އިންޑިއާގެ އެކްޓްރެސް ހުމާ ގުރޭޝަން އިންސްޓަގްރާމްގައި ވަނީ ވަރަށް މަޖާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެއީ އޭނާ ނަށާ ވީޑިއޯއެކެވެ. އެ ވީޑިއޯ މަޖާ ވެގެން ގިނަ ބަޔަކު އެ ދަނީ ކޮމެންޓް ކުރަމުންނެވެ. އެއީ މިހާރު އިންޑިއާގައި ކޮވިޑް-19 އާ ހެދި އިއުލާނުކޮށްފައިވާ ފުރަބަންދާއި ގުޅޭ ގޮތުން އޭނާ ހިއްސާކުރި ވީޑިއޯއެކެވެ.

ދަ ގޭންގްސް އޮފް ވަސްޔަޕުރް އިން ފެނިގެން ދިޔަ އެކްޓްރެސް ވެސް މިހާރު ހުރީ އެކަމާއި ހެދި ބަންދުވެފައެވެ. އޭނާވެސް ހުރީ ބޭރަށް ދާން ބޭނުންވެފައެވެ. އަދި އެކަން އޭނާ ވަނީ ހިއްސާކޮށްފައެވެ.

ހުމާ އިންސްޓަގްރާމް ކުރި އަމިއްލަ ވީޑިއޯއެއްގައި އޭނާ ނެށުމުގެ މޮޅު ހުނަރު އޭނާ ވަނީ ދައްކާލާފައެވެ. ފޯނު އަތަށް ނަގައިގެން އިނދެ ނަށާ މަންޒަރު ފެންނަ އެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ވަނީ، ފުރަބަންދު އުވާލިކަން އިއުލާނު ކުރާ އަޑު އޭނާ އަށް އިވުމުން އޭނާ ނަށާނެ ގޮތަކީ މިއީ ކަމަށެވެ.

https://www.instagram.com/p/CAZBVjbjTi7/?utm_source=ig_embed

މިއީ ގިނަބަޔަކު ބޭނުންވާ ގޮތްވެސް މެއެވެ. އެންމެންވެސް މިހާރު ބޭނުންވެފައި ތިބީ، ކޮވިޑްް-19 ގެ ބިރުވެރިކަމުގެ ސަލާމަތްވެ، އަވަަަހަށް ގޭ ބަންދުން ދޫވުމެވެ.

ހުމާ އެ ވީޑިއޯ ހިއްސާ ކުރުމާއިއެކު، އޭނާގެ ރަހުމަތްތެރިންނާއި، ފޭނުން އެ ވީޑިއޯއަށް ކޮމެންޓް ކުރަން ފަށައިފިއެވެ. ފިލްމް މޭކަރ ފަރާހް ޚާން ބުނީ، އެގޮތަށް ނަށަން ވީ އެ ބައްޔަށް ވެކްސިންއެއް ފެނުމުން ކަމަށެވެ. އަދި އިތުރު ބައެއް އެކްޓަރުންވެސް ވަނީ އެ ވީޑިއޯއަށް ކޮމެންޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާޔާ

    ވަރަށް ހުތުރު.