ރާއްޖޭގެ ފިލްމީ ދާއިރާގެ ބަތަލަ ނިއުމާ މުހައްމަދު، ކޮވިޑް-19 އަަށް މާލެ އިން ފައްސިވި ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައި ހުރުމުން ކަރަންޓީން ފެސިލިޓީއެއްގައި 17 ދުވަސް ވަނީ ހޭދަކޮށްފައެެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، އެ ބައްޔަށް ވަނީ ނައްސިވެފައެވެ.
ބައިސްކޯފްގެ ލޮކްޑްއަޕް ޝޯގައި ނިއުމާ މި ވަނީ ކަރަންޓީން ފެސިލިޓީގައި ދިމާވި ކަންތައްތަކުގެ ވާހަކަ އާއި ކޮވިޑް-19 އަށް ފައްސިވި މީހާއާ ސީދާ ބައްދަލުވެފައި ހުރިކަން އެނގުނު ހިސާބުން ފެށިގެން ދިމާވި ކަންކަމުގެ ވާހަކަ ހިއްސާކޮށްފައެވެ.
ނިއުމާ ބުނީ، އޭނާ ކަރަންޓީނަށް ދާން އެންގި ދުވަހަކީ ވަރަށް އެހެން ކަހަލަ ދުވަހެއް ކަމަށެވެ.
"އަސްލު އަޅުގަނޑު އެ ހަބަރު ލިބުމާއެކީގައި އަޅުގަނޑުގެ އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް އަޅުގަނޑު އަމިއްލައަށް ގުޅީ، އެއީ އަޅުގަނޑަކީވެސް، ވަރަށް ބައިވަރު މީހުންނާ ދިމާވާ ވަރަށް ބޮޑު އާއިލާއެއްގެ ތެރޭގައި އުޅޭ މީހެއް ވީމަ، އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް ދެރައެއް ލިބެން ބޭނުން ނުވާތީވެ، އަޅުގަނޑު ފަރުދީ ޒިންމާ އަދާކޮށް އަޅުގަނޑު އަމިއްލައަށް ގުޅީ. އެރޭ އަޅުގަނޑު ކަރަންޓީން ފެސިލިޓީއަށް ދާން ފުރަތަަމަ 30 މިނިޓިސް ތެރޭގައި 14 ދުވަހަށް ތައްޔާރުވާން ބުނީމަ ރޮވެންވެސް ރޮވުނު. އެ ވަގުތު،" ނިއުމާ ކިޔައި ދިނެވެ.
ނިއުމާ ބުނީ، އޭނައަށް ރޮވުނީ ދުވަހަކުވެސް އޭނާއަކީ އެކަނި ތަންތަނަށް ގޮސް ނިދާ، އަދި އެކަނި އުޅެން ދަސްވެފައި ހުރި މީހަކަށް ނުވުމުން ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ހާސްވިކަމަށް ވެސް ބުންޏެވެ.
"އެކޮޅުގައި އުޅުނުއިރު ވެސް ބަންދު ކޮޓަރިއެއްގައި ހުންނަނީ، އެއްވެސް މީހަކު ލޮލަކަށް ވެސް ނުވެސް ފެނޭ ގިނަ ފަހަރު، ދެން އަޅުގަނޑު ކާ އެއްޗެހި ގެންނަ އަޑު އިވުނީމަ ކުޑަ ކުޑަކޮށް ދޮރުން ބޭރު ބަލާލާ، ދެން ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް، ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވޭ، މިގޮތަށް އިހުސާސްވީމަ ރޮވެން ވެސް ރޮވޭ، ދެން އަޅުގަނޑު ގުޅަނީ އަޅުގަނޑު ލޯބިވާ ކޮންމެ ވެސް މީހަކަށް،" ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ، އޭނާއަކީ ވަރަށް ޓީވީ ބަލާ މީހެއް ކަމަށާއި ނަމަވެސް ކަރަންޓީން ފެސިލިޓީއަށް ދިޔަ ފަހުން އެއްގޮތަކަށް ވެސް ޓީވީ ނުބަލާ ކަމަށެވެ. އަދި އެތަނުގައި ހޭދަކުރި ދުވަސްތަކުގައި ފޯނުން ބެލީ އެކިއެކި ވީޑިއޯ ކަމަށާއި، އަދި އާއިލާ މީހުންނަށާއި، ލޯބިވާ މީހުންނަށް ގުޅައި ހެދި ކަމަށް ބުންޏެވެ.
