އިންޑިއާ އެކްޓަރ ނަވާޒުއްްދީން ސިއްދީގުގެ އުފަން ދުވަހަކީ މިއަދުއެވެ. މެއި 19 ވަނަ ދުވަހުއެވެ. އޭނާއާ ގުޅޭގޮތުން މިއަދު ނޫސްތަކުގެ ފަލަ ސުރުހީ އަރަމުން ދަނީ އޭނާ ދެކެން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އަނބިމީހާ އޭނާއަށް ފޮނުވި ނޯޓިސް އަކީ ވަރި ކޮށްދޭން އެދި ފޮނުވި ނޯޓިސް އެވެ. 11 އަހަރު ވީ ކައިވެނި ނިމުމަކަށް އަންނަ ކަމުގެ ކޮޅުމަތި ފެންނަމުންދާއިރު، އެ ކައިވެނީގެ މައްސަލަތަކެއް އުޅޭކަން މީގެ ކުރިން އޭނާގެ އަނބިމީހާ އާލިއާ ވަނީ ފާހަގަކޮށްފައެެވެ.

އާލިއާ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އެ މީހުންގެ ކައިވެނީގެ މައްސަލަ އުޅޭތާ މިހާރު އެތައް އަހަރެއް ވެދާނެ ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް ކައިވެނި ކުރި ފަހުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އެހެންވެ އޭނާ ބޭނުންވީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ ކައިވެނި ނިންމާލާށެވެ.

އެ ކައިވެނި ނިންމާލުމުގެ ބޭނުމުގައި އާލިއާ ވަނީ ވަޓްސްއެޕް އާއި އީމެއިލް މެދުވެރިކޮށް ފިރިމީހާއަށް ނޯޓިސް ފޮނުވާފައެވެ. އެ ނޯޓިސް ފޮނުވިއިރު، ހާއްސަ ހުއްދައިގެ ދަށުން ނަވާޒުއްދީން ހުރީ އުއްތަރްޕްެަދޭޝް ގައެވެ. އަދި އޭނާ އެ ހުރީ ކަރަންޓީން ގައެވެ.

އާލިއާ ބުނީ، އޭނާ އެ ނޯޓިސް ފޮނުވި ނަމަވެސް، އަދި ނަވާޒުއްދީން އެއަށް ޖަވާބު ދީފައި ނުވާ ކަމަށެވެ. އެހެންކަމުން ދެން ދާނީ ގާނޫނުގެ ތެރެެއިން އެކަން އޮންނަ ގޮތަށް ކަން އޭނާ ފާހަގަކުރިއެވެ.

ވަރިއާ ހިސާބަށް ދާން ވީ ސަބަބު އާލިއާ ވަނީ ހާމަ ކުރަންބޭނުން ނުވާ ކަމަށް ބުނެއެވެ.

ނަވާޒުއްދީން އާއި އާލިއާ ކައިވެނި ކޮށްފައި ވަނީ 2009 ވަަނަ އަހަރު ތެރޭގައެވެ. އެ ދެމަފިރިންގެ ދެ ދަރިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝ×ދދދސ

    ޙައްހައްހައް??