ބޮލީވުޑްގެ އެކްޓަރ ރަންބީރު ކަޕޫރްއަކީ ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އެކްޓަރެކެވެ. އަދި ފިލްމް އިންޑަސްޓްރީގައި ގިނަބައެއްގެ ލޯބި ލިބި ފޭނުންވެސް ގިނަ އެކްޓަރެކެވެ. އަދި ނެށުމުގައި ވެސް މޮޅު މީހެއްކަމަށް ގިނަބަޔަކު ބުނެއެވެ.

އަދި އެހާ ބިޓިންގ މީހެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ ރަންބީރާއި ގުޅޭގޮތުން އަބަދުވެސް ދައްކަމުންދާ އެއް ވާހަކައަކީ އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނާއި އޭނާ ލޯބީގެ ގުޅުން ކަނޑާލި މީހުންގެ ވާހަކައެވެ. މިހާރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރ އާލިއާ ބަޓްއާއެވެ. އެ ގުޅުން ވަރަށް ވަރުގަދަ ކަމަށް ގިނަބަޔަކު ސިފަ ކުރާއިރު، އެ ދެ މީހުން ކައިވެނި ކުރަން އުޅޭކަމަށްވެސް ވާހަކަދެކެވެމުން އެބަ ދެއެވެ

މީގެ ކުރިން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެކްޓްރެސް ކެޓްރީނާ ކައިފް އާއެވެ.
މިހާރު މީސް މީޑިއާގެ ސަމާލުކަަމަށް އައިސްގެން އުޅޭ 2012 ވަނަ އަހަރުގެ ވީޑިއޯއެއްގައި އޭނާއަކީ ކޮން ކަހަލަ ލޯބިވެރިއެއްކަން އޭނާ ވަނީ ހާމަކޮށްފައެވެ. ސިމީ ގަރެވަލްގެ ޗެޓް ޝޯގައި އޭނާ ލޮތްބާއި، އާއިލާ އަދި ފިލްމްތަކާއި ގުޅޭ ގޮތުން ވާހަކަދައްކާފައިވާއިރު، އެ ޝޯވގައި ފޭނުން ކުރާ ސުުވާލު ތަކަށް ޖަވާބުވެސް ދޭނެއެވެ. އެގޮތުން ރަންބީރު ކައިރިން އޭނާގެ ފޭންއަކު ކުރާ ސުވާލަކީ އޭނާއަކީ ވަރަށް ބާރުފޯރުވާ ވައްތަރުގެ ލޯބިވެރިއެއްތޯއެވެ.
އެއަށް ޖަވާބު ދެމުން ރަންބީރު ބުނީ، އޭނާއަކީ ވަރަށް ބާރުފޯރުވާ ވައްތުގެ ލޯބިވެރިއެއް ކަމަށާއި، ނަމަވެސް އޭނާ އެކަން ނުދައްކާ ކަމަށެވެ.
ރަންބީރު މިހާރުވެސް ދަނީ ފިލްމްތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ދަނީ ބްރަމަސްތްރާގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމްގައި އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރެސް އާލިއާ ބަޓް ފެނިގެންދާނެއެވެ.