ފުށްގަނޑަށް ބޭނުންވާ ތަކެތި:

800ގ
ފުށް 2 ސައިސަމުސާ ލޮނު
60ގ މާޖެރިން
500މލ ފެން
30ގ ހަކުރު
40ގ އީސްޓް

މަސްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

2 ބޮޑު ފިޔާ
ހިކަނދިފަތްކޮޅެއް
3 މޭޒުމަތީސަމުސާ މާޖެރިން
1 ދަޅު މަސް ލޮނު 10ގ
ދިރި ލޮނުމެދު/ އިނގުރު
5 މޭޒުމަތީސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
1 މޭޒުމަތިސަމުސާ ހަވާދު 10ގ މިރުސް
ފެންފޮދެއް
1 ގިތެޔޮ މިރުސް
10ގ އަސޭ މިރުސް ފުއްގަނޑު

ތައްޔާރު ކުރާނެ ގޮތް:

އީސްޓް، ފުއް، ލޮނު، ހަކުރު އަދި ފެން އަޅައިގެން ރަނގަޅަށް މޮޑެލުމަށްފަހު 10 މިނެޓްވަންދެން ބަހައްޓާށެވެ. އެއަށްފަހު ފުށްގަނޑު ބޭނުން ސައިޒަކަށް ގުޅަޖަހާށެވެ. މަސްގަނޑު ތައްޔާރު ކުރާނެ ގޮތް: ފުރަތަމަ ފިޔާ އަދި ހިކަނދި ފަތް ތެލުގައި 1/2 ބަޔަށް ވަޅޯކޮށްލުމަށްފަހު އަލުވި އެޅާށެވެ. ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު އަސޭމިރުސް، މަސް، މިރުސް، ލޮނުމެދު، އިނގުރު އަޅާފައި 2 މިނިޓްވަންދެން މަޑުގިނީގައި ބެހެއްޓުމަށްފަހު ސޯސް އަޅާފައި ކައްކާލާށެވެ.

އެއްކޮށް ނިންމާލުމަށް:

ފުއްގުޅަ ފަތުރާލުމަށްފަހު މަސްކޮޅެއް ކޮންމެ ފުއްގުޅައެއް ތެރެއަށް އަޅާށެވެ.އެއަށްފަހު ތިނެސްކަނަށްވާގޮތަށް ފަތްޖަހާލާށެވެ. ދެން ޓްރޭގައި 10 ނުވަތަ 15 މިނެޓްވަންދެން ބޭއްވުމަށްފަހު 250 ޑިގްރީ ސެލްސިއަސް ގައި 15 ނުވަތަ 20 މިނެޓް ވަންދެން ފިހެލާށެވެ. އަވަނުން ނެގުމަށްފަހު ރޯލްމަތީގައި މާޖިރިން އުނގުޅާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލުވި

    ބެނުންވާ ތަކެތީގައި ނެތް އަލުވި އެއް