އެއްމާބަނޑު ކުދިން އުފަންވާއިރު އާންމު ގޮތެއްގައި ވަކި ކުރަން އުނދަގޫވެއެވެ. އެކުދިން ވަކި ކުރަން އެނގޭނީ ވަރަށް މަދު ހާލަތެއްގައެވެ. މިސާލަކަށް ހެދުން އަޅައިގެން ހުންނަ އިރު ފެންނަން ހުންނަ ހިސާބެއްގައި ހުންނަ ކަޅިތިލަ އަކުން ނުވަތަ އެފަދަ އެހެން ނިޝަނަކުނެވެ.

އެހެން ނަމަވެސް މިއީ މުޅިންވެސް ތަފާތު ގޮތަކަށް ވަކި ވެގެންދާނެ އެއްމާބަނޑު ދެކުދިންނެވެ. މިދެކުދިން ވަކިވެގެން ދަނީ ހަންގަނޑުގެ ކުލައިންނެވެ.

މިއީ ނައިޖީރިއާގެ އަންހެނަކު ވިހާފައިވާ ދެކުދިންނެވެ. އޭނާ ބުނެފައިވަނީ ވިހެއުމަށްފަހު ކުދިންގެ ހަންގަނޑުގެ ކުލަ ތަފާތުވުމުން އޭނާ އަޖައިބުވި ކަމަށެވެ.

https://www.instagram.com/p/B9tj47GALuX/?utm_source=ig_embed

ޑެނިއަލް އަދި ޑޭވިޑްގެ ނަމުން ނަން ދެވިފައިވާ މި ކުދިންނަކީ ވިހެއުމުގައި މިނެޓެއްގެ ތަފާތު ހުރި އެއްމާބަނޑު ކުދިންނެވެ. އޭގެ ތެރެއިން ޑެނިއަލް އަކީ ހަންގަނޑުން މަންމައާއި އެއްގޮތްކަން ހުންނަ ކުއްޖާއެވެ. އަދި ޑޭވިޑް 17,000 މީހުންގެ ތެރެއިން އެކަކަށް ޖެހޭ "އަލްބީނޯ" ކުއްޖެކެވެ. އެހެން ކަމުން ޑޭވިޑް އާއި ޑެނިއަލް ވަކި ކުރުމުގައި އެއްވެސް ކަހަލަ އޮޅުމެއް ނާރާނެ ކަމަށް ކުދިންގެ މަންމަ ބުންޏެވެ.

މި ދެކުދިންގެ ތަފާތުކަމުން ކުދިންގެ މަންމަ ވަނީ އިންސްޓަގްރާމްގައި ކުދިންނަށް ހާއްސަ ޕޭޖެއް ހުޅުވުމަށް ނިންމާފައެވެ. ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުފަން ވެފައިވާ މި ދެކުދިންނަށް މިހާރުވެސް އިންސްޓަގްރާމްގައި 18,000 މީހުން ފޮލޯ ކުރެއެވެ. ޑޭވިޑްގެ ހަންގަނޑުގެ ކުލައަށް ބަދަލު އައިސްފައިވި ނަމަވެސް އެއްވެސް ކަހަލަ ނުބައި ކޮމެންޓެއް ބަޔަކު ކޮށްފައި ނުވާ ކަމަށް ކުދިންގެ މަންމަ ބުންޏެވެ.

ނައިޖީރިއަށް މި ދެކުދިން އުފަންވެފައިވާއިރު، އެގައުމަކީ މުޅި ދުނިޔެއިންވެސް އަލްބީނޯ ފެނިފައިވާ ހަމައެކަނި ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙ

    ނައިޖީރިއާގަ ނޫނަސް އަލްބީނޯ ކުދިން އުޅޭ. ީ

    18