ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އައި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ގިނަ މީހުން ސިފަ ކުރަނީ ވަރަށް ލޯބިން އުޅޭ ދެމަފިރިންގެ ގޮތުގައެވެ. ދިރިއުޅުމުގައި ހިނގާ ބައެއް ކަންކަން މީސްމީޑިއާ އަށް ދޫކޮށްލަނީ ސަޕޯޓަރުންގެ ހިތްހަމަޖެހުމަށެވެ. އެކުގައި ނަގާފައިވާ ފޮޓޯތަކާއި ސެލްފީތައް މިކަމުގެ ހެއްކަކަށް ފުދެއެވެ. ދެމަފިރިންގެ ގުޅުން ވަރުގަދަވެފައިވާ އިރު، މިއީ ނަމޫނާ ދެމަފިރިން ކަމަށް ގަބޫލު ކުރާ ބަޔަކު ވެސް އެބަތިއްބެވެ.
އައްޒަ ވަނީ "ބައިސްކޯފް"ގެ އަޕް ޝޯގައި އެންމެ ފުރަތަމަ ދެމީހުން ދިމާވި ގޮތް ކިޔައި ދީފައެވެ.
އައްޒަ ބުނީ އެންމެ ފުރަތަމަ މުއާއާ ދިމާވީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8،9 އަދި 10 ގައި އުޅެނިކޮށެވެ. އޭރު މުއާ އުޅޭނީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ސްކޫޕް ގޯޅިގަނޑުގެ ތެރޭގައި ކަމަށް ވެސް އައްޒަ ބުންޏެވެ.
"އޭރު ވެސް މުއާ އުޅޭނީ ވަރަށް އަންހެން ކުދިން ވެފައި. ވަރަށް ބިޓިން މީހެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަނީ އަމީނިއްޔާ ކުދިންނަށް ވެސް،" އައްޒަ ކިޔައި ދިނެވެ.
އައްޒަ ބުނި ގޮތުގައި އޭރު މުއާއަކީ ހަމައެކަނި "ހައި ހެލޯ ފްރެންޑްސް" ކަމަށެވެ. އަދި ފަހުން ދެ މީހުންގެ ފިލްމް އިންޑަސްޓްރީއަށް ވަދެގެން މުއާ އިންޓަވިއުތަކަށް އަރާ އައްޒަ ކަމުދާ ވާހަކަތައް ދައްކާ ހަދާ ކަމަށް ބުންޏެވެ.
އެކަމާ ހެދި މީހުން އޭނާއާ މުއާ އާ އަޅުވާ ވެސް ކިޔާ ހެދި ކަމަށް އައްޒަ ބުންޏެވެ.
"ދެން ވަރަށް ދިމާކޮށްވެސް ހެދި، ދެން އެންމެންވެސް ވަރަށް ބުނޭ، ޔަގީނޭ ތި ދެ މީހުން ރައްޓެހިވާނެއޭ ނޫނީ އިންނާނެ އޭ، ނޫނީ ތި ދެ މީހުން ތެރޭގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގާނެއޭ،" އައްޒަ ބުންޏެވެ.
އައްޒަ ބުނީ، މިގޮތަށް މީހުން ދިމާ ކުރިއަަސް އޭގެ ޖަވާބުގައި ނޫނެކޭ އޭރު ބުނަމުން ދިޔަ ކަމަށެވެ.
"ނޫނެކޭ، މުއާއެއް ނޫނޭ، މީހުން ހުސްވިޔަސް ދުވަހަކު މީހަކު ނެތަސް މުއާއަކާ ނީންނާނަމޭ، (ބުނިން). އެކަމަކު ކަންތައްތައް ބަދަލުވެއްޖެ. އޭނާ ހުރިހާ ކަމެއް ބަދަލުކޮށްފި،" އައްޒަގެ ހިތް މުއާ އަށް ދެވުނު ގޮތް ކިޔައި ދެމުން ބުންޏެވެ.
އައްޒަ ބުނި ގޮތުގައި ދެމީހުންގެ ދެމެދުގައި ކަންކަން ދަނީ އަދި ގޮސްފައި ވަނީވެސް ވަރަށް ރަނގަޅަށެވެ. އަދި ލޯތްބަކީ ބަޔާންކޮށްދޭން ދަތި އިހްސާސެއް ކަމަށް ވެސް އައްޒަ ބުންޏެވެ.