ނިއުމާ ވަނީ މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންނަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ހިތްވަރު ދެރަ ނުކުރުމަށާއި، އެކަނިވެރިކަން އިހުސާސްވުމުން ކަންތައް ކުރަންވީ ގޮތް ނިއުމާ ކިޔައިދިނެވެ.
"އަޅުގަނޑު އަމިއްލަ އަށް އެކަން ތަޖުރިބާކޮސްފައި ހުރީ އެހާ ފަސޭހަކަމެއް ނޫން އާއިލާއާ ރައްޓެހިންނާއި، އެންމެންނާއި ދުރުގައި އެހެން އުޅުމަކީ، ދެން ހިތްވަރު ދެރަ ނުކުރައްޗޭ، މިސާލަކަށް މީހާ މެންޓަލީ ކުޑަކޮށް ޑައުންވާހެން ހީވިޔަސްވެސް ކޮންމެވެސް މީހަކާ ވާހަކަ ދައްކާލާ، އެކަނިވެރިކަން އިހުސާސުވާ ފަހަރު ގިނައިން ރަނގަޅު ވީޑިއޯ ވެސް އެއްޗެހި ބަލާ، އެ ބެލީމަ މީހާއަށް ވަރަށް ހިތްހަމަޖެހުން ލިބޭނެ،" ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ، ކަރަންޓީންގައި ހުރި ދުވަސްކޮޅު އޭނާ މީސް މީޑިއާ ވަރަށް ރަނގަޅަށް ބޭނުން ކުރި ކަމަށެވެ. އެގޮތުން އޭނާއަށް ނޭނގޭ ވަރަށް ގިނަ ދީނީ ކަންތައްތައް ދަސް ކުރި ކަމަށާއި، އަދި ނަމާދަށް ފަރުވާތެރިވާންވެސް އެތަނުގައި ހުރެ މަސައްކަތް ކުރެވުނު ކަމަށް ނިއުމާ ބުންޏެވެ.
"ގަދަ އަޅާ މަސައްކަތް ކުރީ.. ވަރަށް ބޮޑު އިމްތިހާނެއް އަސްލު މިއީ، އެކަހަލަ ގޮތަަކަށް މީހާ އެކަހެރިވުމަކީ. ނޫނީ ދިރިއުޅޭ އާއިލާއެއް އެއްކޮށް ބަންދު ވުމަކީ. އެއީ ވަރަށް ބޯޑު އިމްތިހާނެއް އަސްލު، އެހެންވެ އަޅުގަނޑު ބެލީ ވަރަށް ރަނގަޅު ގޮތުގައި ބޭނުން ކުރެވޭތޯ، ސޯޝަލް މީޑިއާވެސް އަޅުގަނޑު ގިނައިން، ޔޫޓިއުބް ވީޑިއޯ ބެލިން، މުފްތީ މެންކްގެ ވީޑިއޯ އެއްޗެހި ވެސް، އެއީ ކޮންމެހެން ހައްދުފަހަނައަޅައިގެން ނޫން، އަޅުގަނޑަށް ފުރުސަތު ލިބުނީމަ ދަސްކުރަން،" ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ، ފުރަބަންދުގައި ގޭގައި ތިބޭ ވަގުތު މިއީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ލިބޭނެ، ފުރުސަތެއް ކަމަށެވެ. އެގޮތުން އާއިލާ އެއްކޮށް އުޅޭއިރު، މަޖާ ކަންކަންކޮށްލެވޭނެ ކަމަށާއި، އެގޮތުން ރޯދަ މަހު އެއްކޮށް ބަދިގޭގައިވެސް އުޅެވިދާނެ ކަމަށް ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ، ކަރަންޓީނަށް ދިޔަ ފަހުން އޭނާއަށް އޭނާގެ އާއިލާއާ ވަރަށް ގާތް ވެގެން ދިޔަ ކަމަށެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ދަސްވި ކަންތައްތައް ކިޔައި ދެމުން ނިއުމާ ބުނީ، ވަގުތުން ވަގުތަށް ކަންތައް ކުރުމާއި، އާއިލީ ގުޅުން ވަރުގަދަ ކުރުމާއި، އެކަނި ނިދަންވެސް ދަސްވެ، އެކަނި އުޅެންވެސް ދަސްވި ކަަމަށެވެ. އަދި ލޯބިވާ މީހުންނާއި ނުލާ ނޫޅެވޭނެ ކަންވެސް ދަސްވި ކަމަށް ނިއުމާ ބުންޏެވެ.
ކަރަންޓީނަށް ދިޔައިރު، ދަރިފުޅު ޒޯޔާ ހުރީ އޭނާގެ ބައްޕަ ކައިރީގައި ކަމަށާއި، އޭނާ އެތަނުގައި ހުރިކަން ދަރިފުޅަށް ފުރަތަމަ ނޭނގޭނެ ކަމަށް ނިއުމާ ބުންޏެވެ.
"ޒޯޔާއަށް އަބަދުވެސް އެކޮޅުގައި (ހުޅުމާލެ) ހުރިއިރު ވީޑިއޯ ކޯލް ކުރަން، ދެން އަޅުގަނޑު މިކޮޅު ކަރަންޓީނަށް ދިއުމަށްފަހު ވީޑިއޯ ކޯލްއެއް ނުކުރަން، އެއީ ކޮންތަނެއްގައިތޯ ވަރަށް ސުވާލު ކުރާނެ، ކީއްވެތޯ ސުވާލު ކުރާނެ، ދެން ވަރަށް އުނދަގޫވާނެ ދޮގުހަދަން ވެސް، ދެން ޖެހޭނީ ގިނަފަހަރު ތެދަށް ބުނަން، ދޭން އޭތި ޒޯޔާއަށް ވަރަށް އުނދަގޫވާނެތިވެ، ދެރަވާނެތީވެ، އަޅުގަނޑު ބޭނުން ނުވީ ޒޯޔާއަށް އެކަން އަންގަން. ދެން އެކޮޅުގައި ހުއްޓާ ވަރަށް އުނދަގޫވި، ގުޅައިގެން، މަންމީ މިސްވެގެން ވީޑިއޯކޯލް ކޮށްލަންވެގެން އާދޭސް ކުރި ވަގުތު". ނިއުމާ ބުންޏެވެ.
އެ ޝޯގައި ފިލްމީ ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިއުމާ ވަނީ 1994 ވަނަ އަހަރުގައި ނެރުނު "ހިތި ތަޖުރިބާ" ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެ ފްލިމްގެ ޕްރިމިއާ އަށް ދިއުމަށް ހެދުމަށް ލިބުނީ މަންމަ ގާތުގައި ރޮއެގެން ކަމަށް އޭނާ ބުންޏެވެ.
"އެރޭ ފިލްމް ބަލާފައި އައިސް، ބެލުންތެރިން އަޅުގަނޑާއި، ސަލާމްކޮށްލާފައި ހަމަ ހުރިހާ ބޭފުޅުން ވެސް ވަރަށް ސަޕޯޓިވް ވަރަށް ހިތްވަރުދިން، ހަމަ ބުނި ވަރަށް މޮޅޭ ފުރަތަމަ ފިލްމާއި ބަލާފައި ވެސް، ނިއުމާގެ އެބަހުއްޓޭ ހުނަރު. ރޮވެއޭ ނިއުމާ ރޯ ތަންތަނުގައި،" ނިއުމާ ބުންޏެވެ.
