ހިތްއެދޭ ސިފަތަކެއް ލިބިފައިވާ، ނުވަތަ ލޯބިވާ އަންހެނަކު ޙާސިލްކުރަން ފިރިހެނުން ބައެއް ހާލަތްތަކުގައި އެކި ގޮތްގޮތުން ވަރަށް ގިނަ މަސައްކަތް ކުރެއެވެ. އެހެނަސް ގިނަ ފަހަރަށް އެކަން ކާމިޔާބުނުވެ، ހިތާމައާއި ކުރިމަތިލާން ޖެހެނީ އެކަމުގެ ފަހަތުގައި ސަބަބުތަކެއް ވާތީއެވެ. ބައެއް ފަހަރަށް ލޯބި ޙާސިލް ކުރުމުގެ ވިސްނުމުގައި، ވިސްނާނުލައި ކުރެވޭ ކަމަކުންނެވެ. އަތެއް އޮތަކަސް ބަތެއް ނުކެވޭނެއޭ ބުނަނީ މިހެންވެގެންނެވެ.

ލޯބިވާ މީހެއްގެ ކައިރީގައި އެވާހަކަ ބުނުމަކީ، ބައެއް މީހުންގެ ނަޒަރުގައި "ވިޔާނުދާ" ކަމެކެވެ. ނަމަވެސް އެގޮތުގައި ބަލާން ތިއްބައި ތެޔޮ ނާށި ކާޅު ޖަހައިގެންދާ މަންޒަރު ދެކެން އެއިން މީހަކުވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން، އެ ލޯބި ޙާސިލް ކުރުމަށް އެދޭނަމަ ސަމާލުކަން ދޭންވީ ބައެއް ކަންކަންވެސް ހުންނާނެތާއެވެ.

މާ ސުވާލު ގިނަ ނުކުރޭ

ގިނައިން ވާހަކަ ދެއްކުމަކީ ގިނަ އަންހެނުން ގަޔާވާ ކަމެކެވެ. އެހެނަސް މާގިނައިން އޭނާގެ ޙަޔާތާއި ގުޅޭގޮތުން ސުވާލުކޮށް، ހެދުމަކީ އޭނާގެ "މޫޑް އޮފް" ވެދާނެ ކަމެކެވެ. ތިބާއީ އޭނާ މޫޑް އޮފްވާފަދަ ވާހަކަ ދައްކާ މީހެއް ކަމުގައި ވާނަމަ، ތިބާއަށް އޭނާގެ ހިތުން ޖާގައެއް ލިބޭނީ ކިހިނެއް ހެއްޔެވެ. އެހެންކަމުން ދިމާވާތަނާ، "ބޯއި ފްރެންޑެއް" ހުރޭތޯ ނަމަނަމަ ނާހައްޗެވެ.

ރަހުމަތްތެރިއަކަށް ވާން ނުވިސްނާތި

ލޯބިވާ މީހާއަކީ ރަހުމަތްތެރިއެއްގެ ގޮތުގައި އަމިއްލައަށް ދެކުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އެފަދަ އިހުސާސެއް އޭނާއަށް ކުރެވިއްޖެ ނަމަ، އޭނާގެ ވިސްނުން ތިބާ ބޭނުންވާ ގޮތަށް ބަދަލު ކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ތިބާ އޭނާދެކެ ލޯބިވަނީ ރަހުމަތްތެރިކަމަށް ވުރެ ބޮޑަށްކަން އިހުސާސްކޮށް ދިނުމަކީ ކުރެވިދާނެ ކަމެކެވެ. ޢަމަލުން އެކަން ދައްކަންވީއެވެ.

ނޫނެކޭ ބުނެފާނެ ކަމަށް ބިރުން ނުހުންނާތި

ބިރަކީ ތިބާގެ ކާމިޔާބީއަށް ހުރަސް އަޅާ އެންމެ ބޮޑު ދުޝްމަނޭ ބުނެވިދާނެއެވެ. އެ ބިރަށްޓަކައި ލޯބިވާ މީހަކާއި ކުރިމަތިލާން ނުކެރި ހުއްޓައި އެމީހަކު ގެއްލި ގޮސްދާފަހަރު އާދެއެވެ. ވަގުތު އޮއްވައި އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކަންކަމާއި ކުރިމަތިލުމަކީ އެންމެ މޮޅު ގޮތެވެ.

ފެންނަ ކޮންމެ ތަނަކުން ނަމްބަރު ހޯދަން ނޫޅޭ

މިއީ ފަހަކަށް އައިސް ޒުވާން ފިރިހެނުންގެ މެދުގައި ފެޝަނަކަށް ވެފައި އޮންނަ ކަމެކެވެ. އެގޮތުން ފެންނަހައި ތަނަކުން ނަމްބަރު ހޯދަން އުޅުމާއި، އަމިއްލަ ނަމްބަރު ކިޔަމުން ފަހަތުން ދިއުމަކީ ވަރަށް ގިނައިން ފެންނަމުންދާ މަންޒަރެކެވެ. ނަމަވެސް މިއީ އަންހެނުން މާ ގަޔާވާ ކަމަކަށް ނުވެއެވެ.

