ކޮވިޑް-19 ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައި ވާއިރު، މިވަގުތު އެންމެ ރައްކާތެރި ގޮތަކީ ގެތަކުގައި މަޑުކޮށްގެން ތިބުމެވެ. ނަމަވެސް ބަައެއް މީހުން އަދިވެސް މިކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަދިވެސް ބޭކާރު ކަންކަމަށް ބޭރަށް ނިކުމެ އުޅެއެވެ.

މިގޮތުން އިނގިރޭސިވިލާތަށް ނިސްބަތްވާ ޖޭން ޕީކޮކް ނަމަކަށް ކިޔާ އަންހެނަކު ވަނީ އޭނާގެ ދަރިންތައް ގޮވައިގެން 90 މިނެޓުގެ ކާރު ދަތުރެެއް ކޮށްފައި މޫދަށް އެރިލުމަށް ބީޗަށް ގޮސްފައެވެ.

އެ ގައުމުގައި ލޮކްޑައުން އުވާލި ނަމަވެސް، މިފަދަ ތަންތަނަށް އާއްމުން އެއްވެ ނޫޅުން އެ ގައުމުގެ ސަރުކާރުން އިލްތިމާސް ކުރި ނަމަވެސް، ބައެއް މީހުން އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

މިގޮތުން ޖޭން އަކީވެސް މިފަދަ މީހެކެވެ. ޖޭން ބީޗަށް ގޮސް ބުނެފައި އެތަނުގައި ހުރި ނޫސްވެރިޔަކާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ ވަރަށް ހައިރާން ވެއްޖެ ކަމަށާއި ބީޗު އޮތީ ތޮއްޖެހިފައި ކަމަށެވެ. އަދި މީހުން ގައިދުރު ކުރުމަށްވެސް ސަމާލުކަން ނުދޭކަމަށް ޖޭން ބުންޏެވެ.

އެ ބީޗުގައި 2،500 ވަރަކަށް މީހުން ތިބި ނަމަވެސް މުޅިންހެން ތިބީ އެ ހިސާބުގައި ދިރިއުޅޭ މީހުންނެވެ. ޖޭން އޭނާގެ އާއިލާ އާއި އެކު ދުރު ހިސާބަކުން އައުުމުން ގިނަ ބަޔަކު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.