ނިއުމާ ބުނި ގޮތުގައި އެންމެ ބޭނުންވާ އެއް ކަމަކީކުރީގެ ފިލްމީ ތަރި އައިޝަތު ޝިރާނީ ލައްވައި ފިލްމެއް ކުޅުވުމަށެވެ.
"ރާއްޖޭގައި އެބަތިބި ވަރަށް މޮޅެތި ބަތަލާ އިން ވެސް، ނަމަވެސް، އަޅުގަނޑުގެ ރޯލް ކުޅެން ވެއްޖެއްޔާ އަޅުގަނޑު ނަގާނީ ޝިރާނީ، ނެތް އެ ނޫން އެއްވެސް މީހެއް ސިކުނޑީގައި". ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ، ފިލްމީ ދާއިރާއަށް އޭނާ ގެންނަން ބޭނުންވާ މީހުންގެ ތެރޭގައި، ހިމެނޭ މިހާރު ހުއްޓާލާފައި ތިބީ މިހުންނަކީ މަރިޔަމް ނިޝާ، ރީކޯ މޫސާ، އަދި ޝިރާނީ ކަމަށެވެ.
ނިއުމާ ވަނީ އެ ޝޯގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ކަރިމަތިލާނެކަން އިއުލާނު ކުރި ވާހަކަ ތަންކޮޅެއް ތިލަކޮށް ކިޔައިދީފައެވެ.
"އިންޓަވިއުއެއްގައި އަޅުގަނޑު ކައިރީގައި އެހީ މިހާރު އަޅުގަނޑު ފިލްމީ ދާއިރާގައި މަސައްކަތް ނުކުރާތީވެ ދެން ކޮން ދާއިރާއަކުން ހޭ ފެނިގެން ދާނީ، އަޅުގަނޑު ބުނީ، ސިޔާސީ ދާއިރާ އޭ އަޅުގަނޑު ވަރަށް ޝައުގުވެރިކަން ހުރީ. އެއީ އަޅުގަނޑުގެ ހިޔާލު އަޅުގަނޑު ފާަހަގަކުރީ، ދެން މިސާލަކަށް އަޅުގަނޑު ކޮން ދާއިރާކުން ހޭ ފެނިގެން ދާނީ، ބުނީމަ އަޅުގަނޑު މި ބުނީ، މިސާލަކަށް ރައްޔިތުންގެ މަޖިލީހުންނޭ ބޮަޑަށް، އެއީ އަޅުގަނޑު ބޭނުންވަނީ ބޮޑަށް ރައްޔިތުންނަށް ހިދުމަތެއް ކޮށްދެވޭ ކަހަލަ.. އެއީ އަޅުގަނޑު ހިތަށް އަރާ ގޮތް، އަޅުގަނޑު ބޭނުުންވާ ގޮތް، އެއީ އަޅުގަނޑު އެކަން ކުރީއެއް ނޫން،" އެ ޝޯގައި ނިއުމާ ބުންޏެވެ.
ނިއުމާ ކީ ގަދަމީހެއް
ވަރަށް ދެރަކަމެއް މިއީ! އިސްލާމް ދީނުގެ ކަންކަން ދަސްކުރުން ނުވަތަ ދަރުސް އެއް އަޑުއެހުމަކީ ހައްދު ފަހަނަ އެޅުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން! ހިތާމައަކީ ބަދުއަޚުލާޤީ ޙުކުމް ކޮއްފައިވާ، މުޖުތަމަޢުގައި ބަރަހަނާވެގެން ގައިގޯޅިވެގެން ފިލުމުކުޅޭ މީހުން ރޯލް މޮޑެލްގެގޮތުގައި ދެއްކީމަ ޒުވާން އަންހެން ކުދިންނަށް ނަފްސާނީ ގޮތުން ނުރަނގަޅު އަސަރުކުރާކަމަށް އެމެރިކާގެ އޭޕީއޭގެ ދިރާސާއިންވެސް ދައްކާއިރު އަދި ވެސް ރާއްޖޭގައި މިކަން ކުރިއަރުވާކަން!