ނުލިބުނު ލޯތްބެއްގެ ފަހަތުން އަބަދު އުޅެން ނަހަދާ

އެންމެ ލޯބިވާ އަދި އެންމެ ބޭނުންވާ މީހަކު ޙާސިލް ނުވުމަކީ ވެދާނެ ކަމެކެވެ. އެހެނަސް ހިއްވަރުކޮށްފައި ޙަޔާތާއިގެން ކުރިއަށް ދިއުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އިޚްތިޔާރެކެވެ. ކާމިޔާބެއް ނެތްކަމެއްގެ ފަހަތުން އަބަދު އުޅުމަކީ، ލިބެން އޮތް ކާމިޔާބީތަކަށްވެސް އެޅިދާނެ ހުރަހެއްކަން ދަންނާށެވެ.

ނާކާމިޔާބީން އިބުރަތް ލިބިގަނޭ

ކާމިޔާބަކީ އެންމެނަށް އޮތްކަމެއް ނޫނެވެ. ކޮންމެ މީހަކީވެސް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނާކާމިޔާބީއަކާއި ކުރިމަތިލާނެ މީހެކެވެ. އެހެންކަމުން އެފަދަ ހާލަތްތަކުން އިބުރަތް ލިބިގަތުމަކީ، ކުރިއަށް އޮތް މުސްތަޤުބަލް ކާބިޔާބުކަމާއި އެކު ބައްޓަން ކުރުމަށް ލިބޭ އަލި މަގެއްކަމުގައި ދެކޭށެވެ. ލޯބިވާ މީހަކު ހާސިލް ނުވިނަމަވެސް، އެއީ ލިބުނު ތަޖުރިބާއެއް ކަމުގައި ދެކޭށެވެ.

އަބަދުވެސް ހުންނަންވާނީ ރީތިވެގެން

ތިބާއަށް އެންމެ ކަމުދަނީ ފަހަރުގައި ތިބާ އެއްވެސް ވަރަކަށް ނުދަންނަ އަންހެނެއް ކަމުގައި ވެދާނެއެވެ. އެހެންކަމުން އޭނާގެ ސަމާލުކަން ލިބިގަތުމަށް ހުރިހައި ގޮތަކުންވެސް މަސައްކަތް ކުރެވިދާނެއެވެ. އެހެން ނަމަވެސް ސާފުތާހިރުވުމާއި ރީތިވެގެން ހުރުމަކީ އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަމެވެ. އޭނާއަށް ތިބާގެ ހިތް ރަނގަޅަށް އެނގުމުގެ ކުރިން، އެފަދަ ކަމެއް ފާހަނގަވެއްޖެ ނަމަ، ތިބާ މަތިން ވާނީ ފޫއްސެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިސްވޭ

    ލޯބިވާ އަންހެން ކުއްޖެއް ގާތު އޭނާ ދެކެ ހަގީގީ ލޯބިވާ ފިރިހެން ކުއްޖަކު އިސްވެ ރަށްޓެހި ވާން ވެސް ނާހާނެއޭ އަދި ލޯބި ވާ ކަމަށް ވެސް އިސްވެ ނުބުނާނެއޭ އެއީ ފިރިހެނުން ކުރާ ކަމެއް ނޫނޭ އާންމު ކޮށް އަންހެން ކުދިން ނޭ ފިރިހެން ކުއްޖާ ގާތު ބުނާނީ އެކި ގޮތް ގޮތުން ލޯބިވާ ވާހަކަ އަދި އެންމެ ފަހުން ރަށްޓެހިވާން އަންހެން ކުއްޖާ އަމިއްލަ އަށް އަހާނެއޭ ކޮންމެވެސް އެއް ދުވަހަކުން އެ ގޮތަށް ފިރިހެން ކުއްޖާ އިންތިޒާރު ގައި ހުންނަ އިރު އެހެން ފިރިހެނަކު އައިސް އެ އަންހެން ކުއްޖާ ޖަހައިގަތް ނަމަވެސް އޭގައި ކުރެވޭނެ ކަމެއް ނޯންނާނެއޭ އެއީ ތަގްދީރު ގައި އެކަން ލިޔެވިފައިވާ ގޮތޭ. ފާރ އެކްރޮސް ދަ ޑިސްޓެންސް އެން ސްޕޭސެސް ބިޓްވީން އަސް ޔޭއް ފާރ ވެއަރ އެވަރ ޔޫއާރ އައި ބިލީވް ދެޓްސް ދަ ހާރޓް ގޯސް އޮން ވަންސް މޯރ ޔޫ އޯޕަން ދަ ޑޯރ އެން ޔޫ ހިއަރ މައި ހާރޓް އެން މައި ހާރޓް ވިލްގޯ އޮން އެން އޮން. ލަވް ކޭން ބީ އެކްސްޕީރިއެންސްޑް ވަން ޓައިމް އެން އިޓް ވިލް ލާސްޓް ފޯރ އެވަރ. ޔޫއާރ ހިއަރ ދެއަރ އިޒް ނަތިންގް އައި ފިއަރ އެން އައި ނޯ ދެޓް މައި ހާރޓް ވިލް ގޯ އޮން އެން އޮން ވީ ވިލް ސްޓޭ ފޯރ އެވަރ ދިސް ވޭ..

  2. މަޖުނޫނު

    މީ އެއްކަލަ ޑޮޓޭގެ ލިޔުމެއް ދޯ....