ބިގް ބޮސް އިން އާއްމުންގެ ސަމާލުކަން ހޯދި ޝެހެނާޒް ގިލްގެ ބައްޕަ ސަންޓޮޚް ސިންގގެ މައްޗަށް އުމުރުން 20 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޖަލަންދަރް އަށް ނިސްބަތްވާ އެ ޒުވާނާ ރޭޕްކޮށްފައި ވަނީ މެއި 14 ވަނަ ދުވަހު ބަޑިން ބިރުދައްކައިގެން ކަމަށެވެ. އަދި އެއިރު އެ މައްސަލަ ފުލުހަށް ހުށަހަޅަން އޭނާ ބިރުގަތީކަމށް ބުނެައި ވެއެވެ.

އެމައްސަލަ ބަލަމުންދާ ކަން ފުލުހުން ވަނީ ބުނެފައެވެ.އެ އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދެމުން ބުނީ، 14 ވަނަ ދުވަހު އޭނާއާއި އިތުރު އަންހެން ރަހުމަތްތެރިއަކު ދިޔައީ، ބިއެސްގައި ހުންނަ އެހެން ފިރިހެން ރަހުމަތްތެރިއަކާއި ބައްދަލު ކުރުމަށް ކަމަށެވެ. އަދި އެ ދުވަހު ހަވީރު 5:30 ގައި އެތަނަށް އެ މީހުންނަށް ދެވުނުއިރު، އޭނާ އެ ކާރުގައި އިށީންދެ އިނުމަށް އިންޒާރު ދިން ކަމަށާއި، އަދި އެއިރު ބޮލަުގައި ބަޑި ޖައްސާ ރޭޕް ކުރީ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ އެ ވާހަކަ މީހަކު ކައިރީ ހިއްސާ ކޮށްފިނަމަ މަރުގެ އިންޒާރު ދޭނެ ކަމަށް ބުނެފައި ވާ ކަމަށްވެސް ވެއެވެ.

އެކަމާއި އޭނާ ވާހަކަނުދައްކާ ހުރީ އެ އިންޒާރު ތަކާއި ގުޅިގެން ކަމަށް އޭނާ ބުންޏެވެ،ނަމަވެސް ފަހުން އެ ވާހަކަ ރަހުމަތްތެރިންނާއި ހިއްސާ ކުރުމަށްފަހު، އެކަން ފުލުހުންނަށް ހުށަަހަޅަން އޭނާ ނިންމީ ކަމަށް ވެއެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.