ތީ އަހަރުމެނަކަށް މުހިންމު ބައަެއް ނޫން
ގިނަ މީހުނަށް ހީވަނީ މުފްތީ މެންކްގެ ވީޑިއަޮއެއް ބަލާލެވުނީމަ ހަރުކަށިވީއޭ
ސްޓޭޓުމިނިސްޓަރު ނިއުމާ.
އަޅެ ދެންތީ މީހެއްތަ؟ އައުރަ ނިވާނުކޮށް، އޮރިޔާން ދައްކައިގެން ﷲ ޙަރާމްކުރައްވާފައިވާ ކަންކަން ކޮށްގެން މަޝްހޫރުކަން ހޯދަނީ! އަހަރުމެން ލަދުގަނޭ މުސްލިމް ޤައުމެއްގަ ތިފަދަ ނިވާކަން ކުޑަބަޔަކަށް މީހުން ސަޕޯޓްކުރާތީ،!
ނިއުމާ ބުރުގާ އަޅައިފީޔާ ވަރަށް ރީތިވާނެ
އަހަރެމެނަށް ކީއް....
ވވ. އުފާވެއްޖެ ދީނީ ކަންކަމަށް ފަރުވާތެރި ވީ ވާހަކަ ބުނުމުން ދެން މިހާރު ބުރުގާ އަޅަންވީނޫންތޯ.
ނިއުމާ ބުރުގާ އަޅާފަ ތިފިލްމީ ދާއިރާ ދޫކޮށް ދީނީ ކަންތައްތަކަށް އިސްކަންދީ ރީތި ދިރިއުޅުމެއް އުޅެން ފެށީމަ މާގިނަ މީހުންގެ ލޯބި ނިއުމާއަށާ ނިއުމާގެ އާއިލާއަށް ލިބޭނެ. މިސާލަކަށް ނަގާ ޝިރާނީ. ބުރުގާ އަޅާފަ ފިލްމް ކުޅުން ހުއްޓާލައިގެން ރީތި ދިރިއުޅުމެއް އުޅެނީ އަދިވެސް އާންމުންގެ ތާއީދާއި ލޯބި ލިބޭ..މަގްބޫލް ކަމަކަށް ބަދަލެއްނާދޭ..