"ލޯބިވެރިޔާ ގޮތަށް ލޯބި ސިފަ ކުރަންޏާމުން އަހަރެން ބުނަނީ ދުނިޔެ މަތީގައި އެންމެ ލޯބި ކަންތަކަކީ އެންމެ ރަނގަޅު މީހާއާ ރަނގަޅު ގޮތަށް ލޯބިވުމޭ. އޭރުން ހުރިހާ ކަމެއް ވެސް ދާނީ ވަރަށް ރީތިކޮށް. ދެން ހަމަ ކިތަންމެ ކުޑަ ކަމެއް ވިޔަސް، ކިތަންމެ ބޮޑު ކަމެއް ވިޔަސް، ހަމަ ވަރަށް ހިތްހަމަޖެހިގެން ހުރިހާ ކަމެއް ދާނީ ވަރަށް ލޯބިން،" އައްޒަ ބުންޏެވެ.
އައްޒަ ބުނީ މީހެއްގެ ސަމާލުކަން އައްޒައަށް ދަމައިގަނެވޭނެ އެއް ކަމެއްގެ ތެރޭ ގައިގަ ދުވާ "ވަސް" ހިމެނޭ ކަމަށެވެ. އެގޮތުން ކައިރިން މީހަކު ދިޔަޔަސް މީރު ވަސް ދުވާ ސެންޓެއްގެ ވަސް ދުވަންޏާ ފަހަތަށް އެނބުރި ބަލައިލެވޭނެ ކަމަށް އައްޒަ ބުންޏެވެ.
"އެއި އޮޓޯއިން، ގަސްދުގައި ނޫން، އެނގޭ މިއީ ވަހަށް ހާއްސަ އެޓްރެކްޓެކްޝަނަަށްއެއް، ދެން ރަހުމަތްތެރިންގެ ތެރޭގައި ވަރަށް މަޖާ ވެއްޖެއްޔާ ސަމާލުކަން ދަމައިގަނެވޭނެ، ވަރަށް ލަވްލީ، ވަަރަށް ހެޕަނިންގކޮށް އުޅެއްޖެއްޔާ،" އައްޒަ ބުންޏެވެ.
އައްޒަ އެ ޝޯގައި ބުނީ، އޭނާއާ ގުޅޭގޮތުން ފެތުރުނު އަޑުތަކުގެ ތެރެެއިން އެންމެ އަޑުއަހަން އުނދަގުލީ، ޕާލްސްޓިކް ސާޖަރީ ހަދާފައިވާ ކަަމަށް ދެކެވެމުންދާ ވާހަކައެވެ. އަދި އެއީ އަޑުއަހަން އުނދަގޫ ވާހަކަތަކެއް ކަމަށާއި، އެއީ ހަގީގަތެއް ނޫން ކަމަށް އައްޒަ ވަނީ ބުނެފައެވެ.
"ނޭފަތް ހަނދާފައޭ، ތުންފަތް ހަދާފައި ހޭ، ސްކިން ބްލީޗްކޮށްފައިހޭ....ޝޭޕް ގެންނަން އެއްވެސް ކަމެއް ކޮށްފައިހޭ، އެކަހަލަ އެއްޗެހި، (އަހާނެ) ވަރަށް ފަހުން އިންސްޓަގްރާމްގައި އާސްކްމީގައި 50 އިންސައްތައަށް ވުރެ ގިނަ ސުވާލު ހުރީ އެކަމުގައި،" އައްޒަ ބުންޏެވެ.
އައްޒަ ބުނީ، އަދި އޭނާ އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ އައްޒަގެ އިތުރުން އެތައް ތަރިއެއްގެ ވާހަަކަ ބައިސްކޯފްގެ ލޮކްޑް އަޕް ޝޯގައި ގެނެސްދީފައި ވެއެވެ.
