެ ބައްޔާ ހަނގުރާމަ ކުރަމުންދިޔަތާ ފަސް ހަފްތާ ފަހުން، މި ފަނާވަނިވި ދުނިޔެ ދޫކުރީ އެންމެ ރަނގަޅު ފަރުވާ އޭނާއަށް ލިބިގެން ކަމަށް ޝީމާ ގަބޫލުކުރެއެވެ.

"އަހަރެންގެ ފިރިމީހާއަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާ ދިޔައީ ދެމުން. ހުރިހާ ކަމެއް ނަރުހުންނާއި ޑޮކްޓަރުން ކޮށްދެމުން ދިޔައީ ލޮތްބާއި އޯގާތެރިކަމާއި، އިހުތިރާމާއި އެކު. ފިރިމީހާއަށް ފަރުވާ ދިނުމުގައި އެއްވެސް ވަރަަކަށް ފަރުވާ ކުޑަކޮށްލާނެ ކަމަށް ހިތައްވެސް ނާރާ. އަދި އެކަން އެގޮތަށް ކޮށްފައެއްވެސް ނުވޭ، އެ މީހުން ފިރިމީހާއަށް ފަރުވާ ދިނުމުގައި ނުފޮރުޅާ އެންމެ ގަލެއްވެސް ނެތް. އެއީ އުނދަގޫ ދަތުރެއް" ޝީމާ ބުނެފައި ވެއެވެ.

ޝީމާ ވަނީ ހުރިހާ ކަމެއްވެސް ރަނގަޅަށް ދިޔައީތީ އެކަމާއި، ﷲއަށް ހަމްދު ކުރާ ކަމަށް ބުނެފައެވެ.

"ހުރިހާ ކަމެއް ދިމާވަނީ ރަނގަޅަކަށް. ﷲ އަށް ޝުކުރުވެރިވަން. އަހަރެމެން އެންމެން ވަނީ ކޮވިޑް-19 އަށް ފަައްސިވެފައި. އެހެންކަމުން ފައިސަލް އަށްވެސް އައިސޮލޭޝަނުން ބޭރުވެވި އަހަންނަށް އޭނާއާއެކު ހުރުމުގެ ފުރުސަތު ލިބުނު. އަހަންނަށް ފައިސަލްގެ އެންމެ ފަހު ވަގުތުކޮޅު، އޭނާ އާއި އެކު ހުރުމުގެ ނަސީބު ލިބިފައިވޭ. ދިމާވި ކޮންމެ ހާލަތެއްގައިވެސް އެކުގައި ހުންނާނެ ކަމަށް އަހަރެން ފައިސަލްއަށްވީ ވަޢުދު ﷲގެ ތަނަވަސް ރަޙުމަތުން ފުއްދުނު. އޭނާ ކައިރީގައި ހުރެގެން އަހަރެން ވަރަށް ގިނަ ވާހަކަ ދެއްކިން. ފައިސަލްގެ އާއިލާގެ ފަރާތުންވެސް އެތަނުގައި ހުރި މީހަކީ އަހަރެން ކަމަށްވާތީ، އެމީހުންވެސް އޭނާއާއި އެ ހާލަތުގައި ބައްދަލުކުރަން އެދޭ މިންވަރާއި އޭނާ މަތިން ހަނދާންވާ ވަރު އަހަރެން އޭނާއަށް ކިޔައިދިނިން. ފައިސަލް އަކީ އޭނާގެ އާއިލާއިން އަހަރެންގެ އަތްމައްޗަށް ދޫކޮށްފައިވާ އަމާނާތެއް ފަދަ މީހެއް" އޭނާ ލިޔެފައި ވެއެވެ.

"އެއީ ވަރަށް ހާއްސަ ވަގުތެއް. އެ ކޮޓަރި ތެރެއަށް އޮތީ އަމާންކަން ވެރިވެފައި. ނަރުހުންނާއި ޑޮކްޓަރު ތިބީ ބޭރުގައި އަހަރެން ފިރިމީހާއާއެކު ވަގުތު ހޭދަ ފުރުސަތު ދީގެން. އަހަރެން ކިޔާނެ އެއްޗެއް ފިރިމީހާ ކައިރީ ކިޔަން، ނޫނީ އަހަރެން އޭނާއާ ބައްދާލަން ނޫނީ އަހަރެން އޭނާއަށް ދޮނެއް ދޭން ހޭދަ ކުރަން ބޭނުންވާ ކޮންމެ ވަގުތެއް ހޭސަ ކުރަން އެ މީހުން ފުރުސަތު ދިން. އެ މީހުން އެއްވެސް ކަމަކާއި އަވަސް އަރުވާލައިގެން ނޫޅޭ" އޭނާ އަސަރާއި އެކު ކިޔައި ދިނެވެ.

ޝީމާ ބުނީ، އޭނާއަށް އެ ލިބުނު ވަގުތުގައި ފިރިމީހާއަށް ޒަމްޒަމް ފެން ދިން ކަމަށެވެ. އަދި ޝީމާ އޭނާއަށް ޝަހާދަތް ލައިދިނެވެ. އަދި ބަންގިވެސް ލައިދިނެވެ. އަދި ބައެއް ސޫރަތްތައްވެސް އޭނާ އަށް ކިޔާދިނެވެ "އަހަރެން ކޮންމެ ދުވަހަކު އޭނާއަށް ކަންތައް ކޮށްދޭހެން، އަހަރެން އޭނާއަށް އެންމެ ފަހުގެ ސަލާމުން ސަލާން ކުރިއިރު، އަހަރެން ބުނިން. ފައިސަލްއެވެ. ކަލާ ދެން ދާށެެވެ. އަހަރެން ކަލާގެ އަތުގައި ހިފާލައިގެން ހުންނާނަމެވެ. އެއިރުން ކަލާއަށް ފަސޭހައިން ދެވިދާނެއެވެ. އަހަރެން، އަަހަރެންގެ ވައުދު ފުއްދިއްޖެއެވެ."