މީވެސް ހަބަރަކޯ! ލިޔާނެ އެއްޗެއް ނޭގެންނާ މަޑުން ތިބެބަލަ
އެންމެ ރަގަޅު! ވައްކޮށް ރޮށިދަމަން ދަސްވިތަ؟
ޤްރުއާން ކިޔަވަންވެސް ރަނގަޅު ފުރުޞަތެއް ނަމަވެސް އެކަހެރިކޮށް ހުރިއިރު ޤްރުއާން ކިޔެވިކަމެއް އިނގޭނެ ވާހަކައެއް ނުބުނޭ، ޤްރުއާނުގެ ފައިދާ ތަކުގެ ތެރޭގައިވޭ އެއީ އެކަނިފިލުވާ އެކުވެރިއެއް، ބަލިތަކުގެ ޝިފާއެއް ކަމަށްވާއިރު ޤުރުއާން ކިޔެވުމުން ކަރަންޓީނުގަހުރިއިރު ހުރިހާ ބަރު ދާސްތައްވެސް ލުއިވެގެން ދާނެކަން ގައިމު
ﷲ ގެ މަދަދާއި ނުލައި ފިލުވާ ނުލެވޭނެ ބާޠިލެއް ހިތުގައި ވެއެވެ. އަދި އެކަލާނގެ މައުރިފާވެރިކަން ދެނެގަނެ އެކަލާނގެ އަށް ތެދުވެރިވުމާއި ނުލައި ފިލުވާ ނުލެވޭނެ ހިތާމައެއް ހިތުގައި ވެއެވެ. އަދި އެކަލާނގެ މަގައް ރުޖޫޢަވެ އެކަލާނގެއަށް ލޯބިވެ އެކަލާނގެ ޒިކުރުކުރުމާއި ނުލައި ފިލުވާ ނުލެވޭނެ ފަޅުކަމެއް ހިތުގައި ވެއެވެ. އަދި އިންސާނަކަށް މި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ލިބުނަސް (މިކަންތައް) ނެތި މި ފަޅުކަން ފިލުވައެއް ނުލެވޭނެތެވެ. [ޝައިޚުލް އިސްލާމް އިބްނު ތޭމިއްޔާ رحمه الله]
އެކަހެރި ވާންޖެހުނީމާ އިސްލާމް ދީނުގެ ކަންކަން ކުރަންފެށި ގޮތަށް ތިޔަކަމުން ސަލާމަތް ވީމަވެސް ކުރަން ހަދާން ހުންނާނެ ކަމަށް އުއްމީދު ކުރަން ! ގިނައިން ފެންނަ މަންޒަރަކީ ރަމަަޞޯން މަސްއައިމާ މިސްކިތްތަށް ފުރިބާރުވާ ތަން ! އެމަސް ނިމުމުން މިސްކިތްތައް ދަނީ ހުސްވަމުން ! މިގޮތް ނުވިއްޔާ ރަގަޅު !
މި ސަރުކާރު އައިފަހުން އިސްލާމްދީނާ ގުޅޭ ވީޑިއޯއެއް ބަލާލުމަކީވެސް ހަރުކަށިވުންކަމަށް މީހުންނަށް ހީވާ ދަރަޖައަށް ކަންކަން ވަނީ ދުއްވާލާފައެވެ.
ނިއުމާނޫން މީހަކު ކަރަންޓީނު ނުކުރަނީތަ؟ ތިޔަކަހަލަ ފިލްމުކުޅެ ލާދީނީ ކަންކަމުގަ އުޅޭ މީހުންގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީގަ ޖެހުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢަށް ނުރަނގަޅު އަސަރުފޯރާނެކަމެއް
މިއޮތްފަދަ ރަމަޒާން މަހު އެގުނުތަ އޮރިޔާން ނިވައިކޮށްގެން ކަރަންޓިން ގައި އުޅެވުނުތަ؟ ﷲއަށް ބިރުވެތިވާން ދަސްކުރޭ އެކަން މާރަގަޅުވާނެ އާޚިރަތަކީ.ވެސް އޮތް ދުވަހެއް.
ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަށްވުރެ މަތީދަރަޖައިގެ ގޮނޑިއެއް ނެތްތަ ނިއުމާ ކަމަނާ ކުރިމަތިލާން؟؟އެއްއިރެއްގަ މުހައްމާކަލޯ ހޮވުނީމަ އެކަން ނަމޫނާއަކަށް ބަލަނީ ދޮތެ؟؟ކިހިނެއްވާނެބާ ފަސްޓްލޭޑީގެ މަގާމަށް ކަމަނާ ކުރިމަތިލާން؟؟ ގައިމުވެސް 3 ފުރުޞަތު އެބައޮތް ވިއްޔާ.
މި ކޮންކަހަލަ ހަބަރެއް.... ފެށުނީ އެހެން ވާހަކަ އަކުން ނިމުނު އިރު މި އޮތީ ފިލްމީ ދާއިރާއަށް ވެއްޓިފަ....