ބޮލީވުޑްގެ މަޤްބޫލް އެކްޓަރ ނަވާޒުއްދީން ސިއްދީގަށް ސީރިއަސް ތުހުމަތުތަކެއްކޮށް، އޭނާގެ އަނބިމީހާ އޭނާ އަށް ވަރީގެ ނޯޓިސް ފޮނުވައިފިއެވެ.

ވަކީލުން މެދުވެރިކޮށް އޭނާ ފޮނުވި ވަރީގެ ނޯޓިސްގައި ވަރީގެ ބަދަލުގައި ފައިސާ އަށް އެދިފައި ވާއިރު، އޭނާ ނަވާޒުއްދން އާއި އެކު އުޅުނު ދަތި ހާލު ބަޔާންކޮށްފައިވެއެވެ.

ކިޔަމަންތެރި މަޑުމައިތިރި އަނތްބެއްގެ ގޮތުގައި އަބަދުވެސް ނަވާޒުއްދީން ސިފަކުރަމުން އައި އޭނާގެ އަނބިމީހާ އާލިޔާގެ ވާހަކަތަކުން އެނގުނީ ނަވާޒުއްދީގެ ފަރާތުން އޭނާ އަށް އެތައް އަނިޔާއެއް ލިބުނުކަމެވެ.

ވަރިވާން ނިންމީ ދެން އިތުރަށް ކެތް ނުވެގެން ކަމަށް ވެސް އާލިޔާ ބުނެއެވެ.

އެތައް ދުވަހެއް ވަންދެން ނަވާޒުއްދީންގެ އަނިޔާތަކަށް ދަރިންގެ ހައްގުގައި ވެސް ކެތް ކުރި ކަމަށާ، ދެން އިތުުރު ހިއްވަރެއް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

ޖިސްމާނީ އަދި ނަފްސާނީ ގޮތުން އާލިޔާއަށް ނަވާޒުއްދީން އަނިޔާ ކުރި ކަމަށާ، އޭނާ އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް މުޅިންހެން ނަގާލި ކަމަށް އާލިޔާ ބުނެއެވެ. އޭނާ އާއި އިނުމަށް ފަހު އެއްވެސް ކަހަލަ އިހުތިރާމެއް ނުލިބޭ ކަމަށާ، ކައިވެނިން ލިބެން ޖެހޭ ރައްކާތެރިކަން ވެސް ނުލިބޭ ކަމަށް އާލިޔާ ބުނެއެވެ.

އަދި އަބަދުވެސް އަމުރު ކުރާ ކަމަށާ، ގޭތެރޭގެ ކަންތަކުގައި ވެސް އެހީ ނުވާކަން އާލިޔާ ފާހަގަކުރެއެވެ.

ނަފްސާނީ ގޮތުން ވެސް ނަވާޒުއްދީންގެ ފަރާތުން އަނިޔާ ލިބުނު އިރު ނަވާޒުއްދީންގެ އާއިލާ އަށް ވެސް އޭނާ އާލިއާއަށް އަނިޔުކުރާކަން އެނގޭ ކަމަށާ އެއީ މައްސަލައެއްކަމަށް އެ މީހުން ނުދެކޭކަމަށް އާލިޔާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުމަން

    ބަރާ ބަރު@ ĺ

    7
    1