ޝީމާ ބުނީ، އޭނާ ދެން ޑޮކްޓަރު ކައިރީގައި ފައިސަލްގެ ހަށިގަނޑު ގުޅާފައިވާ އީސީއެމްއޯ ނިއްވާލަން ބުނި ކަމަށެވެ. އަދި ޑޮކްޓަރު އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި އެ މީހުން އެތަނުން ދުރަށް ޖެހުނީ، ޝީމާ އަށް، ފައިސަލްއާއެކު ވަގުތު ހޭދަ ކުރުމަށް ފުރުސަތު ދިނެވެ.

"އެއީ ވަރަށް ވިއްސާރަ އަދި ބަނަ ދުވަހެއް. އެކަމަކު އެ ވަގުތު އިރުގެ ހަކަތަ އެ ކޮޓަރި ތެރެއަށް ވެރިވެގެން. އަދި އޭނާގެ ފައިތިލައަށް އޭގެ އަލިކަން ވެރިވެގެން ދިޔަ. އޭގެ 10 މިނިޓް ފަހުން ޑޮކްޓަރުން ބުނި، ފިރިމީހާ މި ދުނިޔެއާ އަލްވަދާއު ކިޔައިފިކަމަށް. އަހަރެން އޭނާއަށް އެންމެ ފަހުގެ އަލްވަދާއު ކިޔަމުން ބުނިން، މި ދުނިޔޭގެ ވަގުތު ހަމަވީ ކަމަށް. އެހެންކަމުން ދަރިންނާއި މައިންބަފައިންނާއި، ދައްތަ އާއި ލޯބިވާ އެންމެންނަށްފަހުގެ ސަލާމް ފޮނުވުމަށް އެދުނިން. ވަގުތީ މި ދުނިޔެއިން ދާއިމީ ދުނިޔެއިން ބައްދަލުވާނެ ކަމަށް އުއްމީދުގައި. އަދި އެ ދުނިޔެއިން އަހަންނަށް ހާއްސަ ދަރަޖައެއް ދިނުމަށް އެދުނިން" ޝީމާގެ ޕޯސްޓުގައި ވެއެވެ.

ޝީމާ ބުނިގޮތުގައި ހުކުރު ދުވަހު އޭނާއާ އެ އަލްވަދާއުކީ ހަމައެކަނި އޭނާގެ ފިރިމީހާއެއް ނޫނެވެ. އެއީ އޭނާގެ އެެންމެ ގާތް އެކުވެރިޔާއެވެ. ހުރިހާ ކަމެއްގައި އޭނާގެ ބައިވެރިޔާއެވެ. "އަހަރުމެންގެ ދިރިއުޅުން ހޭދަ ކުރީ އެކު އެކީގައި. ދެމީހުން އެކީގައި 15 އަހަރު ހޭދަވެއްޖެ. އެއީ އުފާވެރި 15 އަހަރު ތިއީ އަހަންނަށް ލިބޭނެ އެންމެ ރަނގަޅު ފިރިމީހާ. އޭނާއާއެކު އަހަަރެންނަށް ލިބިގެން ދިޔައީ އުފާވެރި ދެވަނަ އަމިއްލަ ގެއެއް. އެ އާއިލާއަކީ އަހަރެން ދެކެ އެ މީހުންގެ އަމިއްލަ ދަރިން ދެކެ ލޯބިވާ ވަރަށް ލޯބިވާ ބައެއް. މިއަދު އޭނާ އަހަރެން ދޫކޮށްލާފައި ދިޔަ ކަމުގައިވިޔަސް، އެ ދިޔައީ އެންމެ ރަނގަޅު މީހުންގެ ގާތުގައި ބަހައްޓާފައި" އޭނާ ބުންޏެވެ.

އިތުރަށް ޝީމާ ބުނީ، އެ ދިޔަ ފަސް ހަފްތާއަކީ އޭނާގެ ހަޔާތަށް އައި އުނދަގޫ ދުވަސްތައް ކަމަށާއި، އެއީ އޭނާގެ ގާތުގައި ހުރުމަށް ފުރުސަތު ނުލިބުމުން ކަމަށެވެ. އަދި އޭނާއާ ފޯނުން ވާހަކަ ދައްކާ، އޭނާއާއެކު ހުރިކަން ސާބިތުކަޮށްދީފައިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އަހަރެންނާއި، އަހަރުމެންގެ ދެމަފިރިންގެ ދަރިންްނަށް އެ ބައްޕަ ދެކެ ލޯބިވާ ވާހަކަ ބުނަން ފުރުސަތު ލިބުނު ކަމަށްޓަކައި އެކަމާއި އުފާ ކުރަން. މިދިޔަ ބުރާސްފަތި ދުވަހު ކުރި ވީޑިއޯ ކޯލްގައި އޭނާ ވަނީ، އޭނާ އަހަރުމެން ދެކެ ލޯބިވާ ވާރު ބަޔާން ކޮށްދީފައި".

މި އުނދަގޫ ވާހަކަތައް ޝީމާ ކިޔާދިން ޕޯސްޓަށް ރެއާއި ހަމައަށް ވަނީ 32 ހާސް ލައިކް ލިބިފައެވެ. އަދި 900 އަށްވުރެ ގިނަ ކޮމެންޓް ލިބުނުއިރު، 12 ހާހާށްވުރެ ގިިނަ ޝެއާ ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިސްފަޓާސް

    އަމައްޔާއި ދެން!

    2
    11