ހިތުގައޮންނަލެއްބޮޑުކަ މުން އެހެންއެބުނަނީ. މަރައްޓެހިވެގެން އުޅުނު މީހަާވެސްބުނި ފިރިހެނެއްގެ ކައިރިއަށް ދިޔަޔަސް ތި މަންނަގެ ދަރިފުޅުގެ މަން މަ
އަކާ ނީންނާނަ މޭ. ޢެކަ މަކު މަގޭގައިގަ ކޮޅުފައިން ޖަހާފަގޮސް އެން މެ ގޯސްކޮށްކަންތައް ކުރި އަދި ނީންނާނަ މޭބުނި ދަރިފުޅުގެ މަން މަޔާ އިނދެފި..
އައްޒަ ބުނީ އެންމެ ފުރަތަމަ މުއާއާ ދިމާވީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8،9 އަދި 10 ގައި އުޅެނިކޮށެވެ. އޭރު މުއާ އުޅޭނީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ސްކޫޕް ގޯޅިގަނޑުގެ ތެރޭގައި ކަމަށް ވެސް އައްޒަ ބުންޏެވެ.
ފުރަތަމަވެސް މިދިމާވީ 3 އަހަރުދުވަހު އެއްކޮށް. ހަމަ ފުޑްސްކަހަލަ ކާއެއްޗެއް
ވާ އޯ!
ތިއޮތީ ހިތާދޫ މީހަކަށް ހުދު ފޮށައެއް ލިބިފަ.
އައްޒަ އިންޓަވިއުއެއްގަ ބުނި މިހާރު ދެމީހުންް އުޅެނީ އެއްތަނެއްގައޭ ނުއިންނަކަން އެކައްޏޭ ހުރިިހާކަމެއް ކުރެވިއްޖެޔޭ... ލަދު ހަޔާތް ކޮބާ. އަނެއްހެން މާގުޅޭ ބައެއްނޫން ފެންނަމުންދާ ޑުރާމާއެއްތީ ފަހު އެޕްސޯޑް ބަލަންތިބޭ.. ގިނައިރު ކަޓާފަ ހުންނަސޮރެއްތީ
ލަދު ޙަޔާތުގެ ކަންފުޅުން މި ހަޑި މުޑު ދާރު މީހުންގެ ނުހުންނާނެ
އަބުރާ އަވްރައާ ނަފްސު ގެ އިއްޒަތާ ލަދުވެތިކަން ވިއްކައިގެން ކައިބޮއި އުޅޭ މީހުން
އައްޒަ އެހެންވީއިރު ހާދަ ޗީޕޭ... މީހަކު ނުވީކަމަށް ދޯ ބެލޭނީ... މުއާ އެއީ ސޭމް ސޭމް ހީރޯއެއް ދޯ
ލަނޑަޔާ މެ ވާނީ ލަނޑާކަން ދުނިޔެ ދައްކާާ
حسناة ނެތް ނަމަ جاهل ވަށާނެ ދައްކާ
صالح ދެ ޖިންސަށް ރީތި ވާނީ صالح ކަމާ
باطل ދެ ދިންސަށް ރީތި ވާނީ باطل ކަމާ
މީ حقيقة އަކީ ދުނިޔޭގެ قانون ދައްކާ
ތީ އަކީ عشق އެއް ނުނޭ 'ދެއްކުން' އެ ދައްކާ............
[ނައިބެ]
ޢައްޒަ. ތީ ކުން ހީއެއް. ނުވާނެ ބަދަލެއް. ޢައްޒަ މުސްކުޅި އަތަށް އަޅާލާއުރަށް ތި ބަދަލު ވާނެ. ތި މުއާ ތިހާ ފޮނި ކެޑި އޭނަ ކުރީގެ ވައިފް އާ ވެސް
ކިހާވަރެއް ދީގެން މިވާހަކަތަށް މިލިޔަނީ! މަވެސް ޖެހޭ މިކަން ކުރަން!
ކަލޭމެންނަކީ ލޯބި ދަންނަ ބައެއް ނޫން! ޝޯކުރަން އެނގެނީ
އައްޒަ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ބަތުލާ ނަމަވެސް އޭނަގެ ޅިޔަނުގެ ހަސަދަބޮޑު ކަމުން ކުރި އެރުމައް ހުރަސް އެޅޭ.