ޕްރިޔާ ޕްރަކާޝް އާއި ރޯޝަން އަބްދުލް ރަހޫފްއާއި ދެ މީހުންނަކީ ވަރަށް ގުޅޭ ޖޯޑެކެވެ. ނަމަވެސް މި ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ނޯވެއެވެ. މިއީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ދެ ތަރިންނެވެ. މި ދެ ތަރިންނަކީ މިހާރު ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.

މި ދެ މީހުން ވަރަށް ފަހުން ވަނީ ޑިންޑިގުލް ސިޓީގައި އޮތް ކައިވެނީގެ ހަފްލާއަކަށް ގޮސްފައެވެ. އަދި ދެ މީހުން އެކުގައި ވަނީ ފޮޓޯވެސް ނަގާފައެވެ.

އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ޕްރިޔާ ވަނީ ރޯޝަން އާއެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރާމަށް ލާފައެވެ. އަދި އިތުރު ފޮޓޯތަކެއްވެސް އޭނާ އިންސްޓަގްރާމް ކުރިއެވެ.

ނަމަވެެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޕްރިޔާ އައި ރޯޝަންގެ ފޮޓޯއަށެވެ. އެ ފޮޓޯއަށް ގިނަ ބަޔަކު ވަނީ ލައިކްކޮށްފައެވެ. އަދި ކޮމެންޓްވެސްކޮށްފައެވެ.

https://www.instagram.com/p/BiRbwbvjceG/?utm_source=ig_embed

މަލިޔާލަމް ފިލްމެއްގައި ހިމެނޭ ލަވައެއްގެ ތަންކޮޅަކުން މަޝްހޫރުވި ޕްރިޔާއަށް އަންނަނީ ފިލްމްތައް ކުޅުމަށް ގިނަ ހުށަހެޅުންތައް ލިބެމުންނެވެ.